ފަހަތުން އަރައި ހަތަރު ގޯލު ޖަހައި ޗެމްޕިއަން ބަޔާނަށް މޮޅެއް

Apr 25, 2026, 10:01 PM
މައިންޒް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.

މައިންޒް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.

މައިންޒް (އޭޕްރީލް 25) - ފުރަތަމަ ހާފުގައި މައިންޒުން ބޮޑު ލީޑެއް ނަގާފައިވަނިކޮށް، 35 ވަނަ ފަހަރަށް ޖަރުމަނު ލީގު ޗެމްޕިއަންކަން މިދިޔަ ހަފްތާގައި ޔަގީންކޮށްފައިވާ ބަޔާން މިއުނިކުން ފަހަތުން އަރައި ހަތަރު ގޯލު ޖަހައި، 4-3 އިން މޮޅުވެއްޖެ އެވެ. 

މިިދިޔަ ހަފްތާގައި ސްޓުޓްގާޓް ބަލިކޮށް ބާކީ ހަތަރު މެޗު އޮއްވައި، ބަޔާނުން ލީގު ޗެމްޕިއަންކަން ޔަގީންކުރި ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ފުރަތަމަ އެގާރަ ކުޅުންތެރިން ނެގީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެން އޮތް މެޗާ މެދު ވިސްނައިފަ އެވެ. އެކަމަކު، އޭގެ ނަތީޖާ ދިޔައީ ގޯސްކޮށެވެ. އަމިއްލަ ދަނޑުގައި ކުޅުނު މައިންޒުން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. 

މެޗުގެ 15 ވަނަ މިނިޓްގައި، ޑޮމިނިކް ކޯރް ވަނީ ލަނޑު ޖަހައި މައިންޒަށް ލީޑުނަގައިދީފަ އެވެ. އަދި، މެޗުގެ 29 ވަނަ މިނިޓްގައި ޕޯޯލް ނެބެލް ވަނީ ރީބައުންސަކުން ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވާލައި، މައިންޒުގެ ލީޑުފުޅާކޮށްދީފަ އެވެ. މައިންޒުން ތިން ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މިއީ، ވެސް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޖެހި ގޯލެކެެވެ. މި ލަނޑު ޖެހީ، ޝެރާލްޑޯ ބެކާ އެވެ. މައިންޒުގެ ފަހު ދެ ގޯލުގައި ވެސް ނަޑިއެމް އަމީރީ މުހިންމު ރޯލެއް ކުޅުނެވެ. 

ބަޔާނުން ދެ ވަނަ ހާފު ފެށީ ހެރީ ކޭން އާއި މައިކަލް އޮލީސޭ، ބަދަލަކަށް ކުޅެން އަރުވައިގެންނެވެ. ކޮންރަޑް ލައިމާ ދިން ބޯޅައަކުން 53 ވަނަ މިނިޓްގައި ބަޔާންގެ ފުރަތަމަ ލަނޑު ޖެހީ ނިކޮލަސް ޖެކްސަން އެވެ. އަދި، އޭގެ 20 މިނިޓް ފަހުން، ލައިމާ ދިން ބޯޅައަކުން އޮލީސޭ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. 

މެޗުގެ ނަތީޖާ ބަޔާނަށް ހަމަހަމަކޮށްދިނީ 80 ވަނަ މިނިޓްގައި ޖަމާލް މުސިއާލާ އެވެ. އަދި، އެއްވަރުކުރިތާ ތިން މިނިޓް ފަހުން ބަޔާން މޮޅުކޮށްދިން ލަނޑު ޖެހީ ކޭން އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox