ޔަމާލަށް ސީޒަން ނިމިއްޖެ، ވޯލްޑް ކަޕަށް ފިޓްވާނެ

Apr 23, 2026, 11:25 PM
ސްޕެއިނާއި ބާސެލޯނާގެ ޒުވާން ފޯވާޑް، ޔަމާލް: އަނިޔާގެ ސަބަބުން ސީޒަންގެ ފަހު ބައިގައި ޔަމާލް ނުފެންނާނެ.

ސްޕެއިނާއި ބާސެލޯނާގެ ޒުވާން ފޯވާޑް، ޔަމާލް: އަނިޔާގެ ސަބަބުން ސީޒަންގެ ފަހު ބައިގައި ޔަމާލް ނުފެންނާނެ.

ބާސެލޯނާ (އޭޕްރީލް 23) - ބާސެލޯނާ އަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް، ލަމީން ޔަމާލަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަަން ނިމިއްޖެ އެވެ.

އެހެން ނަމަވެސް، ފަލަމަސްގަނޑަށް ލިބުނު އަނިޔާ އިން ރަނގަޅުވެ، ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް، އުމުރުން 18 އަހަރުގެ ޔަމާލް ފިޓްވާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ޔަމާލްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އަތުން 1-0 އިން މޮޅުވި މެޗުގައި ޕެނަލްޓީ ޖަހަން އުޅުމުގެ ތެރޭގަ އެވެ.

ޕެނަލްޓީ ޖެހި ގޮތަށް އެނބުރި، ޔަމާލް ވަނީ ބާސެލޯނާގެ ބެންޗަށް ސިގްނަލް ދީ، އަނިޔާވިކަން އަންގައިފަ އެވެ. މެޑިކަލް އޮފިޝަލުންގެ އެހީގައި ދަނޑުން ފައިބައި، ފަރުވާ ހޯދުމަށް ފަހު، އޭގެ ފަހުން ހެދި ޓެސްޓްތަކުން އެނގުނީ، ލިބުނު އަނިޔާ ސީރިއަސް ކަމެެވެ. ސްޕެއިނުގެ މެޑިކަލް ޓީމާ ވާހަކަ ދެއްކުމަށް ފަހު، ބާސެލޯނާ އިން ޔަމާލްގެ ރިހެބިލިޓޭޝަން ޕްލޭން އެކުލަވާލައިފައިވާއިރު، ޖޫން 11 ގައި ފަށާ ވޯލްޑް ކަޕަށް ޔަމާލް ފިޓްވުމުގެ ފުރުސަތު ބޮޑެވެ. 

ބާސެލޯނާ މޮޅުކޮށްދިން ޕެނަލްޓީ ޖެހި ވަގުތު ޔަމާލަށް އަނިޔާވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އަތުން 1-0 އިން ބާސެލޯނާ މޮޅުކޮށްދިން ޕެނަލްޓީ ޖެހި ވަގުތު އެ ޓީމުގެ ތަރި، ލަމީން ޔަމާލަށް ވަނީ އަނިޔާވެފައި، މެޗުގެ 40 ވަނަ މިނިޓްގައި ޕެނަލްޓީ ކާމިޔާބުކުރި ގޮތަށް ޔަމާލް ވަނީ އަނިޔާވިކަން ބެންޗަށް އަންގައިފައި.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޔަމާލް ބުނެފައިވަނީ، އަނިޔާވެގެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައި މި ވަނީ އޭނާ އެންމެ ބޮޑަށް ދަނޑުމަތީގައި ހުންނަން ބޭނުންވި ދުވަސްވަރުގައި ކަމަށެވެ. އަދި، މި ވަގުތު ލިބިފައިވާ ހިތްދަތިކަން ބަޔާންކޮށްދޭން ވެސް އުނދަގޫ ކަމަށް ޔަމާލް ވަނީ ބުނެފަ އެވެ. 

މި ސީޒަނަށް ބަލާއިރު ޔަމާލް ހުރީ ރަނގަޅު ފޯމެއްގަ އެވެ. އޭނާ ވަނީ ލީގުގަައި ކުޅުނު މެޗުތަކަށް އެކަނި ބަލާއިރު، 16 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސީޒަނުގެ ހުރިހާ މުބާރާތަކަށް ބަލާނަމަ، ހުރިހާ މުބާރާތެއްގައި ކުޅުނު 45 މެޗުން ވަނީ 24 ލަނޑު ޖަހައި، 18 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ސްޕެއިން ގައުމީ ޓީމާ އެކު، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޔަމާލް ވަނީ ސްޕެއިނަށް ކުޅެދިން 25 މެޗުން ހަ ގޯލު ޖަހައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox