އެސްއޯއީތަކުން ކުއްލިއަކަށް 33 ޕަސަންޓު މުވައްޒަފުން ކަނޑާލާތީ ކަންބޮޑުވުން

ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވެމްކޯ: ސަރުކާރު ކުންފުނިތަކުން 33 ޕަސަންޓު މުވައްޒަފުން މަދުކުރަން ފިނޭންސް މިނިސްޓަރު ވަނީ ޕީސީބީއަށް އަންގާފައި -- ފޮޓޯ: އަދަދު

ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވެމްކޯ: ސަރުކާރު ކުންފުނިތަކުން 33 ޕަސަންޓު މުވައްޒަފުން މަދުކުރަން ފިނޭންސް މިނިސްޓަރު ވަނީ ޕީސީބީއަށް އަންގާފައި -- ފޮޓޯ: އަދަދު

ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 33 ޕަސަންޓު މުވައްޒަފުން ކުއްލިގޮތަކަށް ވަކިކުރަން  ނިންމުމާ ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޓީޔޫސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އެއްވެސް އިންސާފެއް ނެތި، ދުރާލާ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ނިންމާފައިވާ ނިންމުމެއް ކަމަށާއި، މީގެ ސަބަބުން އެތައް އާއިލާއެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

"މީގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ވަޒީފާއަށް ބަރޯސާވެފައިވާ، އަދި ގައުމުގެ އިގްތިސާދު ދަށްވެ، މާލީ ގޮތުން މަސައްކަތްތެރިންނަށް ދަތިތަކާއި ކުރިމަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި، އެފަރާތްތަކުގެ ވަޒީފާ ގެއްލި އާމްދަނީ ހުއްޓިއްޖެނަމަ އެމީހުންގެ އާއިލާތަކަށް، ހާއްސަކޮށް މެދު ފަންތީގެ އާމްދަނީ ލިބޭ ގިނަ އާއިލާތަކަށް އުފުލޭނެ ބުރަޔަކަށް ނުވާނެ،" އެ ޖަމިއްޔާއިން ބުންޏެވެ. 

އެމްޓީޔޫސީން ބުނި ގޮތުގައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު، މުވައްޒަފުންގެ ހައްގުތަކަށް އިހުތިރާމްކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއް ކަމަށް ބުނެ ނިންމާފައިވާ މި ނިންމުމަކީ ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ ސަބަބެއް ނެތި، އަދި ވަކިކުރެވޭ މުވައްޒަފުންގެ އެއްވެސް ކުށަކާނުލާ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.

ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ކުރަންޖެހޭ ކަމަކީ އާދައިގެ މުވައްޒަފުން ވަކިކުރުން ނޫންކަން ފާހަކޮށް އެ ޖަމިއްޔާއިން ބުނީ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި، އިސްރާފުތައް ހުއްޓާލުމަކީ މާ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މިގޮތަށް ކުއްލި ގޮތަކަށް މުވައްޒަފުން ވަކިކުރުމުން، މަސައްކަތްތެރިންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، މަސައްކަތުގެ މާހައުލަށް ނުތަނަވަސްކަން ވެރިވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. 

އެ ޖަމިއްޔާއިން ސަރުކާރަށް ގޮވާލީ މުވައްޒަފުންގެ އަދަދު މަދުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖައާކޮށް، މަސައްކަތްތެރިންގެ މަންދޫބުންނާއެކު މަޝްވަރާ ކުރުމަށެވެ.

އޭގެ އިތުރުން މަސައްކަތްތެރިންގެ ހައްގުތަކާއި އެމީހުންގެ އާމްދަނީ ލިބޭ މަގުތައް ރައްކާތެރިކޮށްދޭފަދަ އިންސާފުވެރި، ގާނޫނީ ހަމަތަކަށް ފެތޭ، އަދި ދެމެހެއްޓިނިވި ހައްލުތައް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އެ ޖަމިއްޔާއިން ސަރުކާރަށް ގޮވާލި އެވެ. 

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އެންގިއިރު، އެ ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އާދީއްތަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. 

ސަރުކާރު ކުންފުނިތަކުގައި ތިބި ކަމަށް ޒަމީރު އަންދާޒާކުރާ އަދަދުން ހިސާބުކުރާއިރު، ސީދާ 33 ޕަސެންޓު މުވައްޒަފުން ކަނޑާނަމަ، 13،000 އަށް ވުރެ ގިނަ މީހަކަށް ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.

ގިނަ ބަޔެއްގެ ވަޒީފާ ގެއްލޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުކުރިއިރު،  ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހާ ވަރަށް އިތުރުވީ މި ސަރުކާރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox