ހަނު ހުރީ ރައްޔިތުންގެ ހައްގުގައި، އުމުރު ދުވަހު ޖަލުގައި ބޭއްވިޔަސް މަސްދަރު ހާމަނުކުރާނަން: ފިޔާޒު

ފިޔާޒު ފުލުސް އޮފީހަށް ހާޒިރުކުރުން

ފިޔާޒު ފުލުސް އޮފީހަށް ހާޒިރުކުރުން

އަދަދު ނޫހުން ތައްޔާރުކޮށް މިދިޔަ މަހު ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ފުލުހުން ކުރާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ސާފު ކުރުމަށް ކަމަށް ބުނެ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން ހަނު ހުރީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އުމުރު ދުވަހު ޖަލުގައި ބޭއްވިޔަސް މަސްދަރު ހާމަނުކުރާނެ ކަމަށް އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ.

ހެންވޭރުގައި ހުންނަ އާދަމް ހަލީމް ބިލްޑިންއަށް މިއަދު ހާޒިރުވުމަށްފަހު، އެ ތަނުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވީ އޭނާ ޖަލަށްލިޔަސް އަދި، އަދަދު ނޫހުގެ ހުރިހާ ނޫސްވެރިން ޖަލަށްލިޔަސް މަސްދަރު ހާމަނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހަނު ހުރުމުގެ ހައްގު މި ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެންނަށް ދޭ މައުލޫމާތަކީ ރައްކާތެރިކަމާއެކު އަޅުގަނޑުމެން ބަލަހައްޓާނެ މައުލޫމާތެއްކަން [ހާމަކޮށްދިނުމަށް]،" ފިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މަސްދަރަކީ، އަޅުގަނޑުމެން އުމުރުދުވަހު ޖަލުގައި އޮންނާން ޖެހުނަސް އަޅުގަނޑުމެން ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން."

ފިޔާޒު ވިދާޅުވީ އަދަދު ނޫހަށް މައުލޫމާތު ދޭ މީހުން އެއްވެސް ޖެހިލުމެއް ނެތި އެކަން ކުރުމަށް އެދޭ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް އަދަދު ނޫހަށް މައުލޫމާތު ދޭ އެއްވެސް މަސްދަރެއް ހާމަނުކުރައްވާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުސް އޮފީހަށް ފިޔާޒު މިއަދު ހާޒިރުކުރީ އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ގަޒުފުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ސަރުކާރުން އަންގައިގެން ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ސާފު ކުރުމަށެވެ.

ފިޔާޒުގެ މައްޗަށް ފުލުހުން ވަނީ ޖިނާއީ ފަސް ކުށެއްގެ ދައުވާ އުފުލައިފަ އެވެ.

ފިޔާޒުގެ މައްޗަށް ކުރާ ޖިނާއީ ތުހުމަތުތައް

  • މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
  • މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
  • ގަޛްފުގެ ކުށް - ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
  • ކުށެއް ކުރުމަށް އެދުން - ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
  • ކުށެއް ކުރުމަށް ރޭވުން - ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ

ފިޔާޒުގެ އިތުރުން އެ މައްސަލައިގައި އަދަދު ނޫހުގެ މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދު ވެސް މިއަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭނާގެ މައްޗަށް ވެސް ފުލުހުން ކުރަނީ ޖިނާއީ މި ތުހުމަތުތަކެވެ. ހަސަން ވެސް ވަނީ ފުލުހަށް ހާޒިރުވެ، ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފަ އެވެ. 

"އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފެށީ ހޯމަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭގޮތުން މުއިއްޒުއާ ސުވާލުކުރުމުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރައްވަމުން، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވި އެވެ.

އެއަށް ފަހު، ފުލުހުން ވަނީ އެ ރޭ އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ، ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު  ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން، "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކަމަށް ބުނެ އިތުރު މީހެއްގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހިފަހައްޓައިފަ އެވެ. އެއީ ކުރިން ރައީސް އޮފީހުގައި މަސައްކަތްކުރި މުވައްޒަފެއްކަން އެނގިފައިވެ އެވެ. ނަމަވެސް، އޭނާއާ "އައިޝާ" ޑޮކިއުމެންޓްރީއާ ހުރީ ކޮން ގުޅުމެއްކަމެއް ފުލުހުން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox