އަދަދުގެ ތަކެތި ދޫކޮށްލައި ނޫސްވެރިންނަށް އެޅި ފިޔަވަޅުތައް އިއާދަކުރަން ސީޕީޖޭއިން ސަރުކާރަށް ގޮވާލައިފި

އަދަދުގެ އޮފީހަށް ފުލުހުން ވަންނަނީ. ފުލުހުން ތަހުގީގު ކުރަމުން ދަނީ އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ގަޒުފުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް -- ފޮޓޯ: އާދަމް ޒަރީރު / އަދަދު

އަދަދުގެ އޮފީހަށް ފުލުހުން ވަންނަނީ. ފުލުހުން ތަހުގީގު ކުރަމުން ދަނީ އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ގަޒުފުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް -- ފޮޓޯ: އާދަމް ޒަރީރު / އަދަދު

ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު ޒިންމާދާކުރާ ނޫސްވެރިންނަށް ޖިނާއީ ކުށްތަކުގެ ތުހުމަތުކޮށްގެން ބިރުދައްކައި އެ މީހުންގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ދިވެހި ސަރުކާރަށް ގޮވާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަދަދު ނޫހުގެ ބައެއް އިލެކްޓްރޯނިކް ސާމާނު ވަގުތުން ދޫކޮށްލުމަށެވެ. އަދި މި ނޫހުގެ މުވައްޒަފުންގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ދިޔުން މަނާ ކުރުމަށް ނެރެފައިވާ އަމުރުތައް ވަގުތުން އުވާލުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

"މިނިވަން ނޫހެއް ކަމަށްވާ އަދަދު ނޫހުން ހިފެހެއްޓި ތަކެތި ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި އެ ނޫހުގެ މުވައްޒަފުންގެ މައްޗަށް ނެރެފައިވާ ދަތުރުފަތުރު ކުރުން މަނާކުރާ އަމުރުތައް އުވައިލުމަށާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ހަބަރު ފެތުރުން ހުއްޓުވުމަށްޓަކައި ކުރަމުންދާ ޖިނާއީ ތުހުމަތުތައް ހުއްޓާލުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ގޮވާލަން،" ސީޕީޖޭގެ ބަޔާނުގައި ބުންޏެވެ.

Advertisement

އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފެށީ ހޯމަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭގޮތުން މުއިއްޒުއާ ސުވާލުކުރުމުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރައްވަމުން، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވި އެވެ.

އެއަށް ފަހު، ފުލުހުން ވަނީ އެ ރޭ އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ، ގިނަ އަދަދެއްގެ އިލެކްޓްރޯނިކްސް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު  ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން، "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކަމަށް ބުނެ އިތުރު މީހެއްގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހިފަހައްޓައިފަ އެވެ. އެއީ ކުރިން ރައީސް އޮފީހުގައި މަސައްކަތްކުރި މުވައްޒަފެއްކަން އެނގިފައިވެ އެވެ. ނަމަވެސް، އޭނާއާ "އައިޝާ" ޑޮކިއުމެންޓްރީއާ ހުރީ ކޮން ގުޅުމެއްކަމެއް ފުލުހުން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.

އެކަމާ ގުޅޭގޮތުން ސީޕީޖޭގެ އޭޝިއާ ޕެސިފިކް ޕްރޮގްރާމްގެ ކޯޑިނޭޓަރު، ކުނާލް މަޖުމްދަރު ވިދާޅުވީ ދީނީ ނިވާފަތްގަނޑު ބޭނުންކޮށްގެން މީޑިއާގެ ގަވާއިދުތަކުގެ ބޭރުން އަމަލުކުރުމަކީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއްކަމަށެވެ.

"އަދަދު ނޫހަށް ވަދެގަތުމާއި ދަތުރުފަތުރުކުރުން [އެ ނޫހުގެ މުވައްޒަފުންނަށް] މަނާކުރުމަކީ ދީނީ އަދި ގައުމީ މަސްލަހަތުގެ ނަމުގައި ތަހުގީގީ ނޫސްވެރިކަން އެއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތެއް،" ކުނާލް ވިދާޅުވި އެވެ.

"ސަރުކާރުގެ އިދާރާތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ނޫސްވެރިންނަށް ދޭންޖެހޭނެ."

ސީޕީޖޭއަކީ ނޫސްވެރިންގެ ބަލަދުވެރިއެއްގެ ދައުރު އަދާކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ބޭއިންސާފާއި ނުރައްކާތައް ދިރާސާކޮށް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox