ވަންނަ ޑޮލަރަށް ވުރެ ބޭރުވާ ޑޮލަރު އިތުރު، ވަގުތީ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ: ބީއެމްއެލް

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އަކުން މީހަކު ހިދުމަތް ހޯދަނީ: ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ދޭން ޑޮލަރު ފޯރުކޮށްދެނީ އެމްއެމްއޭއިން --- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އަކުން މީހަކު ހިދުމަތް ހޯދަނީ: ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ދޭން ޑޮލަރު ފޯރުކޮށްދެނީ އެމްއެމްއޭއިން --- ފޮޓޯ: ބީއެމްއެލް

އިރާން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ޑޮލަރަށް ވުރެ ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާތީ، ވަގުތީ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ. 

ބީއެމްއެލްގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ޑޮލަރު ތާށިކަމުގެ މައްސަލައިގައި ބުނީ، ޓޫރިސްޓުން ނާންނާތީ އާއި އަންނަ ޓޫރިސްޓުން ހޭދަކުރާ މިންވަރު މަދުވުމުން ކާޑުތަކުން ބޭންކަށް ކާޑުތަކުން ވަންނަ ފައިސާގެ އަދަދު (ނެޓް ކާޑް އިންފްލޯ) ދަށްވެފައިވާ ކަމަށެވެ. އެ ބޭންކުން ބުނީ، ކާޑުތަކުން ލިބުނި މިންވަރު މި މަހުގެ މިހާތަނަށް ގާތްގަޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

ޑޮލަރު ވަންނަ މިންވަރު މަދުވިޔަސް ބޭންކުން ވިއްކާ  ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ބޭންކުން ވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވިޔަފާރިތަކާއި އާންމުންގެ ބޭނުންތަކަށް 226 މިލިއަން ޑޮލަރު ވިއްކާފަ އެވެ. 

Advertisement

ބީއެމްއެލްއިން ބުނީ ޑޮލަރު ސަޕޯޓުގެ ގޮތުގައި އެވަރެޖުކޮށް މަހަކު 35.4 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އަދި ޑެބިޓު ކާޑުތަކާއި ކްރެޑިޓު ކާޑުތަކަށް އެވަރެޖުކޮށް މަހަކު 40 މިލިއަން ޑޮލަރު ވިއްކާފައިވާ ބީއެމްއެލްއިން ބުންޏެވެ. 

ބީއެމްއެލްއަށް ފުރަތަމަ ކުއާޓަރުގައި 631 މިލިއަން ރުފިޔާގެ ސާފު ފައިދާ

ބޭންކަށް ނިމުނު ކުއާޓަރުގައި ބޮޑު އާމްދަނީއަކާއި ސާފު ފައިދާއެއް ލިބުނު ނަމަވެސް، އިރާން ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް އައި ހީނަރުކަމާ ގުޅިގެން ޑޮލަރު ގޮންޖެހުންތައް އެބަހުރި ކަމަށް ބޭންކުން ބުނި.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ކާޑުތަކަށް އެވަރެޖުކޮށް މަހަކު ވިއްކި ޑޮލަރުގެ އަދަދު 20 ޕަސެންޓު އިތުރުވެފައިވާއިރު، ޑޮލަރުގެ ސަޕޯޓުގެ ގޮތުގައި ވިއްކި އަދަދު ވަނީ 142 ޕަސެންޓު އިތުރުވެފަ އެވެ. 

ބީއެމްއެލްގެ ފުރަތަމަ ކުއާޓަރުގެ ޑޮލަރު ތަފާސްހިސާބުތައް

  • ޑެބިޓު ކާޑުތަކާއި ކްރެޑިޓު ކާޑުތަކަށް ވިއްކި އަދަދު - 119.9 މިލިއަން ޑޮލަރު
  • ވިޔަފާރިތަކަށް ވިއްކި އަދަދު - 106.2 މިލިއަން ޑޮލަރު
  • ޑޮލަރު ވިއްކި ޓީޓީތަކުގެ އަދަދު - 32،000

ބީއެމްއެލްއިން ބުނީ މުދާ އެތެރެކުރުމަށާއި ބޭރުގެ ހިދުމަތްތަކަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ މިންވަރު ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ. ބޭންކުން އަންދާޒާ ކުރަނީ މިހާރުގެ އިގުތިސޯދީ ހާލަތާ ގުޅިގެން ބޭންކު މެދިވެރިކޮށް އަންނަ ފައިސާއަށް ވުރެ ބޭރަށް ފޮނުވާ ފައިސާ ބޮޑުތަނުން އިތުރުވާނެ ކަމަށެވެ. 

ޑޮލަރު ތާށިކަން ހުއްޓަސް، ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖުކުރަމުން އަންނަ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެކަމަކު، މިހާރުގެ ހާލަތު ދިގުލައިގެން ގޮސް، ބޭރުން ވަންނަ ޑޮލަރު މަދުވާ މިންވަރު އިތުރުވިޔަސް، ވަގުތީ ފިޔަވަޅެއް ނޫނީ ނާޅާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދިނެވެ.

"ރާއްޖެއިން ބޭރުން އަންނަ ފައިސާ މަދުވާ މިންވަރު އިތުރުވެގެން ދާނަމަ، ނިސްބަތުން އެއާ އެއްވަރަކަށް ބޭރު ފައިސާ ވިއްކާ އަދަދަށް ވަގުތީ ގޮތުން އަޅަންޖެހިދާނެ ފިޔަވަޅެއް މެނުވީ، ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް." ބީއެމްއެލްއިން ބުންޏެވެ. 

ވަގުތީ ފިޔަވަޅުތަކެއް ނޫނީ ނާޅާނެ ކަމަށް ބީއެމްއެލްއިން ޔަގީންކަން ދިންއިރު، މިއަދާ ހަމައަށް އެއްވެސް ވިޔަފާރިއަކުން އެދިގެން ޓީޓީއަށް ޑޮލަރު ސަޕޯޓު ނުދީ ނޯންނާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ. 

ވިޔަފާރިވެރިންގެ ބަސް ދޮގުކޮށް، ޓީޓީއަށް ޑޮލަރު ދޫކުރުން ހުއްޓާނުލާ ކަމަށް ބީއެމްއެލް އިން ބުނެފި

ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރު ސަޕޯޓު ބީއެމްއެލްއިން މެދުކަނޑާލި ކަމަށް ބުނި ހަބަރަކާ ގުޅޮގެން ބޭންކުން ހާމަކުރި ގޮތުގައި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުންދާ ކަމަށް. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޑޮލަރު ވިއްކި މިންވަރު ވަނީ 142 ޕަސެންޓު އިތުރު ކަމަށް ބުނި.

ބީއެމްއެލްއިން މިހެން ބުނީ މި މަހުގެ ނިޔަލަށް ޑޮލަރު ސަޕޯޓު ނުލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނެގެން އަދަދު ނޫހުން ޖެހި ހަބަރަކަށް ރައްދު ދެމުންނެވެ.. އެ ހަބަރު ދޮގުކުރަމުން ބީއެމްއެލްއިން ބުނީ ކުރިއެކާ ވެސް އެއް ގޮތަށް ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. 

ޓޫރިސްޓުން ނާންނާތީ ކާޑުތަކުން ވަންނަ ޑޮލަރު ނުލިބިގެން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބީއެމްއެލްއިން އިޝާރާތްކުރިއިރު، ވިޔަފާރިތަކަށް ވިއްކަން ބޭންކަށް ޑޮލަރު ދެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. އަދި، ސީދާ ސަރުކާރުގެ އެންގުމަކަށް ބީއެމްއެލްއިން ކާޑުތަކުގެ ލިމިޓު މަތިކުރީ ވެސް އެމްއެމްއޭއިން ޑޮލަރު ފޯރުކޮށްދޭ ގޮތަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox