ފޮރެސްޓް ރެލިގޭޝަނުން ސަލާމަތްވުމާ ދިމާލަށް، ޓޮޓެންހަމަށް ޕްރެޝަރު

Apr 25, 2026, 9:08 AM
ނޮޓިންހަމް ފޮރެސްޓްގެ ކުޅުންތެރިން ރޭގެ މެޗުަގައި ސަންޑަލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ނޮޓިންހަމް ފޮރެސްޓްގެ ކުޅުންތެރިން ރޭގެ މެޗުަގައި ސަންޑަލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ލަންޑަން (އޭޕްރީލް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ސަންޑަލެންޑް އަތުން 5-0 އިން މޮޅުވެ، ނޮޓިންހަމް ފޮރެސްޓުން، ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށް ބޮޑު ފިޔަވަޅެއް ކުރިއަށް އެޅިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ. 

ރޭގެ މޮޅާ އެކު، ލީގުގެ 16 ވަނައިގައި އޮތް ފޮރެސްޓުން ވަނީ 34 މެޗުން 39 ޕޮއިންޓް ހޯދައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި 2011 ވަނަ އަހަރުގެ ފަހުން، 39 ޕޮއިންޓް ނޫނީ އެއް އަށް ވުރެން ގިނަ ޕޮއިންޓް ހޯދި ޓިމެއް ރެލިގޭޓްވެފައި ނެތެވެ. ލީގުގެ 17 ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 33 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ރެލިގޭޝަން ޒޯނުގައި، 18 ވަނައިގައި އޮތް ޓޮޓެންހަމް އަށް 33 މެޗުން ލިބުނީ 31 ޕޮއިންޓެވެ. 

ލީގުގައި މިރޭ ޓޮޓެންހަމް އިން ރަށުންބޭރުގައި ކުޅޭނީ ރެލިގޭޓްވެފައި އޮތް ވުލްވްސްއާ ދެކޮޅަށެވެ. އަދި، ވެސްޓް ހޭމް އިން އަމިއްލަ ދަނޑުގައި އެވަޓަންއާ ބައްދަލުކުރާނެ އެވެ. 

Advertisement

ސަންޑަލެންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ރޭ ކުޅުނު މެޗުގައި ފޮރެސްޓްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އަދި، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ހަތަރު ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ފޮރެސްޓުން ލީޑުނެގި ލަނޑަކީ، ސަންޑަލެންޑްގެ ޓްރައި ހިއުމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ، މިއީ، ފޮރެސްޓްގެ ފޯވާޑް، އީގޯ ޖީސޫސް ބޮލުން ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހިއުމް އަތުން ބައިކޮޅަށް ވަން ގޯލެކެެވެ. 

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ހަތް މިނިޓް ތެރޭ ފޮރެސްޓުން ތިން ލަނޑު ޖެހި އެވެ. ކްރިސް ވުޑް، މެޗުގެ 31 ވަނަ މިނިޓްގައި ފޮރެސްޓްގެ ދެ ވަނަ ލަނޑު ޖެހިއިރު، މޯގަން ގިބްސް ވައިޓް އާއި ޖީސޫސް ވަނީ އަނެއް ދެ ލަނޑު ޖަހައިފަ އެވެ. އަދި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، އެލިއަޓް އެންޑަސަން ވަނީ ފޮރެސްޓްގެ ފަަސް ވަނަ ލަނޑު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު، ސަންޑަލެންޑް ލީގުގެ 11 ވަނައިގައި އޮތީ 34 މެޗުން 46 ޕޮއިންޓާ އެކު އެވެ. އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމަށްޓަކައި، މަސައްކަތްކުރަމުން އައި ސަންޑަލެންޑަށް ރޭގެ ނަތީޖާ އަކީ ފަހަތަށް އެޅުނު ފިޔަވަޅެކެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox