ރެޝްފޯޑްގެ ޑީލް: ބާސެލޯނާއާ އިތުރަށް މަޝްވަރާ ކުރަން ޔުނައިޓެޑުން ދެކޮޅު

Apr 20, 2026, 10:06 AM
މާކަސް ރެޝްފޯޑް

މާކަސް ރެޝްފޯޑް

މެންޗެސްޓާ (އޭޕްރީލް 20) - ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑްގެ އެއްބަސްވުން ދާއިމީ ކުރަން ބާސެލޯނާ އިން ހުށަހަޅާ ޑީލާ މެދު މަޝްވަރާ ކުރަން މެންޗެސްޓާ ޔުނައިޓެޑުން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓެއްގައި ހުރި، ރެޝްފޯޑް، 28، ބާސެލޯނާ އަށް ގެންދިޔައީ މި ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް ޝަރުތު ކޮށްފަ އެވެ. ލޯންގެ މުއްދަތުގައި ރެޝްފޯޑްގެ މުޅި މުސާރަ ދޭނީ ވެސް ބާސެލޯނާ އިންނެވެ. ރެޝްފޯޑް، ޔުނައިޓެޑާ އެކު ކޮންޓްރެކްޓް އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުންނާއި ތަފާތު އެކި ކަންކަމަށް ބަލާފައި، އެ ކްލަބުން ރެޝްފޯޑްގެ އެއްބަސްވުން ދާއިމީ ކުރަން ދައްކަން ޖެހޭ ޓްރާންސްފާ ފީ ދޭން ބޭނުންވަނީ، ތިން އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ. ޖުމްލަ އެކު، ތިން އަހަރަށް ދެމިގެންދާ ގޮތަށް ބަހާލައިގެން މި ފީ ދޭން ބާސެލޯނާ އިން ހުށަހަޅަން ތައްޔާރުވާއިރު، އެ ގޮތަށް ޔުނައިޓެޑުން ރުހޭނެ ކަމުގެ ފުރުސަތު ކުރިން ވެސް އޮތީ ކުޑަކޮށް ކަމަށް އޮތީ ބެލެވިފަ އެވެ. 

Advertisement

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން،  ބާސެލޯނާ އިން މި ޑީލް ކުރިއަށްގެންދާނެ ގޮތެއް މަޝްވަރާ ކުރުމަށް ޔުނައިޓެޑަށް ހުށެހެޅުމުން، ޔުނައިޓެޑްެގެ ޖަވާބަކީ، އެންމެ ފުރަތަމަ އެއްބަސްވެފައި އޮތް ޑީލާ އެއްގޮތަށް ކުރިއަށްދިއުމަށެވެ. އެއީ، އެއްބަސްވުން ދާއިމީ ކުރާނަމަ، 30 މިލިއަން ޑޮލަރު ދެެއްކުމެވެ. ރިޕޯޓްތައް ބުނާގޮތުން، އެ ގޮތަށް ބާސެލޯނާ އަށް ކުރިއަށް ދެވެން ނެތުމުން އަންނަ ސީޒަނުގައި، ރެޝްފޯޑް އަލުން ޔުނައިޓެޑުން ފެނުމުގެ ފުރުސަތު އެބައޮތެވެ. 

މި ސީޒަނުގެ މިހާތަނަށް ރެޝްފޯޑް ވަނީ ބާސެލޯނާގެ 43 މެޗުގައި ކުޅެ، 12 ލަނޑު ޖަހައި، 13 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފައެވެ. 

ލޯން އެއްބަސްވުމެއްގެ ދަށުން ރެޝްފޯޑް މިދިިޔަ ސީޒަނުގެ ފަހު ބައި ހޭދަކުރީ އެސްޓަން ވިލާގަ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox