ރެއާލަށް ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އާބެލޯއާ އަށް އެބައޮތް

Apr 15, 2026, 10:02 AM
ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.

ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.

މިއުނިކް (އޭޕްރީލް 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، ފުރަތަމަ ލެގުން ބަލިވެފައި އޮތް ނަމަވެސް ރެއާލް މެޑްރިޑަށް ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އަަލްވާރޯ އާބެލޯއާ ބުނެފި އެވެ. 

ފާއިތުވި ހަފްތާގައި ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބަޔާން ވަނީ 2-1 އިން މޮޅުވެފަ އެވެ. އެހެންކަމުން، މިރޭ ބަޔާންގެ ދަނޑު އަލިއާންޒް އެރީނާގައި ދެ ގޯލުގެ ފަރަގަކުން މޮޅުވެގެން ނޫން ގޮތަކަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން 15 ފަހަރު ހޯދި ރެއާލަށް މި ފަހަރުގެ ސެމީ ފައިނަލަށް ދެވެން ނެތެވެ. 

މިއުނިކްގައި މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ. ބައްދަލުވުމުގައި އާބެލޯއާ ބުނީ، ޗެމްޕިއަންސް ލީގުގައި އާދަޔާހިލާފު ނަތީޖާއެއް ނެރެން ޖެހޭ ހާލަތެއްގައި އެކަން ކުރުމުގެ ގާބިލުކަން ހުރި އެއް ޓީމު ނެގި ކަމުގައި ވިޔަސް އެއީ ރެއާލް ކަމުގައިވާނެ ކަމަށެވެ. 

"މި ދަނޑަށް ތަފާތު ނަތީޖާއެއް ނެރުމުގެ ވިސްނުން ހިފައިގެން އާދެވޭނެ ފެންވަރުގެ އެއް ޓީމު އޮތަސް އެއީ ރެއާލް މެޑްރިޑް. އަހަރެމެންނަކީ 15 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ޗެމްޕިއަނެއް. އަހަރެމެންނަށް މި މެޗާ ކުރިމަތިލާއިރު ރަނގަޅު ގިނަ ކަންތައްތަކެއް އެބަހުރި، އެހެންވީމަ، ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު، އަހަރެމެން ކުރިމަތި މި ލަނީ،" އާބެލޯއާ ބުންޏެވެ. 

ފުރަތަމަ ލެގަށް ބަލާއިރު، މެޗުގެ މޮޅު ކުޅުންތެރިއަކީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ކަމަށާއި އޭނާގެ ފަރާތުން މޮޅު ގިނަ ސޭވްތަކެއް ފެނުނުކަން ފާހަގަކޮށް އާބެލޯއާ ބުނީ، ރެއާލުން ބަޔާން ދަނޑުގައި ލިބޭ ފުރުސަތުތައް ގޯލަށް ނިންމާލުމުގެ ބައި ރަނގަޅުކޮށްފިނަމަ، އެ ޓީމަށް މި ކަން ހާސިލްކުރެވޭނެ ކަމަށެވެ. 

ޗެމްޕިއަންސް ލީގުގައި ރެއާލުން ކުޅެފައިވާ މެޗުތަކުގައި އާދަޔާހިލާފު ގޮތްގޮތަށް ފަހު ވަގުތު ނަތީޖާ އަނބުރާލާފައިވާ ކަމަށާއި، އެ ފަދަ ކަމެއް ތަކުރާރުކުރުމުގެ ގާބިލުކަން ރެއާލްގެ ނަމާ އެކު، ކުޅުންތެރިންނަށް ލިބޭނެ ކަަމަށް ވެސް އާބެލޯއާ ގަބޫލުކުރެ އެވެ. 

ރެއާލުން މި މެޗުގައި ކުޅޭނީ ސަސްޕެންޝަނުގެ ސަބަބުން އައުރެލިއަން ޗުއަމެނީ ނުލަ އެވެ. އާބެލޯއާ ބުނީ އެ މަގާމު ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox