ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން މުންދު ދެކޮޅުހައްދަވައިފި

މުހައްމަދު ހުސައިން ޝަރީފް (މުންދު): ސިޔާސީ މުވައްޒަަފުންގެ އަދަދު ހާމަކުރައްވަން އޭނާ ވަނީ ދެކޮޅު ހައްދަވާފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ހުސައިން ޝަރީފް (މުންދު): ސިޔާސީ މުވައްޒަަފުންގެ އަދަދު ހާމަކުރައްވަން އޭނާ ވަނީ ދެކޮޅު ހައްދަވާފައި -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ދައުރު ދެބައިވާން ގާތްވެ، ދެ ވަނަ ފަހަރަށް ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރަން ފަށާފައިވާއިރު، މިއަދާ ހަމައަށް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރައްވަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ދެކޮޅު ހައްދަވައިފި އެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު މި ވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް ސިޔާސީ މުވައްޒަފުން އެސެސް ކުރަން ކުރިއަށްދާ މަސައްކަތް ނިމުމާއެކު ސިޔާސީ މުވައްޒަފުންގެ އަދަދަށް އައި ބަދަލު އާރްޓީއައިއަކާ ނުލާވެސް ހާމަކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. 

"އިރާދަކުރެއްވިއްޔާ ޕްރޮސެސް ނިމޭއިރު އެނގިވަޑައިގަންނަވާނެ ހުރިހާ ބޭފުޅުންނަށް. އެހިސާބުން އާރްޓީއައިއަކާ ނުލާވެސް ހަމަ ޔަގީނުންވެސް ރައީސްގެ ނިންމެވުމަކީ އޮންނާނީ ވިދާޅުވެސް ވެފައި އަޑުއައްސަވަމޭ އެބަ، ކަންބޮޑުވާ ކަންތައް އެނގިވަޑައިގަންނަވަމޭ އެބަ. ކަންބޮޑުވާ ކަންތައްތަކަށް އެޑްރެސް އެބަ ކުރައްވަމޭ. ޖަވާބުދާރީވެވަޑައިގަންނަވާނަމޭ،" އޭނާ ވިދާޅުވި އެވެ. 

"އެހެންވީމަ އެހިސާބުން އަޅުގަނޑުމެން އެޓްލީސްޓް ތިބޭފުޅުންނަށް އައި ބަދަލު ދަންނަވާނަން،"

މުންދު ވިދާޅުވީ މިވަގުތު ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރެވެން ނެތީ މުވައްޒަފުން އެސެސްކުރެވެމުންދާތީ އެ އަދަދަށް ބަދަލު އަންނަމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ދާތީ މިހާރު ދޭ އަދަދު މާދަމާ ސައްހަ ނުވާނެ ކަމަށެވެ.

މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަނީ

ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބި 500 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ނިންމެވުން ނިންމެވީ ކެބިނެޓަށް ބަދަލުތަކެއް ގެނައުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި ސަރުކާރު ކުންފުނިތަކުގެ ސިޔާސީ މުވައްޒަފުންވެސް މަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އަދަދު ހިއްސާނުކުރައްވާ، މުންދު ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތް ސަތޭކައަށް ވުރެ އިތުރު ނުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އޭރު އިއުލާންކުރެއްވީ "އަމާޒެއް" ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަރުކާރުގެ އެކި ވުޒާރާތަކުން މީގެ ކުރިން ބުނެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރެވޭނީ ރައީސް އޮފީހުން ކަމަށެވެ. އެހެންނަމަވެސް ރައީސް އޮފީހުން ވެސް މިހާތަނަށް އެ މައުލޫމާތު ސާފުކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންނާއި އިންތިގާލީ މަރުހަލާގައި ވެސް ތަކުރާރުކޮށް ބުނަމުންދިޔައީ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތްސަތޭކައަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ.

ނަމަވެސް މިހާރު ސަރުކާރުގެ ތަރުޖަމާނު މިވަނީ އެއީ ރިޔާސީ ވައުދެއް ނޫން ކަމަށް ވިދާޅުވެ، އެ ވާހަކަ ދިފާއުކުރައްވާފަ އެވެ. ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ދާދި ފަހުން ވަނީ ދުއިސައްތައަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox