މޭޑޭ ރެލީއަށް ހުރަސްއަޅަން ސަރުކާރުން ރެލީތަކެއް ބާއްވަނީ

މިދިޔަ އަހަރު ޖަމިއްޔާތަކުން އިސްނަގައިގެން ބޭއްވި މޭޑޭ ރެލީ: އެ ރެލީއަށް ފުލުހުން އެ ދުވަހު ހުރަސް އެޅި -- ފޮޓޯ: އަދަދު

މިދިޔަ އަހަރު ޖަމިއްޔާތަކުން އިސްނަގައިގެން ބޭއްވި މޭޑޭ ރެލީ: އެ ރެލީއަށް ފުލުހުން އެ ދުވަހު ހުރަސް އެޅި -- ފޮޓޯ: އަދަދު

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހު މަސައްކަތްތެރިންގެ ހައްގުގައި ކޮންމެ އަހަރަކު މާލޭގައި ބާއްވާ "މޭޑޭ ރެލީ" އަށް ހުރަސްއަޅަން ސަރުކާރުން ރެލީތަކެއް ބާއްވަން ނިންމައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި މިއަދު އެކި ޖަމިއްޔާތަކުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވާ ރެލީއަށް ހުރަސްއަޅަން ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކުން އިންތިޒާމުކޮށްގެން ރެލީތަކެއް ބޭއްވުމަށް ވަނީ ރާވައިފަ އެވެ. 

މަސައްކަތްތެރިންގެ ހައްގުގަައި ކަމަށް ބުނެ ސަރުކާރުން ރެލީތަކެއް ބާއްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) ގެ ޖެނެރަލް ސެކެޓްރީ ފާތިމަތު ޒިމްނާ ވިދާޅުވީ މޭޑޭ އަކީ މަސައްކަތްތެރިންގެ ހައްގުގައި އެތައް ދުވަހެއް ކުރިން ފެށިގެން ޖަމިއްޔާތަކުން އިންތިޒާމުކޮށްގެން ބާއްވާ ރެލީއެއް ކަމަށެވެ. 

"އަސްލުގައި ވަރަށް ކަންބޮޑުވޭ [ސަރުކާރުން ރެލީތައް ބާއްވާތީ]. ރާއްޖޭގައި މޭޑޭ މަސައްކަތްތެރި އާއިލާތަކަށް ތަސައްވަރު ކުރެވިފައި ވަނީ ޕޮލިޓިކަލީ އެލައިން އެއްޗެއް ކަމަށް. މޭޑޭ ފާހަގަކުރަނީ އެތައް ދުވަހެއް ކުރިން. އެއީ 1888 ވަނަ އަހަރު ލޭބާ މޫވްމަންޓްގައި ލިބުނު ކާމިޔާބީ ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ. 

ޒިމްނާ ވިދާޅުވީ މޭޑޭގައި މަސައްކަތްތެރިންގެ އެކި ހައްގުތަކަށް ވަކާލާތުކޮށްގެން މެޓާނިޓީ ލީވް އާއި ޕެޓާނިޓީ ލީވް އަދި މިނިމަމްވޭޖް ފަދަ އެކި ކާމިޔާބީތައް ލިބިފައިވާއިރު، އެ ކާމިޔާބީތަކުގެ އިތުރުން އައު ކަންކަމަށް ވަކާލާތުކުރަން މިފަދަ ރެލީތައް ބާއްވަން ޖެހޭނީ ޖަމިއްޔާތަކުން އިސްނަގައިގެން ކަމަށެވެ. 

ނަމަވެސް ސަރުކާރުގެ އެކި ތަންތަނުން މަސައްކަތުގެ މާހައުލު ރަނގަޅު ކަމަށް ދޭހަވާ ގޮތަށް ޕޯސްޓުތައް ޖަހުވައި އޮޅުވާލަމުންދާ ކަމަށާއި މަސައްކަތްތެރިންގެ އޮތް ބާރު ދަމައިގަންނަން އުޅޭހެން ސިފަވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ) އިން އިންތިޒާމުކޮށްގެން މިއަދު ބާއްވާ ރެލީ ފެށުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުން ހަވީރު 16:00 ޖަހާއިރެވެ. 

އެ ރެލީގައި ޓޫރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)، މޯލްޑިވްސް ޕޯޓް ވޯކާސް ޔޫނިއަން، ޓީޗާސް ޔޫނިއަން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބައިވެރިވެ އެވެ. 

މަސައްކަތްތެރިންގެ ހައްގުގައި މިދިޔަ އަހަރުވެސް ޖަމިއްޔާތަކުން އިންތިޒާމުކޮށްގެން ރެލީއެއް ބޭއްވި އެވެ. ނަމަވެސް އެ ރެލީއަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox