އާސެނަލް ބަލިކޮށްލައި މެންޗެސްޓާ ސިޓީން ލީގުގެ ކޮންޓްރޯލް ނެގުމާ ދިމާލަށް

Apr 19, 2026, 10:51 PM
ސިޓީގެ އާލިން ހާލަންޑް، އާސެނަލްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

ސިޓީގެ އާލިން ހާލަންޑް، އާސެނަލްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

މެންޗެސްޓާ (އޭޕްރީލް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް 2-1 އިން ބަލިކޮށް އެންމެ ފަހުގެ މެންޗެސްޓާ ސިޓީން މި ފަހަރުގެ ލީގު ކާމިޔާބު ކުރުމުގެ އުންމީދު ބޮޑުކޮށްފި އެވެ. 

މި މެޗުން އާސެނަލް މޮޅުވިނަމަ، ސިޓީއާ ދެމެދު ލީޑެއް ނަގައި، 22 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދަން އެ ޓީމަށް ބޮޑު ފުރުސަތެއް ފަހިކުރެވޭނެ އެވެ. އެކަމަކު، ސިޓީ އަތުން ބަލިވެ، އާސެނަލަށް 200 ދުވަސް ތެރޭ ފުރަތަމަ ފަހަރަށް މި ހަފްތާގައި ލީގު އެއް ވަނަ ގެއްލުމުގެ ފުރުސަތު އޮތީ ބޮޑުވެފަ އެވެ. އާސެނަލް މި ވަގުތު އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، 33 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ސިޓީ އަށް 32 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ބުދަ ދުވަހުގެރޭ ބާންލީ އަތުން މޮޅުވެގެން ސިޓީ އަށް ލީގު އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. 

އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސިޓީން ވަނީ 16 ވަނަ މިނިޓްގައި ލީޑުަނަގައިފަ އެވެ. މިއީ، ސިޓީގެ ފްރާންސް ތަރި، ރަޔާން ޗާކީ، އާސެނަލްގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއިން ގޯލުގެ ތިރި ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. މި ލަނޑު ޖެހުމުގެ ކުރިން، ސިޓީން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިި އެވެ. 

Advertisement

ސިޓީ އަށް ލީޑުގައި އޮވެވުނީ މަދުވަގުތުުކޮޅެއްގަ އެވެ. ޗާކީ ލަނޑު ޖެހިތާ 104 ސިކުންތު ފަހުން، އާސެނަލުން ވަނީ އެއްވަރުކޮށްފަ އެވެ. މިއީ ސިޓީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ހެދި ގޯހެއްގެ ފައިދާނަގައި، ކައި ހަވާޓްޒް ޖެހި ގޯލެކެވެ. ސިޓީގެ ފަހަތަށް އައި ބޯޅައެއް ފޮނުވާލުން ލަސްކޮށްލައި، ޑޮނަރުންމާ ޖެހި ބޯޅަ ގޯލަށް ވަނީ ހަވާޓްޒް ފައިގައި ޖެހިފަ އެވެ. 

ދެ ވަނަ ހާފުގައި އާސެނަލުން ލަނޑެއް ޖަހަން ކުރި މަސައްކަތުގައި އެބެރެޗީ އެޒޭ އާއި ގަބްރިއެލް މަގާޅައެސް ފޮނުވާލި ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. އަދި، ހަވާޓްޒް ޖެހި ބޯޅައެއް ކީޕަރު ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. މެޗުން ސިޓީ މޮޅުވި ގޯލު ޖެހީ މެޗުގެ 65 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ހަވާޓްޒް ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. 

އިތުރު ވަގުުތުގެ ތެރޭގައި، އާސެނަލުން އެއްވަރުކުރަން ހަވާޓްޒް އަށް ލިބުނު ފުރުސަތެއްގައި ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 100 ވަނަ މިނިޓްގައި ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލުން ލިވަޕޫލުން ވަނީ 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. މިއީ، އެވަޓަންގެ އާ ސްޓޭޑިއަމްގައި، ހިލް ޑިކިންސަން ސްޓޭޑިއަމްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑުނަގައިދިންއިރު، ދެ ވަނަ ހާފުގައި އެވަޓަން އިން އެއްވަރުކުރީ ބޭޓޯ އެވެ. 

ސަންޑަލެންޑް ކައިރިން އެސްޓަން ވިލާ މޮޅުވީ 4-3 އިންނެވެ. މި މެޗުގައި އެސްޓަން ވިލާ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ސަންޑަލެންޑުން އެއްވަރުކުރި ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި، އެސްޓަން ވިލާ މޮޅުކޮށްދިނީ ޓެމީ އަބްރަހަމް އެވެ. ބާންލީ އަތުން ފަހަތުން އަރައި 4-1 އިން ނޮޓިންހަމް ފޮރެސްޓް މޮޅުވިއިރު، އެ ޓީމުގެ ތަރި، މޯގަން ގިބްސް ވައިޓް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. 

އެސްޓަން ވިލާ، ލީގުގެ ހަތަރެއްގައި އޮތީ ތިން ވަނައިގައި އޮތް މެންެޗެސްޓާ ޔުނައިޓެޑާ އެއްވަރަށް 33 މެޗުން 58 ޕޮއިންޓާ އެކު އެވެ. ލިވަޕޫލުން ފަސް ވަނައިގައި އޮތީ 33 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox