އާސެނަލް އަށް ޕްރެޝަރެއް އޮތިއްޔާ އޭގެ ފައިދާނަގަން އާޓެޓާ ބޭނުން

Apr 19, 2026, 11:10 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: ސިޓީއާ ދެކޮޅަށް ނުކުންނާނީ މޮޅަކަށް ކަމަށް ވަނީ ބުނެފައި

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: ސިޓީއާ ދެކޮޅަށް ނުކުންނާނީ މޮޅަކަށް ކަމަށް ވަނީ ބުނެފައި

މެންޗެސްޓާ (އޭޕްރީލް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، އާސެނަލަށް ޕްރެޝަރެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކުގެ ފައިދާނަގަައި، އޭގެއިން ހިތްވަރު ހޯދުން މުހިންމު ކަމަށް އާސެނަލްގެ މިކޭލް އާޓެޓާ ބުނެފި އެވެ. 

ސިޓީން ވަނީ މިދިޔަ ހަފްތާގައި ޗެލްސީ ދަނޑުގައި ހޯދި  މޮޅާ އެކު، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. ލީގުގެ އެއް ވަަނައިގައި އާސެނަލް އޮތީ 32 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިރޭ އާސެނަލް ބަލިކޮށްގެން ދެ ޓީމުން މެޗު ހަމަކުރާއިރު ލީގު ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ. އެކަމަކު، އާސެނަލް އަތުން ސިޓީ ބަލިވެއްޖެނަމަ، ދެ ޓީމުގެ މެޗު ހަމަވާއިރު، އާސެނަލަށް ލީޑެއް އޮންނާނެ އެވެ. 

އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަށް އާސެނަލުން ނުކުންނައިރު، އެ ޓީމުން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕޯޓިން ލިޒްބަން ދަނޑުގައި ކުޅުނު މެޗުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި އާސެނަލުން އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ސްޕޯޓިންއާ ވީ އެއްވަރެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، މިރޭގެ މެޗަށް ނުކުންނައިރު އާސެނަލަށް ޕްރެޝަރު އޮތް ކަމަށް ދެކެވޭ ވާހަކަތައް ގިނަ އެވެ. 

Advertisement

"މިއީ، ހަމަ ސީދާ އަހަރެމެން ތިބެން ބޭނުންވާ ހިސާބު. އަހަރެމެން އަތުގައި ކޮންޓްރޯލް އޮވެގެން ކުރިއަށްދިއުން. އަހަންނަށް ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް އެބަފެނޭ،" އާޓެޓާ ބުންޏެވެ. "(ޕްރެޝަރުތަކެއް އޮވެގެން) އަހަރެމެން ހުއްޓުވޭނެ ފަދަ ގޮންޖެހުމެއް އޮތް ކަމަށް ނުދެކެން. އަހަރެމެން މިހާރު މި އޮތް ހާލަތުގައި އަހަރެމެން އެދެނީ އިދިކޮޅަށް ނުކުންނަނީ އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން ޖެހޭ ވަރުގެ ޓީމަކަށް ވުމަށް. އެހެންވީމަ، މިހާލަތުގައި އެކަން މި އޮތީ އެންމެ ރަނގަޅަށް," އާޓެޓާ ބުންޏެވެ. 

ފަހު ވަގުތު އާސެނަލްގެ ކުޅުންތެރިންނަށް ދޭނީ ކޮން މެސެޖެއްތޯ މީޑިއާ އިން ސުވާލުކުރުމުން އާޓެޓާ ބުނީ، އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި މެޗުން މޮޅުވާން ކުރަން ޖެހޭ މަސައްކަަތް ކުރުމަށް ސަމާލުކަން ބެހެއްޓުމަށް ކުޅުންތެރިން ގާތުގައި ބުނާނެ ކަމަށެވެ. 

"އަހަންނަށް ގަބޫލުކުރެވޭ މި ބޭނުންވާ ކަންތައް އަހަރެމެންނަށް ކުރެވޭނެ ކަމަށް،" އާޓެޓާ ބުންޏެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލާ ދެކޮޅަށް ސިޓީން ކުޅޭ މެޗަކީ "ފައިނަލެއް" ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"ޔަގީންކަަމެއް، އަހަރެމެން ބަލިވެއްޖިއްޔާ މި ކަން މި ނިމުނީ. އަހަރެމެން ބޭނުންވަނީ ކޮންފިޑެންސް، އެކަން ރަނގަޅަށް އޮތް ކަމަށް އަހަރެން ދެކެނީ، ސުަޕަމާކެޓަކުން ގަންނަ އެއްޗެއް ގޮތަށް ކޮންފިޑެންސް އޮވެއްޖެނަމަ، ކޮންމެ މީހަކު ވެސް އެކަން ކުރާނެ. އަހަރެމެންނަށް އޮތީ އަމިއްލަ އަށް އެކަން އޮތްކަން ސާބިތުކޮށްދިނުން،" ގާޑިއޯލާ ބުންޏެވެ. 

އާސެނަލާ ދެކޮޅަށް ސިޓީން އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު 10 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހަތް މެޗުން ސިޓީ މޮޅުވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. އެންމެ ފަހުން، ސިޓީ ދަނޑުގައި އާސެނަލް މޮޅުވީ 2015 ވަނަ އަހަރު ސިޓީ ކޯޗަކަށް މެނުއަލް ޕެލެގްރީނީ ހުއްޓަ އެވެ. އެ މެޗުން އާސެނަލް މޮޅުވީ 2-0 އިންނެވެ. އަނެއްކޮޅުން، އާސެނަލުން ސިޓީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވެފައިނުވާއިރު، އޭގެ ކުރިން ކުޅުނު 12 މެޗުން ވެސް އާސެނަލް އަތުން ސިޓީ މޮޅުވި އެވެ. 

އާސެނަލާއި ސިޓީ ކުޅޭ މެޗު އޮތީ މިރޭ 20:30 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox