ޕީއެސްޖީން ލިވަޕޫލް ބަލިކޮށްފި، އެތުލެޓިކޯ އިން ބާސެލޯނާ ކައިރިން ކޮންޓްރޯލް ނަގައިފި

Apr 9, 2026, 9:20 AM
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ކްވަރަޝްކޭލިއާ އުފާފާޅުކުރަނީ،

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ކްވަރަޝްކޭލިއާ އުފާފާޅުކުރަނީ،

ޕެރިސް (އޭޕްރީލް 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 2-0 އިން ލިވަޕޫލް ބަލިކުރިއިރު، ރަށުންބޭރުގައި ބާސެލޯނާ އަތުން 2-0 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން ކޮންޓްރޯލް ނަގައިފި އެވެ. 

މި ނަތީޖާތަކާ އެކު، އަންނަ ހަފްތާގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުތަކުން އެއްވަރުކޮށްލައިގެން ނޫނީ، އެއް ގޯލުގެ ފަރަގުން ބަލިވެގެން ވެސް އެތުލެޓިކޯ އާއި ޕީއެސްޖީ އަށް ސެމީ ފައިނަލަށް ދަތުރުކުރެވޭނެ އެެވެ. 

މުހައްމަދު ސަލާހަށް ރޭގެ މެޗުގައި ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް، އެއްވެސް ވަރަކަށް ކުޅުމުގެ ފުރުސަތު ނުދިންއިރު، ލިވަޕޫލުން މެޗު ނިންމާލީ ޕީއެސްޖީގެ ގޯލަށް ހަމަލާއެއް ވެސް ފޮނުވާނުލަ އެވެ. މިއީ، 2019 ވަނަ އަހަރުގެ ފަހުން، ޗެމްޕިއަންސް ލީގުގެ މެޗެއްގައި، ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވި، ލިވަޕޫލުން ނިންމާލި ފުރަތަމަ މެޗެވެ. އަނެއްކޮޅުން، ރޭގެ ނަތީޖާއާ އެކު، 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލިވަޕޫލް ވަނީ ރަށުންބޭރުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފަ އެވެ. 

Advertisement

ޕީއެސްޖީގެ ދަނޑުގައި ރޭ އެ ޓީމުން ލިވަޕޫލް ކައިރީގައި ލީޑުނެގީ، 11 ވަނަ މިނިޓްގައި ޑެޒެއާ ޑޫއޭ ޖެހި ގޯލަކުންނެވެ. އޭރިއާތެރެއިން ޑޫއޭ ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި، އެ ޓީމުގެ ގޯލްކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ އަތް މަތިން ގޮހެވެ. އެކަމަކު، ފުރަތަމަ ހާފުގައި ޕީއެސްޖީން ފޮނުވާލި ރަނގަޅު ހަމަލާތަކެއް މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ. އެ ގޮތުން، ޕީއެސްޖީގެ ކްވިޗާ ކްވަރަޝްކޭލިއާ އާއި ޑޫއޭގެ ޝޮޓްތައް ކީޕަރު، މަމަޑާޝްވިލީ ވަނީ ހުއްޓުވައިފަ އެވެ. 

މެޗުގައި ޕީއެސްޖީން ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ، 65 ވަނަ މިނިޓްގައި ކަވަރަޝްކޭލިއާ އެވެ. މިއީ، ޖޯއާއޯ ނެވޭސް ދިން ބޯޅައެއް، އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، ކީޕަރު މަމަޑާޝްވިލީ ކައިރިން ނައްޓައިފައި ޖެހި ގޯލެކެވެ. އިތުރު ގޯލެެއް ޖަހަން ޕީއެސްޖީން ކުރި މަސަައްކަތުގައި އަޝްރަފް ހަކީމީ އާއި އޮސްމާން ޑެމްބެލޭ އަށް ވެސް ހުސް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެކަމަކު، އޭގެއިން އެއް ބޯޅަ ވެސް ގޯލަށް ވައްދައިނުލެވުނެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަލްވަރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަލްވަރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ބަލިވި މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، 44 ވަނަ މިނިޓްގައި، އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް އަށް ފަހަތުގައި ހުރެފައި ކުރި ފައުލަަކަށް ބާސެލޯނާގެ ޒުވާން ޑިފެންޑަރު، ޕައު ކުބަރްސީ އަށް ރަތެއް ދެއްކުމުންނެވެ. އެކަމަކު، އެ ފައުލަށް ދިން ހިލޭ ޖެހުމުން، އަލްވަރޭޒް ކާމިޔާބުކުރި ގޯލުން އެތުލެޓިކޯ އިން ފުރަތަަމަ ހާފުގައި ލީޑުނެގި އެވެ. 

ދެ ވަނަ ހާފުގައި ބާސެލޯނާ އިން ކުޅުންތެރިއަކު މަދުކޮށް ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި، ނަތީޖާ ހަމަހަމަކުރުމާ ގާތަށް ވެސް ޖެހިލި އެވެ. އެ ގޮތުން، ހިލޭޖެހުމަކުން، ބާސެލޯނާގެ މާކަސް ރެޝްފޯޑް ޖެހި ބޯޅަ އެތުލެޓިކޯގެ ކީޕަރު، މޫސޯ ވަނީ މަތަކޮށްފަ އެވެ. ބާސެލޯނާގެ ލަމީން ޔަމާލް މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، ގޯލެއް ޖަހަން ފުރުސަތުތަކެއް ހޯދައިިދިން ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. 

އެތުލެޓިކޯ އަށް 2006 ވަަނަ އަހަރުގެ ފަހުން ބާސެލޯނާ ދަނޑުގައި ފުރަތަމަ މޮޅު ކަށަވަރުކޮށްދިން ލަނޑު ޖެހީ، ނޯވޭގެ ފޯވާޑް، އަލެކްސަންޑަ ސޯލޯތު އެވެ. މިއީ، އޭރިއާތެރެއަށް އެތުލެޓިކޯގެ މަޓެއޯ ރުގޭރީ ނެގި ބޯޅައަކުން ސޯލޯތު ޖެހި ގޯލެކެވެ. 

މިއީ، 10 ވަރަކަށް ދުވަސް ތެރޭ އެތުލެޓިކޯ އާއި ބާސެލޯނާ އިން ކުޅޭ ތިން މެޗުގެ ތެރެއިން ދެ ވަނަ މެޗެެވެ. ލަލީގާގައި މި ދެ ޓީމު ކުޅުނު މެޗުން އެތުލެޓިކޯ ވަނީ އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަތުން އެތުލެޓިކޯ މި ވަނީ މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox