ސަރުކާރު ކުންފުނިތަކުން މީޑިއާތަކަށް ސްޕޮންސާ ދޭން ނުޖެހޭ: މުއިއްޒު

މުހައްމަދު މުއިއްޒު

މުހައްމަދު މުއިއްޒު

ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން (އެސްއޯއީ) ބޮޑެތި އަދަދުތަކުން މީޑިއާތަކާށް ފައިސާ ދެމުން އަންނަ ސިޔާސަތު މި ސަރުކާރުން ދަމަހައްޓައި އިތުރަށް ފުޅާކޮށްފައިވަނިކޮށް، އެ ކުންފުނިތަކުން މީޑިއާތަކަށް ސްޕޮންސާ ދެއްވަން ނުޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މީގެ ކުރީ ސަރުކާރުތަކުން ވެސް އެސްއޯއީތައް މެދުވެރިކޮށް މީޑިއާތަކަށް ފައިސާ ދޫކޮށްފައިވެ އެވެ. މި ސަރުކާރުން އެ ސިޔާސަތު އިތުރަށް ވަރުގަދަކޮށްފައިވާއިރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން މި އަހަރުން ފެށިގެން މީޑިއާތަކަށް ފައިސާ ވެސް ދޫކުރަން ފަށާފައިވާ ކަމަށެވެ. 

"މީޑިއާތަކަކަކަށް ސަރުކާރު ކުންފުނިތަކަކުން އަސްލު ސްޕޮންސާ ދޭކަށް ނުޖެހޭނެ އެނގޭތޯ. އެއީ އެކަން ކުރަންޖެހޭ ގޮތެއް ނޫން. އެހެންނަމަވެސް ސަރުކާރުން މިވަނީ އަޅުގަނޑު ވައުދުވީ ވައުދެއް ފުއްދަން ފަށާފައި. މިހާރު ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދޭން ފަށާފައި. ދެން އެކަން ކޮންޓިނިއު ވާނެ ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް،" މުއިއްޒު ވިދާޅުވި އެވެ. 

ނަމަވެސް މުއިއްޒު ވިދާޅުވީ އެސްއޯއީތަކުން އެކި ކަންކަމާއި މަސައްކަތްތައް އިޝްތިހާރުކުރަން މީޑިއާތަކުގެ އެކި ޕެކޭޖުތައް ނަގައިގެން މަސައްކަތްތައް ކުރުމަކީ އެ ކުންފުންޏަށް ލިބިފައިވާ ހައެއްގެއް ކަމަށެވެ. 

އެސްއޯއީތަކަށް ލިބިފައިވާ ހައްގުގެ ދަށުން އިޝްތިހާރުތައް ކުރަން މީޑިއާތަކާ ހަވާލުކުރަންވާނީ ދެފުށް ފެންނަ ގޮތަށް އެއްބަސްވުމެއް ހަދައިގެން ކަމަށާއި އޭރަށް އެއްވެސް މައްސަލައެއް ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"ދެން ކުންފުނިތަކުން އަމިއްލައަށް އެމީހުން އިސްނަގައިގެން އެމީހުންގެ ޕްރޮޑަކްޓްސްތައް އިޝްތިހާރު ކުރަންވެގެން ނޫނީ އެމީހުން ކުރާ މަސައްކަތް އިސްތިހާރު ކުރުމަށްޓަކައި މީޑިއާތަކާ އެކީގައި އެކި ކަހަލަ އެގްރީމަންޓްސްތައް ހަދައިގެން މީޑިއާ ޕެކޭޖުތައް ނަގައިގެން ކުރިއަށްގެންދިޔުމަކީ އެ ކުންފުނީގެ އަމިއްލަ ރައިޓެއް،" މުއިއްޒު ވިދާޅުވި އެވެ. 

"އެކަން ހަމަ ޓްރާޏްސްޕޭރެންޓް ގޮތަކަށް، ޕްރޮފެޝަނަލް މިންގަނޑުތަކުން ކުރިއަށް ގެންދިޔާމަ އަޅުގަނޑު ހިތުން ހަމަ ރަނގަޅުވާނެ."

މީގެއިތުރުން މުއިއްޒު ވިދާޅުވީ މީޑިއާތަކަށް އެސްއޯއީތަކުން ސްޕޮންސާ ދިނުމުގެ ތެރެއަށް ރައީސް އޮފީހުން ވަންނަނަމަ، އެކަން އެމަނިކުފާނަށް އަންގައި ދެއްވުން އެދޭ ކަމަށެވެ. 

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިިކަން (މީޑިއާ ގްރާންޓް) ދޫކުރާ ޕްރޮގްރާމުގެ ދަށުން 40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.  މީޑިއާތަކަށް ދޭން ޖެހޭ ފައިސާ ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދިޔައީ މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިންނެވެ. 

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން ފެށި ފަހުންވެސް، އެސްއޯއީތަކުން މީޑިއާތަކަށް ފައިސާ ދޭތީ އެކަމާ ގުޅިގެން ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. އޭގެއިތުރުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭތީވެސް އެކަމާ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox