ނޫސްވެރިކަން ތަމްސީލުކުރަން ކޮމިޝަނުން މީހަކު ކަނޑައަޅާފައިވޭތޯ ސާފުކޮށްދޭން އެމްޖޭއޭއިން އެދެފި

އެމްޖޭއޭގެ ރައީސް، އަހުމަދު ނާއިފް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަޑު އުފުލަނީ -- ފޮޓޯ: އަނޫފް ޖުނެއިދު

އެމްޖޭއޭގެ ރައީސް، އަހުމަދު ނާއިފް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަޑު އުފުލަނީ -- ފޮޓޯ: އަނޫފް ޖުނެއިދު

ގާނޫނަކުން ރެގިއުލޭޓުކުރާ ޕްރޮފެޝަނެއްގެ ހަރަކާތްތައް އެކުލެވިގެންވާ މައުލޫމާތު ހިމެނޭ ކޮމްޕިއުޓަރު ޑޭޓާ ފުލުހުން ބަލައި ފާސްކުރާއިރު، ހާޒިރުވެ ހުންނަ މީހާގެ ގޮތުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ކަނޑައަޅަން ގާނޫނުން ލާޒިމުކޮށްފައިވާ މީހާގެ މައުލޫމާތު ހިއްސާކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެ އެވެ.

އެމްޖޭއޭއިން މިއަދު ކޮންޓްރޯލް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނީ ގާނޫނެއްގެ ދަށުން ރެގިއުލޭޓުކުރާ ޕްރޮފެޝަނެއްގައި މަސައްކަތް ކުރާ ބައެއްގެ ކޮމްޕިޓަރު ޑޭޓާ ފުލުހުންނަށް ބެލޭނީ އެ ޕްރޮފެޝަނެއް ރެގިއުލޭޓު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާއަކުން އެ ޕްރޮފެޝަނެއް ތަމްސީލުކުރަން ކަނޑައަޅާ މީހެއްގެ ހާޒިރުގައި ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އެމްޖޭއޭއިން އެދިފައި ވަނީ ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް ނޫސްވެރިކަން ތަމްސީލު ކުރުމަށް ކޮންޓްރޯލް ކޮމިޝަނުން ކަނޑައަޅާފައިވާ މީހާގެ މައުލޫމާތާއި އެ މީހާގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރި ތާރީހު އެ ޖަމިއްޔާއާ ހިއްސާކޮށްދިނުމަށެވެ.

އެމްޖޭއޭގެ ސިޓީގައި ހަވާލާދީފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74.4 ވަނަ މާއްދާގެ (ބ) އަދި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 155-2 ވަނަ މާއްދާގެ (ށ) އަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74.4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި ވަނީ ނޫސްވެރިކަމުގެ އިތުރުން ވެސް ގާނޫނީ އަދި ސިއްހީ ދާއިރާ ފަދަ ވަކި އިދާރާއަކުން ރެގިއުލޭޓުކުރާ ޕްރޮފެޝަންއަކަށް ނިސްބަތްވާ ބައެއްގެ ކޮމްޕިޓަރު ޑޭޓާ ބަލައި ފާސްކުރެވޭނީ، ރެގިއުލޭޓު ކުރާ ޕްރޮފެޝަނަލް އިދާރާއަކުން، އެ ޕްރޮފެޝަނެއް ތަމްސީލުކުރަން ކަނޑައަޅާ މީހެއްގެ ހާޒިރުގައި ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 4-74 ގެ (ބ)
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 4-74 ގެ (ބ)

އެކަން އެގޮތަށް ކުރަންޖެހޭނެ ކަމަށް ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 155-2 ވަނަ މާއްދާގެ (ށ) ގައި ވެސް ބަޔާން ކޮށްފައިވެ އެވެ. އެ މާއްދާގެ (އ) ގައި ބަޔާން ކޮށްފައި ވަނީ އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް އިދާރާތައް ތަމްސީލުކުރާނެ ފަރާތްތައް އެ އިދާރާއަކުން ކަނޑައަޅައި، އެ މީހެއްގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފުލުހުންނަށް އަންގަންވާނެ ކަމަށެވެ.

އެމްޖޭއޭއިން އެދިފައި ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު، 2:00 ގެ ކުރިން އެ މައުލޫމާތު ހިއްސާކޮށްދިނުމަށެވެ.

ނޫސްވެރިކަން ތަމްސީލުކުރަން ކޮންޓްރޯލް ކޮމިޝަނުން ކަނޑައަޅާފައިވާ މީހާގެ މައުލޫމާތު ހޯދުމަށް އެދި އެމްޖޭއޭއިން އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައި މި ވަނީ  މިދިޔަ ހޯމަ ދުވަހުގެރޭ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ، މި ނޫހުގެ ނޫސްވެރިން މަސައްކަތް ކުރުމަށް ބޭނުންކުރާ ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރުތައް ހިމެނޭހެން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުން ހިފަހައްޓާފައިވާ ދަނޑިވަޅެއްގަ އެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކުރީ، މާޗް 28، ގައި މި ނޫހުގެ ސޯޝަލްމީޑިއާގެ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ މުއްސަސާއިން ހިންގާ ތަހުގީގަކަށް ހެކި ނެގުމަށް ކަމަށް ބުނެ އެވެ.

އެ ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައި އަދަދުގެ އޮފީސް ރެއިޑުކޮށް އިސްވެރިންގެ ޕާސްޕޯޓު ހިފަހައްޓައި ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

އަދަދު އިން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން، މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށީ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީގައި ރައީސްއަށް ކުރި ތުހުމަތުތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒުއާ އަދަދުގެ ނޫސްވެރިއަކު ސުވާލުކުރި ހިސާބުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރަމުން، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވި އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox