އާސެނަލް އެއް ވަނަ އަށް، ލިވަޕޫލް ހަތަރަކަށް

Apr 26, 2026, 7:50 AM
އާސެނަލްގެ އެބެރެޗީ އެޒޭ ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.

އާސެނަލްގެ އެބެރެޗީ އެޒޭ ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ލިވަޕޫލުން ލީގުގެ ހަތަރު ވަނަ އަށް އަރައިފި އެވެ.

އާސެނަލުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު، ލިވަޕޫލުން ހަތަރު އަހަރަށް ފަހު ކްރިސްޓަލް ޕެލަސް އަތުން ވަނީ އަމިއްލަ ދަނޑުގައި ލީގުގައި 3-1 އިން މޮޅުވެފަ އެވެ. 

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވި އާސެނަލުން ރޭގެ މޮޅަށް ފަހު، އެއް ވަނައިގައި އޮތީ 34 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 33 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 33 މެޗުން 58 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ލިވަޕޫލާއި ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް 34 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. އެސްޓަން ވިލާ ވަނީ ރޭ 1-0 އިން ފުލަމް އަތުން ބަލިވެފަ އެވެ. 

Advertisement

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލް މޮޅުވި މެޗުގައި ނިއުކާސަލް ކޮޅަށް ހަމައެކަނި ލަނޑު ޖެހީ އެބެރެޗީ އެޒޭ އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި އެޒޭ މި ލަނޑު ޖެހީ ކޯނަރެއްގައި، އަވަސް ކުޅުމަކަށް ފަހު، ކައި ހަޗާޓްޒް ދިން ބޯޅައެއް ގޯލުގެ މަތީ ކަަނަށް ފޮނުވާލައިގެންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ނިއުކާސަލަށް އެއްވަރުކޮށްދޭން ޔޮއާން ވިއްސާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. 

ލިވަޕޫލުން ރޭ ފުރަތަަަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. ލަނޑުތައް ޖެހީ އަލެކްސަންޑަ އިސާކް އާއި އެންޑީ ރޮބަޓްސަން އެވެ. ލިވަޕޫލްގެ ކީޕަރު ފްރެޑީ ވުޑްމަން އަނިޔާވެގެން ވެއްޓިފައި އޮތް ވަގުތެއްގައި ގޯލަށް ބޯޅަ ފޮނުވާލައިގެން، ޕެލަސްގެ ޑެނިއަލް މުނޯޒް އެ ޓީމުގެ. ލަނޑު ޖެހިއިރު، އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ފްލޯރިއަން ވާޓްޒް އެވެ. މި ނަތީޖާއާ އެކު، ލިވަޕޫލުން ވަނީ 2021 ވަނަ އަހަރުގެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ޕެލަސް އަތުން މޮޅެއް ހޯދައިފަ އެވެ. އަދި، މިއީ، މި ސީޒަނުގައި ޕެލަސްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ލިވަޕޫލަށް މޮޅެއް ހޯދުނު ފުރަތަމަ ފަހަރެވެ. 

ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ރެލިގޭޓްވެފައި އޮތް ވުލްވްސް އަތުން 1-0 އިން ކުރިހޯދައި، 2026 ވަނަ އަހަރު ލީގުަގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. ޓޮޓެންހަމް އިން 118 ދުވަސް ތެރޭ ފުރަތަމަ ލީގު މެޗުން މޮޅުވިއިރު، އެ ޓީމަށް ރެލިގޭޝަނުން ނުނިކުމެވުނެވެ. އެއީ، ވެސްޓް ހޭމް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގައި ލަނޑު ޖަހައި، 2-1 އިން އެވަޓަން ބަލިކުރުމުންނެވެ. 

ލީގުގެ 18 ވަނައިގައި އޮތް ޓޮޓެންހަމް އަށް 34 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ 17 ވަނައިގައި ވެސްޓް ހޭމް އޮތީ 34 މެޗުން 36 ޕޮއިންޓާ އެކު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox