ބީއެމްއެލްއަށް ފުރަތަމަ ކުއާޓަރުގައި 631 މިލިއަން ރުފިޔާގެ ސާފު ފައިދާ

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި އޮފީސް: ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ބަޔެއް މިހާރު މާރުކުރަން މަޖުބޫރު-- ފޮޓޯ: އަދަދު ފައިލް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި އޮފީސް: ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ބަޔެއް މިހާރު މާރުކުރަން މަޖުބޫރު-- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާއިން، 631 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު އާންމުކުރި ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކައިފި އެވެ. 

ބީއެމްއެލްގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި، އެ ބޭންކަށް ނިމުނު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، 27 ޕަސެންޓުގެ ކުރިއެރުމެެކެވެ. 

މި ރިޕޯޓާ ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނީ، ބޭންކުގެ ރެކޯޑު އަހަރުގެ ދުވެލި އެ ބާރުމިނުގައި މި އަހަރު ވެސް ހިފެހެއްޓިފައިވާ ކަމަށެވެ. 

Advertisement

ބީއެމްއެލްއަށް މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފީ އާއި ކޮމިޝަންތަކުންނެވެ. އެ ގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ލިބުނެވެ. އެ ބޭންކުން ބުނީ އާމްދަނީ އިތުރުވީ މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށެވެ. 

ބީއެމްއެލްއިން ވަނީ މިދިޔަ ކުއާޓަރުގެ ތެރޭގައި 4.6 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. އަދި މި މަހުގެ ފުރަތަމަ 15 ގައި ދޫކުރި ލޯނުތަކާއެކީ މި އަހަރު އެކަނި ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވަ ކަމަށް އެ ބޭންކުން ބުންޏެވެ. 

އާމްދަނީ އިތުރުވީއިރު، ބީއެމްއެލްގެ ޖުމްލަ އެސެޓު 60 ބިލިއަން ރުފިޔާއިން މައްޗަށް، އަދި ކަސްޓަމަރުން ޑިޕޮސިޓުކުރި ފައިސާގެ އަދަދު ވަނީ 40 ބިލިއަން ރުފިޔާއިން މައްޗަށް ގޮސްފަ އެވެ. މިއީ ބީއެމްއެލްގެ ތާރީހުގައި އެސެޓުތަކާއި ޑިޕޮސިޓުތައް އެންމެ މަތިވީ ފަހަރެވެ. 

ބޭންކުން ވަނީ ޑިޕޮސިޓު ކުރި ފައިސާގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓުތައް ބޮޑު އަދަދެއް އަދާކުރާ ކަމަށެވެ. ނަމަވެސް އެ ބޭންކުގެ ރިޕޯޓުތަކުގައި ދިވެހި ފައިސާ ޑިޕޮސިޓުތަކާއި ބޭރު ފައިސާ ޑިޕޮސިޓުތައް ވަކިން ބަޔާންކޮށްފައި ނޯންނާތީ ސީދާ އަދަދެއް ނޭނގެ އެވެ.

ބޭންކުން ވަނީ މިދިޔަ ކުއާޓަރުގެ ތެރޭގައި އާންމުންނާއި ވިޔަފާރިތަކަށް 226 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އެއީ ޑޮލަރު ސަޕޯޓުގެ ގޮތުގައި ވިޔަފާރިތަކަށް ވިއްކި 106.2 މިލިއަން ޑޮލަރާއި، ކްރެޑިޓް ކާޑާއި ޑެބިޓު ކާޑުން ކުރެވުނު މުއާމަލާތްތަކަށް ވިއްކި 119.9 މިލިއަން ޑޮލަރެވެ. 

މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް ޑޮލަރު ލިބޭ މިންވަރު ދަށްވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިހެން ދިމާވީ އިރާނު ހަނގުރާމައިގެ ސަބަބުން  ޓޫރިސްޓުންގެ ބުކިންތައް ކެންސަލް ވުމާއި، ޓޫރިސްޓުންގެ ހޭދަކުރާ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. މިއ ގުޅިގެން ކާޑުތަކުން ލިބޭ އާމްދަނީ ތިން ބައި ކުޅަ އެއް ބައި ދަށްވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބޭންކުން ބުންނެވެ. 

ޑޮލަރުގެ އިންފްލޯ ދަށްވިއިރު،  މުދާ އެތެރެކުރުމަށާއި ބޭރުގެ ހިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާވީ ދެ ގުނަ އިތުރެވެ. ބީއެމްއެލްއިން އަންދާޒާ ކުރަނީ ކުރިއަށް އޮތް ތަނުގައި  ޑޮލަރު އަންނަ ވަރަށް ވުރެ ޑޮލަރު ބޭރަށް ފޮނުވާ ވަރު އިތުރު ވެގެންދާނެ ކަމަށެވެ. އަދި، މި ހާލަތު ދެމިގެން ގޮސްފި ނަމަ ޑޮލަރާ "ވަގުތީ ފިޔަވަޅުތަކެއް" އަޅަން ޖެހިދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

"ރާއްޖެއިން ބޭރުން އަންނަ ފައިސާ މަދުވާ މިންވަރު އިތުރުވެގެން ދާނަމަ، ނިސްބަތުން އެއާ އެއްވަރަކަށް ބޭރު ފައިސާ ވިއްކާ އަދަދަށް ވަގުތީ ގޮތުން އަޅަން ޖެހިދާނެ ފިޔަވަޅެއް މެނުވީ، ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް،" ބީއެމްއެލްއިން ބުންޏެވެ.

ޑޮލަރު ތާށިވާ ހާލަތުގައި ވަގުތީ ފިޔަވަޅުތަކެއް ނޫނީ ނާޅާނެ ކަމަށް ބީއެމްއެލްއިން ބުނިއިރު، ބައެއް ވިިޔަފާރިވެރިން ވަނީ މި މަސް ނިމެންދެން ޑޮލަރު ސަޕޯޓު ނުލިބޭނެ ކަމަށް ބޭންކުން އަންގާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، ބޭންކުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ވިޔަފާރިވެރިންގެ ވާހަކަތައް ދޮގުކޮށް، ޓީޓީއަށް ޑޮލަރު ސަޕޯޓު ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ނިމުނު ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓަށް އެންމެ ބޮޑު ބަދަލެއް އައީ ބޯނަސް ހިއްސާ ދޫކޮށް، ހިއްސާތައް ބައިކުރަން އެ ކުންފުނީގެ އިންވެސްޓަރު ނިންމުމާ ގުޅިގެންނެވެ. އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގައި ގެނައި މި ބަދަލާއެކީ، އެ ޖަލްސާގެ ކުރިން 3.6 ބިލިއަން ރުފިޔާގައި ހުރި އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 28.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox