ސަސްޕެންޝަންގެ މައްސަލަ ހިފައިގެން މުޑްރިކް ކުޅިވަރުގެ އެންމެ މަތީ ކޯޓަށް

Apr 30, 2026, 3:14 PM
ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް: މަނާބޭހުގެ މައްސަލައެއްގައި މި ވަގުތު ހުރީ ކުޅުމާ ދުރުގައި.

ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް: މަނާބޭހުގެ މައްސަލައެއްގައި މި ވަގުތު ހުރީ ކުޅުމާ ދުރުގައި.

ލަންޑަން (އޭޕްރީލް 30) - މަނާބޭހުގެ މައްސަލައެއްގައި ސަސްޕެންޝަންގައި ހުރި ޗެލްސީ އަށް ކުޅޭ ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް، އޭނާގެ ސަސްޕެންޝަންގެ މައްސަލައިގައި ހައްލެއް ހޯދުމަށްޓަކައި، ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިފި އެވެ. 

އުމުރުން 25 އަހަރުގެ މުޑްރިކް މަނާބޭހެއް ބޭނުންކުރި މައްސަލައެއްގައި ސަސްޕެންޝަނުގައި ހުރި މުއްދަތުގައި މިހާރު ވަނީ 18 މަހެއްހާ ދުވަސް ހޭދަވެފަ އެވެ. މުޑްރިކްގެ ޔޫރިން ޓެސްޓަކުން މަނާބޭހަށް ޕޮޒިޓިވްވި މައްސަލައެއްގައި އޭނާ އަށް ވަގުތީ ސަސްޕެންޝަނެއް އައީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން، 2025 ވަނަ އަހަރުގެ ޖޫން މަހު، މުޑްރިކް އަށް އިނގިރޭސި އެފްއޭ އިން އައި ސަސްޕެންޝަނުގައި އޮތީ ހަތަރު އަހަރެވެ. 

އެކަމަކު، މުޑްރިކް އަށް ދީފައިވާ މި ސަސްޕެންޝަނުގެ ފުރިހަމަ މައުލޫމާތުތަކެއް އިނގިރޭސި އެފްއޭ އިން ހުށަހަޅާފައިނުވެ އެވެ. މި ކަހަލަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު، މުޑްރިކް އަށް މި ސަސްޕެންޝަނުން ސަލާމަތްވެ، އެންމެ އަވަހަށް ކުޅުމަށް އެނބުރި އާދެވޭނީ، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެކަމަކު، މުޑްރިކް މި ވަނީ، މި މައްސަލައިގައި ހަގީގަތް ސާފުކޮށް، އޭނާ އަށް ދިފާއީ ގޮތުން ވާހަކަ ދައްކަން ފުރުސަތު ހޯދުމުގެ ގޮތުން ކާސް އަށް މައްސަލަ ހުށަހަޅައިފަ އެވެ. 

ސްވިޒަލެންޑްގައި ގާއިމްވެފައި ހުރި، ކާސް އިން ބުނެފައިވަނީ، މުޑްރިކްގެ ފަރާތުން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު، ސަސްޕެންޝަންގެ މައްސަލައިގައި އެޕީލްގެ ލިޔެކިޔުންތައް ލިބިފައިވާ ކަމަށެވެ. މި މައްސަލައިގައި މުޑްރިކްގެ ވަކީލުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާގެ މަނާބޭހުގެ މައްސަލައިގައި ކޯޓުގައި ވަކާލާތު ކޮށްދިން ލީގަލް ޓީމު ކަމަށްވާ، މޯގަން ސްޕޯޓްސް ލޯ އެވެ. 

ޕޮގްބާ އަށް ވެސް ފުރަތަމަ ހަތަރު އަހަރުގެ ސަސްޕެންޝަނެއް އަތުވި ނަމަވެސް، ކާސް އަށް ގޮސްގެން، 18 މަސް ދުވަހަށް އެ ސަސްޕެންޝަންގެ މުއްދަތު ވަނީ ކުޑަކޮށްފަ އެވެ. 

އާސެނަލްގެ ޑީލެއް، 2023 ވަނަ އަހަރު، ހައިޖެކްކުރުމަށް ފަހު، ޗެލްސީން މުޑްރިކްގެ ސޮއި ހޯދީ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް 100 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޗެލްސީ އަށް ކުޅުނު 73 މެޗުން މުޑްރިކަށް ޖެހުނީ އެންމެ 10 ގޯލެވެ. ސަސްޕެންޝަންގައި ހުރި ނަމަވެސް، ޗެލްސީން އަންނަނީ ބަރާބަރަށް މުޑްރިކްގެ މުސާރަ ދެމުންނެވެ.  އެއީ، އަހަރަކަށް ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox