ހަސަން މުހައްމަދު
26 ލިޔުން
ފަހުގެ
ހަބަރުއޮކްޓޯބަރު 22 ގައި ފިޔާޒު އާއި ހަސަންގެ ޝަރީއަތް ފަށަނީ
"އައިޝާ ޑޮކިއުމަންޓްރީ" އާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގެ ޝަރީއަތް، ދިފާއީ ބައެއް ހެކިތައް ބަލައިނުގަނެ އޮކްޓޯބަރު 22 ގައި ފެށުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައަކީ ރައީސް މުއިއްޒުގެ ތުހުމަތުތަކެއް ހިމެނޭ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން، އެމަނިކުފާނު އެންގެވި އެންގެވުމަކަށް ފުލުހުން ތަހުގީގުކޮށް ދައުވާ އުފުލާފައިވާ މައްސަލައެކެވެ.
ހަބަރުފިޔާޒާއި ހަސަންއަށް ކުރާ ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފި
އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާ އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް ގޮވާލެއްވި. ފައްޔާޒް ވިދާޅުވީ މިއީ ނޫސްވެރިންނަށް ބިރުދެއްކުމަށް ކުރާ ކަމެއް ކަމަށާއި، ޖިނާއީ ނިޒާމަކީ ވެރިންގެ އަބުރު ދިފާއުކުރާ އައްޑަނައަކަށް ހެދުމަކީ ޖުޑީޝަރީއަށް އޮތް އިތުބާރު ގެއްލޭނެ ކަމެއް ކަމަށް.
