ބަޔާން އަތުން ރެއާލް ކެޓިއިރު، އާސެނަލް ސެމީ އަށް

Apr 16, 2026, 9:03 AM
ބަޔާން މިއުނިކްގެ ކޭން އާއި އޮލީސޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބަޔާން މިއުނިކްގެ ކޭން އާއި އޮލީސޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިއުނިކް (އޭޕްރީލް 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ބަޔާން މިއުނިކް އަތުން ރެއާލް މެޑްރިޑް ކެޓިއިރު، އާސެނަލުން ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. 

މިދިޔަ ހަފްތާގައި ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބަޔާން 2-1 އިން މޮޅުވިއިރު، ރޭ ބަޔާން ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން މޮޅުވީ 4-3 އިންނެވެ. އާސެނަލުން ސްޕޯޓިން ދަނޑުގައި މިދިޔަ ހަފްތާގައި 1-0 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ރޭ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. 

ބަޔާން ދަނޑުގައި ރޭ ފޯރިގަދަ ކުރިމަތިލުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން 35 ސިކުންތުގެ ތެރޭގައި ބަޔާން ކީޕަރު މެނުއަލް ނޯޔާ ހެދި ގޯހެއްގެ ފައިދާނަގައި އާޑާ ގުލާ ވަނީ ވަނީ ޗެމްޕިއަންސް ލީގު ތާރީހުގައި ރެއާލްގެ އެންމެ އަވަސް ގޯލު ޖަހައިފަ އެވެ. އެކަމަކު، މެޗުގެ ހަ ވަނަ މިނިޓްގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި، އަލެކްސަންޑަ ޕަވްލޮވިޗް ވަނީ ލަނޑު ޖަހައި އެއްވަރުކޮށްދީފަ އެވެ. މެޗުގެ 29 ވަނަ މިނިޓްގައި ގުލާ ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި، ރެއާލަށް އަނެއްކާ ވެސް ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗުގެ 38 ވަނަ މިނިޓްގައި ރެއާލްގެ އޭރިއާތެރެއިން ހެރީ ކޭން އަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި ނަތީޖާ ހަމަހަމަކުރި އެވެ. 

Advertisement

ކައުންޓަ އެޓޭކެއްގައި، ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން، 42 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ ލަނޑެއް ޖަހައި، އަނެއްކާ ވެސް ރެއާލަށް ލީޑުނަގައިދީފަ އެވެ. މި ލަނޑާ އެކު، 4-4 އިން އެގްރިގޭޓް އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނުއިރު، ރެއާލަށް މައްސަލަ ދިމާވީ ބަދަލު ކުޅުންތެރިއަކަށް ދެ ވަނަ ހާފުގައި ކުޅެން އެރި އެޑުއާޑޯ ކަމަވިންގާ ރަތެއް ހޯދުމުންނެވެ. ކަމަވިންގާ އަށް ރަތެއް ދެއްކީ އަށް މިނިޓް ތެރޭ ދެ ރީނދޫ ކާޑު ހޯދުމުންނެވެ. 

ރެއާލްގެ. ކުޅުންތެރިއަކު މަދުވިތާ މާގިނައިރުތަކެއް ނުވެ، ލުއިސް ޑިއާޒް ވަނީ ލަނޑު ޖަހައި، ބަޔާނަށް އެއްވަރުކޮށްދީ އެގްރިގޭޓުން ކުރިހޯދައިދީފަ އެވެ. އަދި، ބަޔާން މި މެޗުން މޮޅުވި ގޯލު ޖަހައިދިނީ، މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މައިކަލް އޮލީސޭ އެވެ. 

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގަައި ބަޔާނުން ކުޅޭނީ ޕީއެސްޖީއާ އެވެ، އަދި، އާސެނަލުން ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. 

އާސެނަލް ދަނޑުގައި ރޭ ސްޕޯޓިން ލިޒްބަން އިން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އާސެނަލުން ވަނީ އެކަން ކާމިޔާބުވާ ގޮތް ވިޔަ ނުދީފަ އެވެ. މި މެޗުން މޮޅުވުމަށްޓަކައި، އާސެނަލުން ވެސް ފުރުސަތުތަަކެއް ތަނަވަސްކޮށް ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ވިކްޓަ ޔޯކެރޭޝް ޖެހި ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، ލެއަންޑްރޯ ޓްރޮސާޑް ބޮލުން ފޮނުވާލި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox