ބީއެމްއެލްއިން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ބޭރުގެ ބޭންކުތަކާ ވާހަކަ ދައްކަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޖީއެމް: ބޭންކުން މި މަސައްކަތް ފެށީ ޑޮލަރު ތާށިކަން ވަރަށް ބޮޑުވެފަ އޮއްވާ —- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޖީއެމް: ބޭންކުން މި މަސައްކަތް ފެށީ ޑޮލަރު ތާށިކަން ވަރަށް ބޮޑުވެފަ އޮއްވާ —- ފޮޓޯ: ބީއެމްއެލް

އިރާނު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުން، ބައިނަލްއަގުވާމީ މާލީ ބާޒާރަށް ސުކޫކެއް ވިއްކައިގެން ފަންޑު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންވެސްޓަރުންނާ ބައްދަލުކުރަން ފަށައިފި އެވެ.

މާލީ އަދި އިގުތިސޯދީ ހަބަރުތައްް ގެނެސްދޭ ބްލޫމްބާގުގައި ބީއެމްއެލްގެ ޑައިރެކްޓާ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން އަބްދުﷲ ހަސަންއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބޭންކުން އަންނަނީ އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑް މެނޭޖަރުންނާ ބައްދަލުކޮށް، ޑޮލަރު ހޯދަން ވިއްކާ ސުކޫކަކާ ގޮތުން ހިޔާލު ހޯދަމުންނެވެ.

ބީއެމްއެލްއިން މަސައްކަތް ކުރަމުން އަންނަނީ 300 މިލިއަން ޑޮލަރު ހޯދުމަށެވެ. އެއީ ދިވެހި ސަރުކާރުން ގެރެންޓީ ދޭގޮތަށް ވިއްކާ ސުކޫކެކެވެ. އަދި، އިންވެސްޓަރުންނާ ބައްދަލުކުރުމުގެ ކަންކަން އިންތިޒާމްކުރަނީ ދުބާއީގެ މަޝްރިގް ބޭންކް މެދުވެރިކޮށެވެ.

މިއީ އެ ބޭންކުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ނުކުންނަ ފުރަތަމަ ފަހަރެވެ.

އަބްދުﷲ ހަސަން ފާހަގަކުރެއްވި ގޮތުގައި، މި ފަންޑަކީ ސީދާ މިހާރު ހުރި ގޮންޖެހުންތަކާ ގުޅުންހުރި ކަމެއް ނޫން ނަމަވެސް، މީގެ ސަބަބުން ރާއްޖޭގެ އިގުތިސޯދުގައި ދައުރުވާ ބޭރު ފައިސާ އިތުރުވެގެންދާނެ އެވެ.

"މުޅި އިގުތިސޯދަށް މި ލިކުއިޑިޓީގެ ފައިދާ ކުރާނެ. މިއީ ނުސީދާ ގޮތެއްގައި މި މައްސަލަތަކަށް އޮތް ހައްލެއް،" އަބްދުﷲ ހަސަން ވިދާޅުވި އެވެ.

ބީއެމްއެލްއިން ސުކޫކެއް ވިއްކުމުގެ މަސައްކަތް ފެށިއިރު އެ ބޭންކުން ވަނީ އިރާނު ހަނގުރާމައިގެ ސަބަބުން އެ ބޭންކަށް ކާޑުތަކުން ޑޮލަރު ވަންނަ ވަރު ތިން ބައި ކުޅަ އެއްބައި މަދު ވެފައިވާ ކަމަށެވެ. މީގެ ސަބަބުން އެ ބޭންކުން އަންނަނީ ޑޮލަރު ބޭރުވާ މިންވަރު މަދުކުރަން ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. 

މި ފިޔަވަޅުތަކުގެ ތެރޭގައި ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ފޯރުކޮށްދިނުމުގައި ބައެއް ކޮންޓްރޯލްތައް ގެންގުޅުމާއި ބައެއް އީކޮމާސް ސައިޓުތަކަށް ޑެއިލީ ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ. 

މިކަމާ ގުޅިގެން ކާޑުތަކުން ވިޔަފާރި ނުކުރެވި، އުނދަގޫތަކާ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. ނަމަވެސް ބޭންކުން ވަނީ މިހާރު ލިމިޓުތައް ކަނޑައަޅާފަ ހުރި ސައިޓުތަކަުން ނޫނީ މި މައްސަލަ ދިމާނުވާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox