ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބަޔާން ޖަރުމަނު ކަޕް ފައިނަލަށް

Apr 23, 2026, 10:17 AM
ލެވަކޫސަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ލުއިސް ޑިއާޒް އުފާފާޅުކުރަނީ.

ލެވަކޫސަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ލުއިސް ޑިއާޒް އުފާފާޅުކުރަނީ.

ލެވަކޫސަން (އޭޕްރިލް 23) - ޖަރުމަަނު ކަޕް ސެމީ ފައިނަަލުގައި ރޭ ބަޔާ ލެވަކޫސަން 2-0 އިން ބަލިކޮށް، ހަ އަހަރު ތެރޭ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަަހަރަށް ބަޔާން މިއުނިކުން ޖާގަ ހޯދައިފި އެވެ. 

ބަޔާނުން އެންމެ ފަހުން ޖަރުމަނު ކަޕް ފައިނަލުގައި ކުޅެފައިވަނީ، 2020 ވަނަ އަހަރު އެވެ. މިދިޔަ އަހަރުތަކުގައި ލީގުގައި އެ ޓީމުން ތަފާތު ދެއްކި ނަމަވެސް ކަޕްގައި އެންމެ އެކަށޭނެ ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ. ބަޔާނުން ދާދި ފަހުން ވަނީ ބާކީ ހަތަރު މެޗު އޮއްވައި، ޖަރުމަނު ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. 

ލެވަކޫސަން ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާނުން މެޗު ފެށިގެން ދިޔައީ ލެވަކޫސަނަށް ޕްރެޝަރު ބޮޑުކުރަމުންނެވެ. އެ ގޮތުން، ބަޔާނުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުުރީ މެޗުގެ 22 ވަނަ މިނިޓް ގަ އެވެ. މިއީ، ބަޔާންގެ މައިކަލް އޮލީސޭ އާއި ޖަމާލް މުސިއާލާ ގުޅިގެން ކުރި އެޓޭކެއްގައި އޭރިއާތެރެއަށް ނަގައިދިން ބޯޅައަކުން ކޭން ޖެހި ގޯލެކެވެ. މިއީ މި ފަހަރުގެ ޖަރުމަނު ކަޕްގައި ކޭން ޖެހި ހަތް ވަނަ ގޯލެވެ. މިއީ، މުޅި ސީޒަނުގެ ހުރިހާ މުބާރާތަަކަށް ބަލާއިރު ކޭންގެ 52 ވަނަ ލަނޑެކެވެ. 

ލެވަކޫސަނުން އެޓޭކްތަކެއް ކޮށް ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން، ރޮބަޓް އަންޑްރިޗް އާއި ނޭތަން ޓެލާ އަށް ލިބުނު ފުރުސަތުތަކުގަައި ބަޔާންގެ ގޯލްކީޕަރު، މެނުއަލް ނޯޔާ ކައިރިން ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އަދި، ލެވަކޫސަންގެ ފޯވާޑް، ޕެޓްރިކް ޝިކް އަށް ލިބުނު ފުރުސަތުގައި ވެސް ގޯލަށް ޖެހޭގޮތެއްނުވި އެވެ. 

އިތުރު ވަގުތުގެ ތެރޭގައި ބަޔާންގެ ދެ ވަނަ ލަނޑު ޖެހީ ލެއޯން ގޮރެޓްޒްކާ ދިން ބޯޅައަކުން ލުއިސް ޑިއާޒް އެެވެ. 

އަންނަ މަހުގެ 23 ވަނަ ދުވަހު ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި ބަޔާންއާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ދެ ވަނަ ސެމީ ފައިނަލުގައި، ސްޓުޓްގާޓުން އަމިއްލަ ދަނޑުަގައި ކުޅޭނީ ފްރައިބާގާ އެވެ.

އެންމެ ފަހުގެ ޗެމްޕިއަނަކީ، ސްޓުޓްގާޓް އެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް އޮތީ 20 ފަހަރު ތަށި އުފުލާލި ބަޔާން އަތުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox