ވެށި ފަނާކުރުމާ ދެކޮޅަށް ކުރި ޕްރެޝަރާ ހެދި ވިލިމާލޭ ފުނަވާއިން ޓަވަރެއް ބަދަލުކުރަނީ

ވިލިމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ފުނަވަލަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ހުރި ހަމައެކަނި ގުދުރަތީ ފެހި ސަރަހައްދު --- ފޮޓޯ: އަދަދު ފައިލް

ވިލިމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ފުނަވަލަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ހުރި ހަމައެކަނި ގުދުރަތީ ފެހި ސަރަހައްދު --- ފޮޓޯ: އަދަދު ފައިލް

ވިލިމާލޭ ފުނަވާ ސަރަހައްދުގައި ސަރުކާރުން ޓަވަރުތަކެއް އިމާރާތްކުރަން ފުނަ ގަސްތައް ކަނޑާތީ މަދު ބަޔަކު ނިކުމެ ކުރި ޕްރެޝަރުތަކަށް ދީލާލައި، އޭގެ ތެރެއިން ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ފުނަވަލަކީ ގްރޭޓާ މާލެ ސަރަހައްދުގައި ސަލާމަތުން ހުރި ހަމައެކަނި ގުދުރަތީ ފެހި ސަރަހައްދެވެ. އެހެންވެ، މި ތަން ހިމާޔަތްކުރަން ގޮވާލާ ތިމާވެށީގެ އެކްޓިވިސްޓުންނާއި މަދަނީ ޖަމިއްޔާތަކުން އަންނަނީ އަޑުއުފުލަމުންނެވެ. މި ޕްރޮޖެކްޓު ހުއްޓުވައިދޭން އެދި ސުޕްރީމް ކޯޓަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. 

މި ކަންބޮޑުވުންތަކަށް އެތައް ހަފުތާތަކެއް ވީފަހުން، އެކްޓިވިސްޓުން ޑިމާންޑު ކުރަމުންދާ ބައެއް ކަންކަމަށް އިޖާބަދީ މުއްތަލިބު ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން އަބަދު ވެސް ބަލާފައި ވަނީ ބޮޑެތި ފުނަގަސް ނުކަނޑައި ޕްރޮޖެކްޓު ކުރިއަށް ގެންދަން ކަމަށެވެ. 

Advertisement

"ނަމަވެސް ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީ އާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިހާރުވަނީ ނިންމާފަ،" އޭނާ ލިޔުއްވާފައިވެ އެވެ. 

ވިލިމާލޭގައި އަޅަން ނިންމި ޓަވަރެއް ބަދަލުކުރާނެ ކަމަށް ބުނި ނަމަވެސް އެ ޓަވަރު ބަދަލުކުރާނެ ތަނެއް މުއްތަލިބު ވިދާޅެއް ނުވެ އެވެ. 

ވިލިމާލޭ ޓަވަރުތަކުގެ ޕްރޮޖެކްޓަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އެފޯޑަބަލް ހައުސިން" ގެ ދަށުން އެ ބޭންކުގެ ހަރަދުގައި އިމާރާތްކުރާ ޓަވަރުތަކެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެވެ.

ފުނަވަލުގައި އަޅަން އުޅުނު "އަގު ހެޔޮ" ޓަވަރުތައް

  • 17 ފަންގިފިލާގެ ތިން ޓަވަރު
  • 300 ހައުސިން ޔުނިޓު (އެޕާޓްމަންޓު)
  • ތިން ކޮޓަރީގެ އެޕާޓްމަންޓު
  • ބޮޑުމިނުގައި 900 އަކަފޫޓު

މި ޕްރޮޖެކްޓަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަށް ކައިރިވެފައި ވަނިކޮށް ސަރުކާރުން މަސައްކަތް ފެށި ސަތޭކަ އެތައް ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox