ފުރާ މީހުންނަށް 1000 ޑޮލަރު ދޫކުރަން މުއިއްޒު ވީ ވައުދު ފުރަތަމަ ކުއާޓަރު ނިމުނުއިރު ވެސް ނުފުއްދުނު

މީހަކު އެމެރިކާ ޑޮލަރު ބޮނޑިއެއް ގުނަނީ

މީހަކު އެމެރިކާ ޑޮލަރު ބޮނޑިއެއް ގުނަނީ

ރާއްޖޭން ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 1,000 އަށް އިތުރުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު، މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމިގެން ދިޔައިރުވެސް ނުފުއްދުނެވެ. 

ނަމަވެސް މި ވައުދު ނުފުއްދުނީ ކީއްވެގެން ކަން ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް  ދޫކުރާ 500 ޑޮލަރުގެ ލިމިޓް  މި އަހަރުގެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1,000 ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ. ނަމަވެސް، މިއަހަރުގެ އޭޕްރިލް މަސް ފެށިގެން ދާއިރުވެސް ދޫކުރަމުންދަނީ ކުރީގެ އުސޫލުން 500 ޑޮލަރެވެ.

ރައީސް މުއިއްޒު 2025 ގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގަތް މައިގަނޑު ކަންތައްތަކަކީ:

  • ފުރާ މީހުންނަށް ޑޮލަރު: 500 ޑޮލަރުން 1,000 ޑޮލަރަށް ބޮޑުކުރުން (2026ގެ ފުރަތަމަ ކުއާޓަރުގައި).
  • ކްރެޑިޓް ކާޑު ލިމިޓް: 750 ޑޮލަރުން 1,400 ޑޮލަރަށް ބޮޑުކުރުން (2026ގެ ދެވަނަ ކުއާޓަރުގައި).
  • ވިޔަފާރިވެރިންނަށް: ޓީޓީ ހެދުމަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން.
  • ކުންފުނިތަކަށް: ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ކަޅު ބާޒާރަށް ނުގޮސް ސެޕްޓެމްބަރުން ފެށިގެން ހޯދޭނެ ގޮތް ހެދުން.

ފުރާ މީހުންނާއި ކްރެޑިޓު ކާޑުތަކުގެ ލިމިޓް ބޮޑުކޮށްދޭން މުއިއްޒު ވައުދުވެވަޑައުގަތީ ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު (ކެޓެގަރީ އޭ) އަދި ގެސްޓްހައުސްތަކުން 25 ޑޮލަރު (ކެޓެގަރީ ބީ) މާރުކުރަން ޖެހޭ ގޮތަށް ހެދުމުން، އޭގެ ހެޔޮ ބަދަލު ފެންނާނެ ކަމަށެ ވިދާޅުވުމަށް ފަހު އެވެ. ނަމަވެސް، ޑޮލަރުގެ މި ސިޔާސަތުގެ ހެޔޮ ބަދަލެއް ނުފެނި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ވަނީ 20ރ. އަށް ވުރެ މައްޗަށް އަރައިފަ އެވެ. 

މީގެ އިތުރުން މުދާ އެތެރެކުރަން ޓީޓީ ހެދުމަށް ބީއެމްއެލްއިން ދެމުން ދިޔަ ޑޮލަރު ސަޕޯޓު މި މަހުގެ ނިޔަލަށް ހުއްޓާލާފައިވާ ކަމަށް ވެސް ބައެއް ކުންފުނިތަކުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox