ސަރުކާރު މިނިސްޓްރީތައް
3 ލިޔުން
ހަބަރުސަރުކާރު މުވައްޒަފުންގެ ހާޒިރީ ގަޑި 30 މިނެޓް ފަސްކޮށްދީފި
ސަރުކާރު މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތްތަކުގައި، ރަސްމީ ގަޑި ފެށޭތާ 30 މިނެޓު ފަހުން ހާޒިރުވިޔަސް ގަޑިނުޖެހޭ ގޮތަށް "ބަފާ ޓައިމް" އެއް ދޭން ގަވާއިދަށް އިސްލާހު ގެނެސްފިއެވެ. މިގޮތަށް ފަސްވާ ވަގުތު ރަސްމީ ގަޑި ނިމުމުން ފުރިހަމަކުރަން ޖެހޭއިރު، މިއީ ހާޒިރުނުވެވޭ ސަބަބު އޮފީހަށް އެންގުމަށްފަހު ދެވޭނެ ފުރުސަތެކެވެ.
ހަބަރުމޭޑޭ ރެލީއަށް ހުރަސްއަޅަން ސަރުކާރުން ރެލީތަކެއް ބާއްވަނީ
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޖަމިއްޔާތަކުން ބާއްވާ ރެލީއަށް ހުރަސްއެޅުމަށް، ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން ވަކި ރެލީތަކެއް ބާއްވަން ރާވާފައިވާތީ މަސައްކަތްތެރިންގެ ޔޫނިއަންތަކުން ކަންބޮޑުވުން ފާޅުކޮށްފި. ޔޫނިއަންތަކުން ތުހުމަތުކުރާ ގޮތުގައި މިއީ މަސައްކަތްތެރިންގެ ބާރު ކަނޑުވާލަން ކުރާ ކަމެއް.
