ބަޔާނުން 35 ވަނަ ފަަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށްފި

Apr 19, 2026, 11:07 PM
ސްޓުޓްގާޓް ކޮޅަށް ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ސްޓުޓްގާޓް ކޮޅަށް ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މިއުނިކް (އޭޕްރީލް 19) - ސްޓުޓްގާޓް އަަތުން 4-2 އިން މޮޅުވެ، ޖަރުމަނު ފުޓްބޯޅައިގެ ވަރުގަދަ ބާރު، ބަޔާން މިއުނިކުން، ޖަރުމަނު ލީގު ޗެމްޕިއަންކަން 35 ވަނަ ފަަހަރަށް ހޯދައިފި އެވެ. 

ބަޔާނުން ވަނީ އެންމެ ފަހުން، ކުޅުނު 14 ސީޒަނުގެ ތެރެއިން 13 ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ޓީމަށް ލީގު ގެއްލުނީ މީގެ އެއް އަހަރު ކުރިން، ޒަބީ އަލަޮންސޯގެ ކޯޗުކަމުގައި ބަޔާ ލެވަކޫސަނުން ލީގު ނެގިއިރު އެވެ. ބަޔާނުން މި ފަހަރު ލީގު ޗެމްޕިއަންކަން މި ހޯދީ ބާކީ ހަތަރު މެޗު އޮއްވަ އެވެ. 

މިރޭގެ މެޗަށް ނުކުތްއިރު، ބަޔާނަށް ލީގު ކަށަވަރުކުރަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އެއީ، ލީގުގެ ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން ރޭ ކުޅުނު މެޗުން ހޮފެންހަައިމް އަތުން 2-1 އިން ބަލިވުމުންނެވެ. 

ލީގު ތާވަލުގެ އެއް ވަނައިގައި ބަޔާން އޮތީ 30 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 30 މެޗުން 64 ޕޮއިންްޓް ލިބިފަ އެެވެ. 

ބަޔާން ދަނޑުގައި މިރޭ ލީޑުނެގީ ސްޓުޓްގާޓުންނެވެ. އެ ގޮތުން، މެޗުގެ 21 ވަނަ މިނިޓްގައި ކްރިސް ފުހްރިޗް ވަނީ ލަނޑެއް ޖަހައި ސްޓުޓްގާޓަށް ކުރިހޯދައިދީފަ އެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 31 ވަނަ މިނިޓްގައި ރަފައެލް ގަރޭރޯ ވަނީ ލަނޑެއް ޖަހައި، ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ނިކޮލަސް ޖެކްސަން ވަނީ ބަޔާނަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދީފަ އެވެ. 

މެޗުގެ 37 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ލުއިސް ޑިއާޒް ދިން ބޯޅައަކުން އަލްފަންސޯ ޑޭވިސް އެވެ. ޖެކްސަން ވެސް ލަނޑު ޖެހީ ޑިއާޒް ދިން ބޯޅައަކުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ބަޔާނުން ހަތަރު ވަނަ ލަނޑު ޖެހި އެެވެ. މި ގޯލު ކާމިޔާބުކުރީ ލަނޑު ޖެހުމުގެ ތަފާތު ފޯމެއްގައި ހުރި ހެރީ ކޭން އެވެ.

ބަޔާނުން ތިން ގޯލުގެ ލީޑެއް ނަގައި ހަމަޖެހިލި ފަހުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓައި، މެޗުގެ 88 ވަނަ މިނިޓްގައި ސްޓުޓްގާޓުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ  ޗެމާ އަންދްރޭސް އެވެ. 

ލީގު ޗެމްޕިއަންކަން ޔަގީންކުރުމަށް ފަހު ބަޔާނުން ދެން އަމާޒުހިފާނީ ޖަރުމަނު ކަޕާއި ޗެމްޕިއަންސް ލީގަށެވެ. ޖަރުމަނު ކަޕް ސެމީ ފައިނަލުގައި ލެވަކޫސަނާ ކުޅެން ޖެހޭއިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox