ރެއާލް މެޑްރިޑްގެ އޮފާއެއް އަދި ނުލިބޭ ކަމަށް މޮރީނިއޯ ބުނެފި

May 1, 2026, 11:19 PM
ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ: ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން މޮރީނިއޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަަކަތަކުގައި ހަގީގަތެއް ނެތް.

ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ: ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން މޮރީނިއޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަަކަތަކުގައި ހަގީގަތެއް ނެތް.

ލިޒްބަން (މެއި 1) - ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން އޭނާ އަށް އަދި ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ބެންފީކާގެ ކޯޗުކަމާ ހަވާލުވެ ހުރި ޕޯޗުގީސް ތަޖުރިބާކާރު ކޯޗު، ހޯސޭ މޮރީނިއޯ ބުނެފި އެވެ. 

މޮރިިނިއޯ ވަނީ 2010 އިން 2013 އަށް ރެއާލް މެޑްރިޑަށް ކޯޗުކޮށްދީފަ އެވެ. އެ ގޮތުން، އެ މުއްދަތުގައި، 2012 ވަނަ އަހަރުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލަށް ހޯދައިދިން މޮރީނިއޯ އަކީ އަންނަ ސީޒަނުގައި އެ ޓީމާ ހަވާލުވާނެ ކޯޗުކަމަށް ސްޕެއިނުގެ މީޑިއާގައި ވަނީ އަޑުފެތުރިފަ އެެވެ. އެކަމަކު، ޕޯޗުގީސް މީޑިއާ އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި މޮރީނިއޯ ވަނީ ރެއާލާ އެކު މަޝްވަރާއެއް އަދި ކުރިއަށްނުދާ ކަމަށް ބުނެފަ އެވެ. 

"ރެއާލުން އެކަކު ވެސް އަދި އަހަންނާ ވާހަކައެއް ނުދައްކާ. އަހަންނަށް އެކަމުގެ ގެރެންޓީ (ޔަގީންކަން) ދެވިދާނެ. އަހަރެން ފުޓްބޯޅައިގައި ވަރަށް ގިނަ ދުވަހު އުޅެފިން، އެހެންވީމަ، މި ކަހަލަ ވާހަކަތައް އަންނާނެކަން އަހަންނަށް އެނގޭ. ޔަގީންކަމެއް، އަދި ރެއާލުން ވާހަކައެއް ނުދައްކާ،" އުމުރުން 63 އަހަރުގެ މޮރީނިއޯ ބުންޏެވެ. 

ކުރިން ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކޯޗުކޮށްދިނުމުގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުަގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދިން މޮރީނިއޯ ބުނީ، ބެންފީކާއާ އެކު، އޭނާ ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތް ކަމަށެވެ. 

"މި ވަގުތު އަހަންނަށް މުހިންމީ މި ކޮންޓްރެކްޓްގެ ވާހަކަ ދެއްކުން،" 20 އަހަރަށް ފަހު، މިދިޔަ އަހަރު ބެންފީކާގެ ކޯޗުކަމާ އަލުން ހަވާލުވި މޮރީނިއޯ ބުންޏެވެ. 

ރެއާލުން މި ސީޒަން ފެށީ، ޒަބީ އަލޮންސޯގެ ކޯޗުކަމުގަ އެވެ. އެކަމަކު، ނަތީޖާތައް ދަށްވުމާއި، ޓީމު ކުޅުންތެރިންނާ ޖެހުނު މައްސަލަތަކާ ހެދި އަލޮންސޯ އަށް އެ ޓީމުގައި ކުރިއަށް ނުދެވުނެވެ. އެހެންވެ، ރެއާލުން ވަގުތީ ކޯޗަކަށް ގެނައީ ކުރީގެ ކުޅުންތެރިޔާ އަދި ރިޒާވް ޓީމުގެ ކޯޗު، އަލްވާރޯ އާބެލޯއާ އެވެ. އާބެލޯއާގެ ކޯޗުކަމުގައި ވެސް ކުރިއެރުމެއް ނުފެނި، ރެއާލުން އާ ކޯޗެއް ގެންނަން މަސައްކަތް ފަށާފައިވަނީ އަންނަ ސީޒަނުން ފެށިގެން ކޮންޓްރެކްޓް ކުރިއަށްދާ ގޮތަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox