ވިނީޝިއުސްއާ ދިމާކޮށްލި ޕްރެސްޓިއާނީ އަށް ދިނީ ހަ މެޗުގެ ސަސްޕެންޝަނެއް

Apr 25, 2026, 8:56 AM
ބެންފީކާގެ ތަރި ޖިއަންލޫކާ ޕްރެސްޓިއާނީ.

ބެންފީކާގެ ތަރި ޖިއަންލޫކާ ޕްރެސްޓިއާނީ.

ޒިއުރިކް (އޭޕްރީލް 25) - މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކުރި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީގެ މައްސަލަ ބެލުމަށް ފަހު އޭނާ ހަ މެޗަށް ސަސްޕެންޑްކުރަން ވަނީ ނިންމައިފައި 

ވިނީޝިއުސްގެ ގޯލުން 1-0 އިން ރެއާލުން ބެންފީކާ ބަލިކުރި މެޗުގައި، މި ލަނޑު ޖަަހައި، އުފާފާޅުކުރުމަށް ފަހު، ވިނީޝިއުސްއާ ދިމާލަށް ނަސްލީ ގޮތުން ދިމާކުރުމަށް ބެންފީކާގެ ޕްރެސްޓިއާނީ، 20، ބުނި އެއްޗެއްގެ ސަބަބުން މެޗުގެ ރެފްރީ ފްރަންކޮއިސް ލެޓެކްސިއާ އަށް އެކަން އަންގައި، ރެއާލްގެ ކުޅުންތެރިން ދަނޑުން ފޭބި އެވެ. އެ ކަމާ ހުރެ 10 މިނިޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ.

ވިނީޝިއުސްއާ ދިމާކޮށްލި ޕްރެސްޓިއާނީ މެޗަކަށް ސަސްޕެންޑް

ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކޮށްލި ކަމަށް ބުނާ މައްސަލައެއްގައި، ބެންފީކާގެ ޖިއަންލޫކާ ޕްރެސްްޓިއާނީ ވަގުތީ ގޮތުން މެޗަކަށް ވަނީ ސަސްޕެންޑްކޮށްފައި،

Advertisement

ޕްރެސްޓިއާނީގެ މައްސަލަ ތަހުގީގުކުރަމުން އަންނާތީވެ، ޔުއެފާ އިން ނިންމީ މި މުއްދަތުގެ ތެރޭގައި، ރެއާލާއި ބެންފީކާ އިން ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮތުމާ އެކު، ސީރިއަސް މައްސަލައެއްގެ ތުހުމަތެއް އޮތް ކުޅުންތެރިއެއްގެ ގޮތުގައި ޕްރެސްޓިއާނީ ފެންނާތީވެ، އޭނާ މެޗަކަށް ސަސްޕެންޑް ކުރުމަށެވެ.

ޕްރެސްޓިއާނީ، ވަގުތީ ގޮތުން ސަސްޕެންޑްކުރީ، މި މައްސަލައިގައި އޭނާ ޖަވާބުދާރީވި ގޮތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި، އޭނާ އަށް ވަގުތީ ސަސްޕެންޝަނެއް ދޭން ފެންނާތީވެ އެވެ. މައްސަލަ އެއްކޮށް ބެލުމަށް ފަހު، ޔުއެފާ އިން ނިންމީ ޕްރެސްޓިއާނީ ހަ މެޗަށް ސަސްޕެންޑް ކުރުމަށެެވެ. 

މީގެ ކުރިން ވެސް ޕްރެސްޓިއާނީ ދިން އިންޓަވިއުތަކުގައި ވަނީ، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާނުކުރާ ކަމަށް ބުނެފަ އެވެ. ޕްރެސްޓިއާނީއާ ހަވާލާދީ ޕޯޗުގީސް އަދި ދެކުނު އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރާ ފަދަ އިބާރާތެއް ޕްރެސްޓިއާނީ ބޭނުމެއް ނުކުރާ ކަމަށް ވަނީ ބުނެފަ އެވެ. އަދި، ވިނީޝިއުސްއާ ދިމާލަށް ޕްރެސްޓިއާނީ ބުނެފައިވަނީ، "ރާމާމަކުނެކޭ" އެއް ނޫން ކަމަށާއި ބުނީ "ބްރަދާ" އޭ ކަމަށް ވެސް އެ ހަބަރުތަކުގަިއ ވަނީ ހިމަނައިފަ އެވެ.

އެކަމަކު، ޔުއެފާ އިން ތަހުގީގުކުރިއިރު، ވީޑިއޯ އެވިޑެންސާއި އެހެނިހެން ހެކިތަކާއި ރެފްރީގެ ރިޕޯޓަށް ބަލާއިރު، ޕްރެސްޓިއާނީގެ މައްޗަށް މި ކުށް ސާބިތުވެ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox