ވިރާތު އެއްކޮށް ފިޓެއް ނޫން، ބެންގަލޫރު އައިޕީއެލްގެ ކުރީގައި

Apr 16, 2026, 4:11 PM
ވިރާތު ކޯލީ

ވިރާތު ކޯލީ

ބެންގަލޫރު, އިންޑިއާ (އޭޕްރީލް 16) - އެއްކޮށް ފިޓް ނޫން ކަމުގައި ވިޔަސް ޓީމަށް ފައިދާ ހުރި ކުޅުމެއް ދެއްކޭތީ ހިތްހަމަޖެހޭ ކަމަށް ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ)ގެ ތަރި، ވިރާތު ކޯލީ ބުނެފި އެވެ.

އުމުރުން 37 އަހަރުގެ ވިރާތުގެ މޮޅު ކުޅުމާ އެކު، ރޭ އާރްސީބީން ފަސް ވިކެޓުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށް އިންޑިއަން ޕްރިިމިއާ ލީގުގެ އެއް ވަނަ އަށް ވަނީ ޖެހިލައިފި އެވެ. އާރްސީބީ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސްއާ އެއްވަރަށް ފަސް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. 

ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ގުރުއަތުލުން ދިމާވުމުން ބެންގަލޫރުން ސްޓްރެޓަޖީ ބަދަލުކޮށް، އެރީ ހޮވާށެވެ. ލަކްނައު އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރުން 15.1 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 149 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 34 ބޯޅައިން 49 ލަނޑަށް ނުބައިވި ވިރާތު އެވެ. 

މެޗަށް ފަހު ވިރާތު ބުނީ، އަދިވެސް އޭނާ ހުރީ 100 ޕަސެންޓް ފިޓްކޮށް ނޫން ކަމަށެވެ. އެކަމަކު، މަޑުމަޑުން މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން އައިސް ބޭނުންވާ ލެވަލްގައި ކޮންމެ ވެސް ވަރަކަށް ކުޅެވޭތީ އެ ހިތްހަމަޖެހުން އެބައޮތް ކަމަށް ވިރާތު ވަނީ ބުނެފަ އެވެ. 

"ބަލި ހާލަތު ރަނގަޅު ނޫން ކޮށް ހަތަރެއް ނޫނީ ފަސް ވަރަކަށް ދުވަސް ގޮސްފި، ކަކުލުގައި ވެސް ތަދެއް އެބަހުރި، އެކަމަކު، މި ހުރިހާ ކަމަކަށް ވުރެން އަހަރެން ބޭނުންވާ ކަމަކީ ޓީމު ކުރިއަށްދާން އެހީވުން، އެކަން އެބަކުރެވޭ. އުންމީދަކީ މި ފޯމުގައި ކުރިއަށްދިއުން،" ވިރާތު ބުންޏެވެ. 

ފުރަތަަމަ އިނިންގްސްގައި ބެންގަލޫރުގެ ރާސިކް ދަރު ވަނީ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނަގައިފަ އެވެ. އަދި، ބުވްނޭޝްވަރު ކުމާރު ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ. 

އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި މުމްބައި އިންޑިއަންސް (އެމްއައި) އިން ކުޅޭނީ ޕަންޖާބް ކިންގްސްއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox