ޕާމާ، ޔުނައިޓެޑްގެ ވާހަކަތައް ދޮގުކޮށްފި

Apr 18, 2026, 10:19 AM
ޗެލްސީގެ ތަރި ޕާމާ

ޗެލްސީގެ ތަރި ޕާމާ

ލަންޑަން (އޭޕްރީލް 18) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު، ކޯލް ޕާމާ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް ދޮގުކޮށްފި އެވެ. 

މެންޗެސްޓާ ސިޓީގައި 13 އަހަރު ހޭދަކުރި ނަމަވެސް ޕާމާ، 23، އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. މީގެ ތިން އަހަރު ކުރިން ޗެލްސީ އަށް 50 މިލިއަން ޑޮލަރުގެ ފީ އަކަށް ބަދަލުވި، ޕާމާގެ މުސްތަގުބަލާ ގުޅޭގޮތުން، ފާއިތުވި ހަތަރު ވަރަކަށް މަސް ދުވަހު މީޑިއާގައި ގިނަ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެ ގޮތުން، މި ސީޒަނުގައި ޕާމާގެ ކުޅުން ދަށްވެ، އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ އަސްލަކީ، އޭނާ އުފަން ސަރަހައްދު މެންޗެސްޓާ އަށް ބަދަލުވާން ބޭނުންވުން ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ. 

ޗެލްސީގައި ޕާމާ ހުރީ އުފަލުން، ޓްރާންސްފާގެ ވާހަކައެއް ނެތް

ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ތަރި، ކޯލް ޕާމާ އެ ކްލަބްގައި ހުރީ އުފަލުން ކަމަށާއި އޭނާއާ ގުޅޭގޮތުން ޓްރާންސްފާގެ އެއްވެސް ވާހަކައެއް ނެތް ކަމަށް ޗެލްސީގެ ކޯޗު، ލިއަމް ރޮސެނިއާ ވަނީ ބުނެފައިި

އިނގިރޭސި މަޝްހޫރު ނޫހެއް ކަމަށްވާ " ދި ގާޑިއަން" އަށް ދިން އިންޓަވިއުއެއްގައި ޕާމާ ބުނީ، މީިޑިއާގައި ދައްކާ ހުރިހާ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށެވެ. 

"އެންމެން ވެސް ވާހަކަ ދައްކާނެ. އެކަމަކު ފެންނަ ބައެއް ވާހަަކަތަކުން އަހަރެން ގާތަށް ވަރަށް ހިނި ވެސް އާދޭ. ޔަގީންކަމެއް، މެންޗެސްޓާ އަކީ އަހަރެން އުފަންވި ސަރަހައްދު. އަހަރެންގެ އާއިލާ އެންމެން އުޅެނީ އެ ތަނުގައި، އެކަމަކު އެ ބުނާ ގޮތަށް އަހަރެން މިސް އެއް ނުވޭ، ފަަހަރެއްގައި ތިން މަސް ދުވަހު ނުގޮސް ދިމާނުވެ ހުންނަންޏާ މިސްވާނެ،" ޕާމާ ބުންޏެވެ. 

ޗެލްސީއާ އެކު، 2033 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މީގެ އެއް އަހަރު ކުރިން ކޮންޓްރެކްޓެއްގައި ސޮއިކުރި ޕާމާ ބުނީ، ޗެލްސީގައި މަސައްކަތްކުރަނީ ޕްލޭނެއް އޮވެގެން ކަމަށެވެ. 

"ޗެލްސީ ދޫކޮށް ދާން އަދި އެއްވެސް ވިސްނުމެއް ނުގެންގުޅެން،" ޕާމާ ބުންޏެވެ.

ޗެލްސީގައި ހޭދަކުރި ފުރަތަމަ ދެ ސީޒަނުގައި ކުޅުނު 97 މެޗުން އެ ޓީމަށް 43 ގޯލު ޖަހައިދިން ޕާމާ އަށް މި ސީޒަނުގައި މިހާތަނަށް ޖެހުނީ 27 މެޗުން 10 ގޯލެވެ. އަނިޔާގެ ސަބަބުން މި ސީޒަނުގައި ޕާމާ އަށް މި ސީޒަނުގައި މިހާތަނަށް 15 މެޗު ވަނީ ގެއްލިފަ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox