ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް ބިރުދައްކާތީ ޓްރާންސްޕޭރަންސީން ކަންބޮޑުވުން ފާޅުކޮށްފި

އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، އެ އިމާރާތުގެ ބޭރުގައި ފުލުހުން ފޯރިމަރަނީ -- ފޮޓޯ: އަދަދު

އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، އެ އިމާރާތުގެ ބޭރުގައި ފުލުހުން ފޯރިމަރަނީ -- ފޮޓޯ: އަދަދު

ދިވެހިރާއްޖޭގައި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ހިނގަމުންދާތީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މަދަނީ މުޖުތަމައުގެ މިނިވަންކަން ހަނިވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"މީޑިއާގެ މަދަނީ ގަވާއިދުތަކުގެ ދަށުން ހައްލުކުރަންޖެހޭ ކަންކަމުގައި ޖިނާއީ ގާނޫނުގެ މާއްދާތައް ބޭނުންކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ހުރަހެކެވެ. އަދި މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބިރުވެރި ނަތީޖާއެއް ނުކުމެދާނެ ކަމެކެވެ،" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުންޏެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ޖަވާބުދާރީކުރުވުމަށް ހެދިފައިވާ މަދަނީ އިޖުރާއަތްތައް ދޫކޮށްލައި ކަމާބެހޭ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތަކީ ކަންބޮޑުވާ ކަމެކެވެ."

އެ ޖަމިއްޔާއިން ވަނީ އަދަދު ނޫހަށް ފުލުހުން ވަނުމާއި އޭގެ ފަހުން އެ މުއައްސަސާއިން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.

އެގޮތުން، ހޯމަ ދުވަހުގެރޭ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމަށް ނަގާފައިވާ ކޯޓު އަމުރުގައި އެއްވެސް އެއްޗެއް ހިފެހެއްޓުމުގެ ބާރު އެ މުއައްސަސާއަށް ދީފައި ނުވި ނަމަވެސް، މި ނޫހުގެ ނޫސްވެރިންގެ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަދި، އަދަދު ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާ ގުޅޭ ތަންތަން ބަލައި ފާސްކުރުމުގައި އަމަލުކުރަންޖެހޭ ގޮތާ ހިލާފަށްކަމަށް މި ނޫހުގެ ގާނޫނީ ވަކީލުންނާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74.4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި ވަނީ ނޫސްވެރިކަމުގެ އިތުރުން ވެސް ގާނޫނީ އަދި ސިއްހީ ދާއިރާ ފަދަ ވަކި އިދާރާއަކުން ރެގިއުލޭޓުކުރާ ޕްރޮފެޝަންއަކަށް ނިސްބަތްވާ ބައެއްގެ ކޮމްޕިޓަރު ޑޭޓާ ބަލައި ފާސްކުރެވޭނީ، ރެގިއުލޭޓު ކުރާ ޕްރޮފެޝަނަލް އިދާރާއަކުން، އެ ޕްރޮފެޝަނެއް ތަމްސީލުކުރަން ކަނޑައަޅާ މީހެއްގެ ހާޒިރުގައި ކަމަށެވެ.

އެކަން އެގޮތަށް ކުރަންޖެހޭނެ ކަމަށް ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 155-2 ވަނަ މާއްދާގެ (ށ) ގައި ވެސް ބަޔާން ކޮށްފައިވެ އެވެ. އެ މާއްދާގެ (އ) ގައި ބަޔާން ކޮށްފައި ވަނީ އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް އިދާރާތައް ތަމްސީލުކުރާނެ ފަރާތްތައް އެ އިދާރާއަކުން ކަނޑައަޅައި، އެ މީހެއްގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފުލުހުންނަށް އަންގަންވާނެ ކަމަށެވެ.

ގާނޫނުގައި އާއި ގަވާއިދުގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް، އަދަދު ނޫސް ބަލައި ފާސްކުރިއިރު، މީޑިއާތައް ރެގިއުލޭޓު ކުރުމަށް މިދިޔަ އަހަރު އުފެއްދި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަންދޫބެއް ހާޒިރުވެ ނެތް ކަމަށް އަދަދުގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.

ޓްރާންސްޕޭރެންސީން ބުނީ އެއްވެސް މީހަކު ހާމަކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަދަދުގެ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ސަބަބުން އެ ނޫސްވެރިންގެ މަސްދަރުތައް ހާމަވުމުގެ ފުރުސަތު ބޮޑު ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުންޏެވެ،

އޭގެ އިތުރުން ޓްރާންސްޕޭރެންސީން ވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތައް ލައިވް ކުރުން ޗެނެލް 13 އަށް މަނާކޮށްފައި ވާތީ އެކަމާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox