ޕީއެސްޖީން ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ލިވަޕޫލް ކަޓުވާލައިފި

Apr 15, 2026, 5:31 AM
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް މެޗުތައް

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް މެޗުތައް

ލިވަޕޫލް (އޭޕްރީލް 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން ޖެހިޖެހިގެން ދެ ވަަަނަ ސީޒަނުގެ މުބާރާތުން ލިވަޕޫލް ކަޓުވާލައިފި އެވެ. 

މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ލެގުން ވެސް ޕީއެސްޖީ ވަނީ ލިވަޕޫލް ބަލިކޮށްފި އެވެ. މިދިޔަ ހަފްތާގައި ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުގައި، 2-0 އިން އެ ޓީމުން ލިވަޕޫލް ބަލިކުރިއިރު، އެ ނަތީޖާ ރޭ ލިވަޕޫލް ދަނޑުގައި ވެސް ތަކުރާރުކޮށް 4-0 ގެ އެގްރިގޭޓުން ވަނީ މޮޅުވެފަ އެވެ. 

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީ ދަނޑުގައި ލިވަޕޫލުން 1-0 އިން މޮޅުވިއިރު، ލިވަޕޫލް ދަނޑުގައި 1-0 އިން ޕީއެސްޖީ މޮޅުވެ، ކުއާޓާ ފައިނަލަށް ދިޔަ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު، މި ފަހަރު ޕީއެސްޖީން ދެ ލެގުގައި ވެސް ކޮންޓްރޯލް ނަގައިގެން ކުޅެ ލިވަޕޫލް ބަލިކުރީ އެވެ. 

Advertisement

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ނުކުތީ ޕީއެސްޖީ ދަނޑުގައި ކުޅުނު ލެގޭ ވެސް އެއްގޮތަށް މުހައްމަދު ސަލާހު ބެންޗުގައި ބައިންދައިގެންނެވެ. ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުގައި ސަލާހަށް އެންމެ މިނިޓެއް ވެސް ކުޅުމުގެ ފުރުސަތު ނުދިންއިރު، ރޭގެ މެޗުގެ 31 ވަނަ މިނިޓްގައި ހޫގޯ އެކިޓީކޭ އަށް ލިބުނު އަނިޔާއަކާ ހެދި ބަދަލުގައި ސަލާހު އެރުވި އެވެ. ނޮވެމްބަރު މަހުން ފެށިގެން ފުރަތަމަ ފަހަރަށް ލިވަޕޫލްގެ ފުރަތަމަ އެގާރައިން ފުރުސަތު ދިން އަލެކްސަންޑަ އިސާކަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކުޅުނުއިރު، ބޯޅައިގައި ފައިޖައްސާލެވުނީ ފަސް ފަަހަރު އެވެ. 

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ސަލާހު އެރި ފަހުން ފުރަތަމަ އެޓޭކްކުރިއިރު، މިލޯސް ކާކޭޒްގެ ޝޮޓް، ޕީއެސްޖީގެ ކީޕަރު މަޓްވޭއި ސަފޯނޯވް ވަނީ މަތަކޮށްފަ އެވެ. އަދި، ރީބައުންސަކުން ވާޖިލް ވެން ޑައިކް ޖެހި ބޯޅަ ޕީއެސްޖީގެ ކެޕްޓަން، މާކީނިއޯސް ވަނީ ބްލޮކްކޮށްފަ އެވެ. 

ޕީއެސްޖީން ފުރަތަމަ ހާފުގައި އޮސްމާން ޑެމްބެލޭ ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިމަތިން ދިޔައިރު، އޭރިއާބޭރުން ޖެހި ޝޮޓެއް ލިވަޕޫލްގެ ޖޯޖިއާ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ. 

މިދިޔަ ސީޒަނެކޭ އެއްގޮތަށް ޕީއެސްޖީ އަށް ރޭގެ މެޗުގައި ވެސް ލިވަޕޫލް ކޮޅަށް ލަނޑު ޖަހައިދިނީ ޑެމްބެލޭ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި ކްވިޗާ ކްވަރަޝްކޭލިއާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާބޭރުން ޑެމްބެލޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ކުރިން، ލިވަޕޫލްގެ 17 އަހަރުގެ ފޯވާޑް، ރިއޯ އެންގުމޯހާ ތިރިތިރިން ފޮނުވާލި ބޯޅައެއް ކީޕަރު، ސަފޯނޯވް މަތަކުރި އެވެ. 

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖެހީ ބްރެޑްލީ ބާކޮލާ ދިން ބޯޅައަކުން ޑެމްބެލޭ އެވެ. ހުސްކޮށް އަރައި، ޑެމްބެލޭ ވަނީ ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ރޭގެ ނަތީޖާއާ އެކު، ހަ ފަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލުން ވަނީ ދަށް ރެކޯޑަކާ ހަމަކޮށްފަ އެވެ. މިއީ، ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި ލިވަޕޫލުން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. 

ޗެމްޕިއަންސް ލީގުގެ ސެމީ ފަައިނަލުގައި ޕީއެސްޖީ ކުޅެން ޖެހޭ ޓީމެއް އެނގޭނީ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ކުޅޭ މެޗުންނެވެ. ފުރަތަަމަ ލެގުގައި ރެއާލް ދަނޑުގައި ބަޔާން މޮޅުވީ 2-1 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox