ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުންނަށް މީގެ ފަހުން އައްޔަންކުރާނީ ތައުލީމީ ބޭފުޅުން: މުއިއްޒު

މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެ ތެރެއިން: މީގެފަހުން ސިޔާސީ މުވައްޒަފުންނަށް ވަޒީފާ ދޭނީ މެރިޓް ބޭސްކޮށް ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެ ތެރެއިން: މީގެފަހުން ސިޔާސީ މުވައްޒަފުންނަށް ވަޒީފާ ދޭނީ މެރިޓް ބޭސްކޮށް ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މިނިސްޓްރީތަކަށް ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނަށް މީގެފަހުން އައްޔަނުކުރާނީ ތައުލީމީ ބޭފުޅުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށް މީގެ ފަހުން އައްޔަނުކުރާ ސްޓޭޓް މިނިސްޓަރުންނަކީ މާސްޓާސް ޑިގްރީ އޮތް ބޭފުޅެއްތޯ އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ޑިގްރީއެއް އޮތް ބޭފުޅެއްތޯ ބަލާނެ ކަމަށެވެ. 

"މިސާލަކަށް އަޅުގަނޑުގެ ވިސްނުމަކު ކުރިއަށް އޮތް ތަނުގައި ނެތް އެއްގޮތަކަށް ވެސް މިސާލަކަށް ސްޓޭޓް މިނިސްޓަރަކަށް މީހަކު ކޮންމެހެން ލާންޖެހިއްޖެއްޔާ ލާންޖެހޭ ފަހަރެއްގައި ވެސް އެމީހާ އަތުގައި މިސާލަކަށް މާސްޓާސް ޑިގްރީއެއް އޮތްތޯ ބެލުން،" މުއިއްޒު ވިދާޅުވި އެވެ. 

"ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން އެތަނަކަށް ބޭނުންވާ މީހަކު ލާންޖެހޭ ހާލަތުގައި ވެސް އެމީހާ އަތުގައި އެކަމާ ބެހޭ ދާއިރާއިން ޑިގްރީއެއް އޮތްތޯ ބެލުން. މިކަހަލަ ރަފް މިންގަނޑެއް ގެންގުޅެން އަޅުގަނޑު ވިސްނާފައި މިއޮތީ." 

ގާނޫނުއަސާސީން އެމަނިކުފާނަށް ލިބިފައިވާ ބާރުގެ ދަށުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާއިރު އެ ދާއިރާއަކުން ތައުލީމުގެ އިތުރުން ތަޖުރިބާއަށް ވެސް މީގެ ފަހުން ބަލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"މިނިސްޓްރީތަކަށް 115 ވަނަ މާއްދާ [ގާނޫނުއަސާސީ] ގެ ދަށުން އޮންނަ ފުރުސަތު އަޅުގަނޑަށް އަބަދުވެސް އޮންނާނެ. ނަމަވެސް އަޅުގަނޑުވެސް ކުރިއަށް އޮތްތާގައި އަދި އިތުރަށް ބަލާނަން އެމީހާގެ މެރިޓް ބޭސް، ތައުލީމީ ފެންވަރު ތަޖުރިބާއަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރު ކުޑަ ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން ޕާފޯމަންސް ބޭސްކޮށް ވީހާވެސް ގިނަ މީހުން މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސަންޓަށް ކުޑަ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯއްދެވުމަށް ސަރުކާރުން މީހުންނަށް ވަޒީފާ ދެއްވާފައިވާނެ ކަމަށް މުއިއްޒު މިއަދު އެއްބަސްވެވަޑައިގެންނެވި އެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ ކެމްޕެއިނަކާ ދިމާކޮށް ނުވަތަ ސިޔާސީ ގޮތުން ދެން އެމަނިކުފާނު ވަޒީފާއެއް ނުދެއްވާނެ ކަމަށެވެ.

މުއިއްޒު އެހެން ވިދާޅުވިއިރު، ސިޔާސީ މަންފާއެއް ހޯދަން ނުވަތަ އިންތިހާބަކުން ވޯޓު ހޯދަން ދައުލަތުން ނުވަތަ ސަރުކާރުން ވަޒީފާއެއް ދިނުމަކީ ގާނޫނާ ހިލާފު ކަމެކެވެ. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. އިން ރައީސްއަށް ބާރު ލިބެނީ، ރައީސްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމުގައި މަގާމުތައް އުފެއްދުމުގެ ބާރު އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox