ޓޮޓެންހަމް އޮތް ހާލަތާ މެދު ވިސްނޭތީ ޕޮޗެޓީނޯ އަށް ވެސް އަސަރުކޮށްފި

May 1, 2026, 11:34 PM
އެެމެރިކާގެ ކޯޗު ޕޮޗެޓީނޯ: އޭނާ އަކީ ކުރިން ޓޮޓެންހަމްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ކޯޗެއް.

އެެމެރިކާގެ ކޯޗު ޕޮޗެޓީނޯ: އޭނާ އަކީ ކުރިން ޓޮޓެންހަމްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ކޯޗެއް.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި ޓޮޓެންހަމް ހޮޓްސްޕާސް އޮތް ހާލަތާ މެދު ވިސްނޭ ކަމަށާއި އެކަމާ ދެރަވާ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު، އަދި މިހާރު އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވެހުރި، އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ. 

ޕޮޗެޓިނޯ އަކީ މިދިޔަ 20 ވަރަކަށް އަހަރަށް ބަލާއިރު، ޓޮޓެންހަމް އަށް އެންމެ ދިގު މުއްދަތެއްގައި އިރުޝާދުދިން ކޯޗެވެ. އެ ގޮތުން، ޕޮޗެޓީނޯ ވަނީ 2014 އިން 2019 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމަށް ކޯޗުކޮށްދީފަ އެވެ. އަދި، އެ ޓީމު 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިން ޕޮޗެޓީނޯ އަށް އެ ޓީމުގެ ކޯޗުކަން ގެއްލުނީ ޖެހިގެން އައި ސީޒަނުގަ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި، ޓޮޓެންހަމަށް ބާކީ ހަތަރު މެޗު އޮތްއިރު، އެ ޓީމު ލީގުގެ 18 ވަނައިގައި އޮތީ ރެލިގޭޝަނުން ސަލާމަތްވާން ބޮޑު މަސައްކަތްތަކެއްކުރަން ޖެހިފަ އެވެ. އެ ގޮތުން، މި ވަގުތު ލީގުގެ 17  ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވުރެން ޓޮޓެންހަމް އަށް ދެ ޕޮއިންޓް މަދެވެ. 

Advertisement

"އަހަރެން ވަރަށް ލޯބިވާ ޓީމެއް ޓޮޓެންހަމަކީ. އެއީ އަހަރެންގެ ދިރިއުޅުމުގެ ބޮޑު ބައެއް. ކޯޗެއްގެ ގޮތުގައި އަހަރެންގެ ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރެވުނު ތަނެއް. އަދި، ޒާތީ ދިރިއުޅުމުގައި މުހިންމު ކަންތަައްތަކެއް ވެސް ހިނގި އަހަރުތަކެއް ހޭދަކުރި ކްލަބެއް،" ޕޮޗެޓީނޯ ބުންޏެވެ. 

"މި ހުރިހާ ކަމަކަށް ވިސްނާއިރު، ޓޮޓެންހަމްގެ މީހުން މިހާރު އެ ތަޖުރިބާ ކުރަން ޖެހޭ ކަންކަމާ މެދު އަހަންނަށް ވެސް ވިސްނޭ، އެކަމާ ދެރަވެސް ވޭ. ސަޕޯޓަރުން ދެރަވާނެވަރު އަދި ކްލަބްގެ އެހެން މީހުންނަށް އަސަރުކުރާނެ މިންވަރު ވެސް ވިސްނޭ. ގަބޫލުކުރަން ވެސް ދަތި ކަންތައްތަކެއް މި ވަގުުތު އެ ކްލަބަށް ކުރިމަތިވެފައި އެ އޮތީ،" 

ޓޮޓެންހަމް ދޫކޮށްލުމަށް ފަހު، ދެން، ޕޮޗެޓީނޯ ފެނުނީ ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީންނެވެ. ޕީއެސްޖީ އަކީ ޕޮޗެޓީނޯ ކުޅުމުގެ ކެރިއަރުަގައި ވެސް ފެނުނު ކްލަބެކެވެ. އޭގެ ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ވެސް ކޯޗުކޮށްދިން ޕޮޗެޓީނޯ، މިހާރު ހަވާލުވެހުރި އެމެރިކާގެ ޓީމަށް އައީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ، އެމެރިކާގައި އަންނަ މަހު ފަށާ ވޯލްޑް ކަޕަށެވެ. 

އެމެރިކާ ޓީމަށް ފަހު، ޕޮޗެޓީނޯ އަލުން ޓޮޓެންހަމް ކޯޗަކަށް ދާނެ ކަމަށް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެ އެވެ. ޕޮޗެޓީނޯ ވެސް ވަނީ ކޮންމެ ވެސް ދުވަހަކުން އަލުން ޓޮޓެންހަމްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފަ އެވެ. 

ޓޮޓެންހަމް އިން މި ސީޒަން ފެށީ ކޯޗު ތޯމަސް ފްރޭންކްއާ އެކު އެވެ. އޭނާ ވަކިކޮށް، ދެން ގެނައި، އީގޯ ޓޫޑޯ ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެންމެ ފަހުން އެ ޓީމާ ހަވާލުވި، ރޮބާޓޯ ޑި ޒާބީގެ ކޯޗުކަމުގައި ޓޮޓެންހަމް އިން މިދިޔަ ހަފްތާގައި ވަނީ ވުލްވްސް ބަލިކޮށް، 2026 ވަނަ އަހަރު ފެށި ފަހުން ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. 

ލީގުގައި ޓޮޓެންހަމް އިން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި، އާދިއްތަ ދުވަހު ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox