ބީއެމްއެލްގައި ސީއެފްއޯއެއް ނެތި ހަ މަސް، މާލީ މާހިރުން ކަންބޮޑުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެންމެ ފަހަރުގެ އަހަރީ އާންމު ޖަލްސާ: އެ ބޭންކުގައި އެންމެ ފަހުން ހުރި ސީއެފްއޯ މަގާމުން ވަކިވީތާ ހަ މަސް ވެއްޖެ --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެންމެ ފަހަރުގެ އަހަރީ އާންމު ޖަލްސާ: އެ ބޭންކުގައި އެންމެ ފަހުން ހުރި ސީއެފްއޯ މަގާމުން ވަކިވީތާ ހަ މަސް ވެއްޖެ --- ފޮޓޯ: ބީއެމްއެލް

ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެ ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުތަކަށް ފުރިހަމައަށް ހިދުމަތް ނުދެވޭ ހިސާބަކަށް ކަންކަން ދިޔައިރު، އެ ބޭންކުގައި ދާއިމީ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އެއް ނެތި ނިންމުންތައް ނިންމަމުންދާތީ މާލީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ބީއެމްއެލްގައި އެންމެ ފަހުން ހުރި ސީއެފްއޯ، ނަންދަނަ ސެނަވިރަތުނެ އެ ބޭންކުން ވަކިވީ މިިދިޔަ އަހަރުގެ އޮކްޓޫބަރު 16، ގައި އެވެ. އެ ފަހުން މިއަދާ ހަމައަށް އެ ބޭންކުން މަސައްކަތް ކުރަމުން އަންނަނީ "ސީ-ސޫޓް" ނުވަތަ އެންމެ މަތީ ފަންތީގެ މެނޭޖުމަންޓު ލެވަލްގައި ފައިނޭންޝަލް އޮފިސަރަކާ ނުލަ އެވެ. 

އެ ބޭންކުގެ ވަޒީފާ ޕޯޓަލްގައި ސީއެފްއޯއެއް ހޯދަމުން އަންނަ ކަމަކަށް ވެސް ނެތެވެ. އަދި، އެ ބޭންކުން ކޮށްފައިވާ އިއުލާނެއް ވެސް ފެންނާކަށް ނެތެވެ.  

މިކަމާ ގުޅިގެން ނަން ނުޖަހާ ގޮތަށް އަދަދު ނޫހާ، ވާހަކަ ދެއްކި މާލީ ދާއިރާގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ސީއެފްއޯގެ ޒިންމާތަކުގެ ތެރޭގައި މެނޭޖުމަންޓުން އާ ކަމެއް ކުރަން ބޭނުންވާއިރު، ހިސާބުތަކަށް ބަލާފައި ތިކަން ކުރަން ފައިސާ ނެތޭ ބުނުން ހިމެނެ އެވެ. 

"މިސާލަކަށް ބޮޑު ލޯނެއް ދޭން ވިޔަސް، ނޫނީ ޓީބިލު ގަންނަން ވިޔަސް، ނޫނީ ބޭންކުން ބޮޑު އިންވެސްމަންޓެއް ކުރަން ވިޔަސް، ނަމްބަރުތަކަށް ބަލާފައި ފަހު ބަސް ބުނާނީ ސީއެފްއޯ،" ތަޖުރިބާކާރު ބުންޏެވެ.

ބޭންކިން ދާއިރާގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ، ތަޖުރިބާކާރު ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ސީއެފްއޯ ނެތުމުން ބޭންކުގެ އެތެރޭގެ ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވުމެވެ. އޭނާ ބުނީ، ކޮންމެ މާލީ އިދާރާއެއް އަދި ބޮޑު ކުންފުންޏެއްގައި ވިޔަސް، "ޗެކް އެންޑް ބެލެންސް" ނިޒާމު ފުރިހަމަވާނީ ސީއެފްއޯއެއް ހުރެގެން ކަމަށެވެ.

މި ކަންބޮޑުވުންތައް ހިއްސާކުރާ އެހެން ތަޖުރިބާކާރަކު ވެސް ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން ބުނީ، ސީއެފްއޯއަކީ ހަގީގަތް މެނޭޖުމަންޓަށް ކިޔައިދީ، "ރިއަލިޓީ ޗެކް" ދޭން ހުންނަ މީހާ ކަމަށެވެ. އަދި، މިހާރު މި ލައިގަނެގެން އުޅޭ އިގުތިސޯދީ އުނދަގޫތަކުގެ ތެރޭގައި މި މަގާމުގައި މީހަކު ކޮންމެހެން ވެސް ހުންނަން ޖެހޭ ކަމަށް އޭނާ ބުންނެވެ. 

"މިއީ ބިޔަ އާގު ބޯޓެއްގައި ތެޔޮ ހުރި މިންވަރު ބަލާނެ މީހަކު ނެތި ދަތުރުފަށައިގެން އުޅެނިކޮށް، ތޫފާނެއް ލައިގަނެގެން އޭގެ ތެރެއިން ދަތުރުކުރުންހާ ނުރައްކާތެރި ކަމެއް،" އޭނާ ބުންޏެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސީއެފްއޯގެ ޒިންމާތައް މި ވަގުތު އަދާކުރަމުން އަންނަނީ ފިނޭންސުގެ ޑިރެކްޓަރެކެވެ. ނަމަވެސް، މި ސުވާލާއި ސީއެފްއޯއެއް ނެތި މިހާ ގިނަ ދުވަސްވެގެން ދިޔަ ސަބަބާ އަދި ސީއެފްއޯއެއް ހޯދަން މަސައްކަތް ކުރަމުންދާތޯ ބީއެމްއެލްއާ ސުވާލުކުރި ނަމަވެސް އެ ބޭންކުގެ ޖަވާބެއް ނުލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox