އަދަދު ނޫހާމެދު އެޅީ ބަދަލު ހިފުމުގެ ފިޔަވަޅެއް: އައިޕީއައި

Apr 30, 2026, 2:30 PM
ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަނުން

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަނުން

ދިވެހި ފުލުހުން  އަދަދު ނޫހުގެ އިދާރާއަށް ވަދެ، ނޫސްވެރިކަމުގެ މަސައްކަތްތަކަށް ބޭނުންކުރާ ސާމާނުތައް ގެންދިޔަ މައްސަލަ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އައިޕީއައިގެ އެކްސް އެކައުންޓުގައި ބުނެފައި ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، ނޫސްވެރިކަމުގެ މަސައްކަތްތަކާ ގުޅޭ މުހިއްމު ސާމާނުތައް ގެންދިޔުމާއި ބައެއް ނޫސްވެރިން ރާއްޖޭން ބޭރަށް ފުރުން މަނާކޮށް، ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާތީ ކަންބޮޑުވާ ކަމެއް ކަމަށެވެ. 

ފުރުން މަނާކޮށްފައި ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު އެވެ. މީގެ އިތުރުން އެ ނޫސްވެރިންގެ މައްޗަށް ވަނީ ޖިނާއީ ތަހުގީގެއް ފަށައި ފުލުހަށް އިއްޔެ ހާޒިރުކޮށްފަ އެވެ. 

އަދަދު ނޫހާމެދު މި ފިޔަވަޅުތައް އަޅަން ފެށީ "އައިޝާ"ގެ ނަމުގައި  އަދަދު ނޫހުން ގެނެސްދީފައިވާ  ޑޮކިއުމެންޓްރީއާ ގުޅިގެންނެވެ. 

އައިޕީއައި އިން ބުނެފައިވަނީ، މިއީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ފާޑުކިޔައި އަދަދު ނޫހުން ގެނެސްދީފައިވާ ރިޕޯޓުތަކާ ގުޅިގެން، އެ ނޫހުގެ އަޑު ކަނޑުވާލުމަށް ހިންގާފައިވާ ބަދަލުހިފުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. 

މިދިޔަ ހޯމަ ދުވަހުގެ ރޭ އަދަދު ނޫހަށް ވަދެ ނޫހުގެ މުދާތައް ގެންދިޔަ މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯޝިއޭޝަންގެ އިތުރު ނޫސްވެރިކަމުގެ ހައްގަށް މަސައްކަތްކުރާ ބޭރުގެ ގިނަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، ސަރުކާރުން ބުނެފައި ވަނީ އަދަދުގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ރައީސް އޮފީހުން ހުށަހަޅައިގެން ނޫން ކަމަށެވެ.

މިހެން ސަރުކާރުން ބުނި ނަމަވެސް، ޑޮކިއުމެންޓްރީ އެޅުވިތާ އެއް މަސް ދުވަސް ފަހުން އެ މައްސަލަ ފުލުހުން އަދަދު ނޫހަށް ވަދެ މައްސަލައިގެ ތަހުގީގު ފެށީ، ހޯމަ ދުވަހު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ މައްސަލަ ބެލުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވާފައިވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox