ވިޔަފާރިވެރިންގެ ބަސް ދޮގުކޮށް، ޓީޓީއަށް ޑޮލަރު ދޫކުރުން ހުއްޓާނުލާ ކަމަށް ބީއެމްއެލް އިން ބުނެފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފީސް: ބޭންކުން ބުނީ ޑޮލަރު ސަޕޯޓަށް އެއްވެސް ހުއްޓުމެއް ނާންނަ ކަމަށް --- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފީސް: ބޭންކުން ބުނީ ޑޮލަރު ސަޕޯޓަށް އެއްވެސް ހުއްޓުމެއް ނާންނަ ކަމަށް --- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓު ކުއްލިއަކަށް މެދުކަނޑާލާފައިވާ ކަމަށް ބައެއް ވިޔަފާރިތަކުން ބުނަމުން އައި ނަމަވެސް އެފަދަ ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށް ބޭންކުން ބުނެފި އެވެ.  

ޑޮލަރު ސަޕޯޓު މެދުކަނޑާނުލާ ކަމަށް ބީއެމްއެލް އިން ބުނީ އަދަދު އިން ޖެހި ހަބަރަކަށް ރައްދު ދެމުންނެވެ. ބޭންކުން ބުނީ ކުރިން ވެސް ވިޔަފާރިތަކަށް ވިއްކަމުން އައިސްފައިވާ އުސޫލުން، ކަނޑައެޅިފައިވާ ލިމިޓުގެ ތެރެއިން ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ.

މި މަހުގެ ތެރޭގައި ޓީޓީއަށް ޑޮލަރު ބޭނުންވާ ކޮންމެ ކަސްޓަމަރަކަށް ލިމިޓާ ހަމައަށް ޑޮލަރު ވިއްކާފައިވާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. 

ބީއެމްއެލްގެ ޑޮލަރު ސަޕޯޓު ކުއްލިއަކަށް ހުއްޓާލައިފި ކަމަށް ބައެއް ވިޔަފާރިތަކުން ބުނެފި

ބީއެމްއެލްއިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓު ކުއްލި ގޮތަކަށް މެދުކަނޑާލުމާ ގުޅިގެން، މުދާ އެތެރެކުރާ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. މިކަމުގެ ސަބަބުން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ، ބާޒާރުގައި ތަކެތީގެ އަގު އިތުރަށް އުފުލުމުގެ ބިރު އެބަ އޮތް

ބީއެމްއެލްއިން ބުނި ގޮތުގައި ވިޔަފާރިތަކުން ބޭނުންވާ ޖުމްލަ އަދަދު ނުދެވުނަސް، ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދީ ނޯންނާނެ އެވެ. 

"މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައެއްނެތް. އެހެންނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވޭ،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

ޑޮލަރު ސަޕޯޓު ނުދޭ ކަމަށް ވިޔަފާރިވެރިން ދިން މައުލޫމާތު ދޮގުކުރުމާއެކީ، ބީއެމްއެލްއިން ވަނީ ކުރިއަށް ވުރެ އިތުރަށް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.  

އެ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، އެވަރެޖުކޮށް މަހަކަށް 35.4 މިލިއަން ރޭޓުގައި، 106.2 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ބޭންކުން އެވަރެޖުކޮށް މަހަކަށް ވިއްކި ކަމަށް ބުނެފައިވާ 14.6 މިލިއަން ޑޮލަރަށް ވުރެ 142 ޕަސެންޓު ބޮޑު އަދަދެކެވެ.

ބީއެމްއެލްގެ ޑޮލަރު ސަޕޯޓުގެ ތަފާސްހިސާބުތައް

  • 38،855 ޓީޓީއަށް ޑޮލަރު ސަޕޯޓު ދިން
  • މި މަހު އިތުރު 6،800 ޓީޓީއަށް ޑޮލަރު ސަޕޯޓު ދީފި
  • އިއްޔެ އެކަނި 327 ޓީޓީއަށް 9 ލައްކައަށް ވުރެ ގިނަ ޑޮލަރު ވިއްކި

ބީއެމްއެލްގެ ބަޔާނުގައި ދެއްކި ވާހަކަތަކާ ގުޅިގެން އަދަދު އިން ވާނީ މައުލޫމާތު ދިން ވިޔަފާރިވެރިންނަށް ގުޅައިގެން، އެ މީހުން ދިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފަ އެވެ. އަދި، ބޭންކުން އެ ވާހަކަ ދޮގުކުރާ ކަމަށް ބުނުމުން ވެސް އެ ވިޔަފާރިވެރިން ވަނީ އެކައުންޓު މެނޭޖަރުން މެދުވެރިކޮށް ގުޅައިގެން އެ ކަން މުއާމަލާތްކޮށްފައިވާ ކަމަށް ބުނެފަ އެވެ. 

ސަރުކާރުގެ އެންގުމަކަށް ބީއެމްއެލް އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޑޮލަރު ސަޕޯޓު ދޭ މިންވަރު އިތުރުކޮށްފަ އެވެ. ނަމަވެސް މި ގޮތަށް އިތުރުކުރީ ބޭންޑުތަކެއް ކަނޑައަޅައިގެންނެވެ.

ބީއެމްއެލްއިން ކަނޑައަޅާފައިވާ ބޭންޑުތަކުގެ ދަށުން 2500 ޑޮލަރުން ދަށުގެ ޓީޓީތަކަށް 50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ލިބެ އެވެ. 2500 ޑޮލަރާއި 5000 ޑޮލަރާ  ދެމެދުގެ ޓީޓީތަކަށް ލިބެނީ 30 ޕަސެންޓެވެ. 5000 ޑޮލަރަށް ވުރެން އަގު ބޮޑު ޓީޓީތަކަށް ލިބެނީ 15 ޕަސެންޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox