ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި، ޓޮޓެންހަމް ރެލިގޭޝަނުން ގުޑައެއްނުލި

Apr 19, 2026, 7:19 AM
ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކޫންޏާ އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކޫންޏާ އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (އޭޕްރީލް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނަައިޓެޑުން 1-0 އިން ޗެލްސީ ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ބްރައިޓަން ހޯލްވް އަލްބިއަންއާ 2-2 އިން އެއްވަރުވެ، ރެލިގޭޝަން ޒޯނުގައި އިތުރު ދުވަސްތަކެއް ގުނަން ޖެހިއްޖެ އެވެ. 

ޕްރިމިއާ ލީގުގެ ތާރީހުގައި ދެ ވަނަ ފަހަރަށް ޔުނައިޓެޑުން މި ވަނީ އެއް ސީޒަނެއްގައި ދެ ފަހަރަށް ލީގުގައި ޗެލްސީ ބަލިކޮށްފަ އެވެ. މި މޮޅާ އެކު ޔުނައިޓެޑުން ގަދަ ފަހެއް ޔަގީންކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު މި ވަނީ ބޮޑުކޮށްފަ އެެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑަށް 33 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ހަތަރެެއްގައި އޮތް އެސްޓަން ވިލާ އަށް 32 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ވަނީ 52 ޕޮއިންޓް ލިބިފަ އެވެ. އަދި، ހައެއްގައި އޮތް ޗެލްސީ އަށް 33 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ފަހަތުގައި ވިއްދާފައި އޮތް ބޯންމައުތާއި ބްރެންޓްފޯޑުން ވަނީ 33 މެޗުން 48 ޕޮއިންޓް ހޯދައިފަ އެވެ. 

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ 43 ވަނަ މިނިޓްގައި މަޓެއުސް ކޫންޏާ އެވެ. މިއީ، ބްރޫނޯ ފެނާންޑޭސް ނެގި ހުރަހަކަށް އަރައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކޫންޏާ ޖެހި ގޯލެކެވެ. 

ޔުނައިޓެޑުން ފަސް ޑިފެންޑަރުން އެކި ސަބަބުތަކާ ހެދި ނުލަައި ކުޅެން ޖެހުނު މި މެޗުގައި ފަހަތް ބެލެހެއްޓީ ޒުވާން ޑިފެންޑަރު، އެއިޑަން ހެވަން އާއި އާންމުކޮށް ފުލްބެކަށް ކުޅޭ، ނުޒައިރު މަސްރައޮއީ، ސެންޓްރަލް ޑިފެންސަށް ބޭނުންކޮށްގެންނެވެ. ޗެލްސީ އަށް އެ ޑިފެންސް ލައިން ފޫއަޅުވާލައި ގޯލެއް ނުޖެހުނުއިރު، ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އެވެ. އޭގެ ތެރެއިން، ލިއަމް ޑެލަޕް ބޮލުން ޖެހި ބޯޅަ ދިޔައީ ނުރައްކާކޮށެވެ. 

ޓޮޓެންހަމްގެ ކޯޗުކަމާ ރޮބާޓޯ ޑި ޒާބީ ހަވާލުވެ، ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ސަންޑަލެންޑް އަތުން ބަލިވިއިރު، ރޭގެ މެޗުގައި އޭނާ ނުކުތީ ކުރިން ކޯޗުކޮށްދިން ބްރައިޓަންއާ ދެކޮޅަށެވެ. އެ މެޗުގައި، ޓޮޓެންހަމް އިން ދެ ފަހަރު ލީޑުނެގި ނަމަވެސް ބްރައިޓަން އިން ދެ ފަަހަރު ވެސް އެއްވަރުކުރީ އެވެ. 

ފުރަތަމަ ހާފުގައި ޕެޑްރޯ ޕޯރޯ ވަނީ ޓޮޓެންހަމް އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ކައޯރޫ މިޓޯމާ ވަނީ ލަނޑު ޖަހައި ބްރައިޓަން އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި، ޒަވީ ސިމޯންސް އަލުން ޓޮޓެންހަމް އަށް ލީޑުނަގައިދިނެވެ. ޓޮޓެންހަމް އިން 2026 ވަަނަ އަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދުމާ ގާތުގައި ވަނިކޮށް، ޓޮޓެންހަމް އަށް އެއްވަރުކޮށްދިނީ ޖިއޯޖީނިއޯ ރޫޓެއާ ޖެހި ގޯލުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox