ސުވާލު އުފައްދާއިރު ޕީއެސްޖީގެ ހާލަތު އެނގެން ޖެހޭ: އެންރީކޭ

Apr 20, 2026, 11:38 AM
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕެރިސް (އޭޕްރީލް 20) - ފްރެންޗް ލީގުގައި ޕީއެސްޖީން ކުޅޭ މެޗުތަކުގައި އެ ޓީމުން ގިނަ ބަދަލުތަކެއް ގެންނާތީވެ، އެއީ ލީގު ފަސޭހަކޮށްލައިގެން އުޅޭތީ ގެންގުޅޭ ވިސްނުމެއްތޯ ސުވާލު ކުުރުމުން، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ އެ ކަމަށް ރައްދުދީފި އެވެ. 

ޕީއެސްޖީން ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ވަނީ 2-1 އިން ލިޔޯން އަތުން ބަލިވެފަ އެވެ. ޕީއެސްޖީން މި މެޗުގައި ކުޅުނީ ފުރަތަމަ އެގާރަަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މެޗަށް ފަހު، ޕީއެސްޖީގެ ކޯޗު އެންރީކޭއާ ނޫސްވެރިން ގިނަ ސުވާލުތަކެއް ކުރިމަތިކުރީ، ސީޒަންގެ މިހާ މުހިންމު ހިސާބެއްގައި، ލީގު ވެސް ވާދަވެރިކޮށް ދާ އަހަރެއްގައި އެ ބަދަލުތައް ގެންނަ ސަބަބުތަކާ ބެހޭގޮތުންނެވެ. 

އެންރީކޭ ބުނީ، ބައެއް ފަހަރު ކަންކަމާ ގުޅޭގޮތުން ސުވާލު ކުރިމަތިކުރާއިރު، އެ ވަގުތުގެ ހާލަތަށް ބަލާލުމަކީ މުހިންމު ކަމެއް ކަމަށެވެ. 

Advertisement

"ބަދަލުތަކެއް ގެނައުން ހަގީގަތުގައި ހައްލަކީ، 27 ދުވަސް ތެރޭ ނުވަ މެޗު ކުޅެން އެބަޖެހޭ. އެ މެޗުތަކާ އަހަރެމެން ކުރިމަތިލާން ބޭނުންވަނީ ހުރިހާ ކުުޅުންތެރިން ރަނގަޅަށް ތިބެގެން. މި ގޮތަށް ކަންކަން ކުރެވޭތޯ އަހަރެން މި ބަލަނީ، އެކަމަކު، މިކަން ތި މީހުންނަށް ނުވިސްނެންޏާ، ދެން އިތުރު ކަމެއް ވިސްނޭނެ ކަމަށް ނުދެެކެން،" އެންރީކޭ ބުންޏެވެ. 

ޕީއެސްޖީއާ އެކު، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެންރީކޭ ބުނީ، ލިޔޯނާ ދެކޮޅަށް ވެސް ޕީއެސްޖީން ރަނގަޅަށް ކުޅުނުކަން ސާބިތުވާން އޮތް އެންމެ ބޮޑު ހަގީގަތަކީ ގޯލު ޖަހަން ފުރުސަތު ހޯދަަން މަސައްކަތްކޮށް، 23 ޝޮޓް ފޮނުވާލައިފައިވުން ކަމަށެވެ. އަދި، ލިޔޯނުން ހަ ޝޮޓް ފޮނުވާލައިގެން، ދެ ލަނޑު ޖެހުމަކީ، މި މެޗުގައި އެ ޓީމުގެ ޕްލޭން ކާމިޔާބުވުން ކަމަށާއި ޕީއެސްޖީން ދެން ވިސްނަންވީ އަތުގައި ކޮންޓްރޯލް ބާއްވައިގެން ލީގުގައި ކުރިއަށްދިއުމަށް ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. 

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 18 މިނިޓް ތެރޭ ލިޔޯނުން ދެ ގޯލު ޖެހި އެވެ. ހަ ވަނަ މިނިޓްގައި ލަނޑު ޖެހީ، ލިޔޯނަށް ރެއާލް މެޑްރިޑްގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް އެންޑްރިކް އެވެ. އަދި، 18 ވަނަ މިނިޓްގައި އެންޑްރިކް ތަނަވަސްކޮށްދިން ފުރުސަތަކުން، އަފޮންސޯ މޮރެއިރާ ވަނީ ލިޔޯނުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީގެ ގޮންޒާލޯ ރާމޯސް އަތުން ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ނާކާމިޔާބުވިއިރު، މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޖޯޖިއާގެ ވިންގް، ކްވިޗާ ކްވަރަަޝްކޭލިއާ އެވެ. 

ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 28 މެޗުން 63 ޕޮއިންޓާ އެކު އެެވެ. ދެ ވަނައިގައި އޮތް ލޯންސް އަށް ވަނީ 29 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި ލިޔޯން އޮތީ ހަތަރެއްގައި އޮތް ލިލްއާ އެއްވަރަށް 30 މެޗު ކުޅެގެން 54 ޕޮއިންޓް ހޯދައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox