އެތުލެޓިކޯ ބަލިކޮށް ސޮސިއެޑާޑުން ހަތަރު ވަނަ ފަހަރަށް ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

Apr 19, 2026, 7:43 AM
ސޮސިއެޑާޑުން ކޮޕަ ޑެލް ރޭ ކާމިޔާބުކޮށް އުފާފާޅުކުރަނީ: މިއީ މި ތަށި ހޯދި ހަތަރު ވަނަ ފަހަރު

ސޮސިއެޑާޑުން ކޮޕަ ޑެލް ރޭ ކާމިޔާބުކޮށް އުފާފާޅުކުރަނީ: މިއީ މި ތަށި ހޯދި ހަތަރު ވަނަ ފަހަރު

މެޑްރިޑް (އޭޕްރީލް 19) - ޕެނަލްޓީ ޖަހައިގެން 4-3 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް ސޮސިއެޑާޑުން ހަތަރު ވަނަ ފަހަރަށް ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި އެތުލެޓިކޯގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުވިއިރު، ސޮސިއެޑާޑުން ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވައްދާލި އެވެ. އަދި، 2020 ވަނަ އަހަރުގެ ފަހުން ފުރަތަމަ ތަށި ވަނީ ހޯދައިފަ އެވެ. 

ސެވިލްގެ އެސްޓަޑިއޯ ލަ ކަަރްޓޫހާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 14 ވަނަ ސިކުންތުގައި ސޮސިއެޑާޑުން ގޯލު ޖެހި އެވެ. މިއީ، ގޮންޒާލޯ ގުއޭޑޭޝް ނެގި ހުރަހަކުން، އަންޑަ ބަރަނަޓެކްސިއާ ބޮލުން ޖެހި ގޯލެކެވެ. މެޗުގެ 18 ވަނަ މިނިޓްގައި އަންޓުއާން ގްރީޒްމަން ދިން ބޯޅައަކުން އަޑެމޯލާ ލުކްމަން ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. 

އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިކޭލް އޮޔާޒަބާލް ވަނީ ޕެނަލްްޓީ އަކުން ލަނޑު ޖަހައި، ސޮސިއެޑާޑަށް އަލުން ލީޑުނަގައިދީފަ އެވެ. މިއީ އެތުލެޓިކޯގެ ކީޕަރު، ޖުއާން މޫސޯ، އޭރިއާތެރެއިން ގުއޭޑޭޝް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. 

އެތުލެޓިކޯ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. އޭރިއާގެ ރޮނގުކައިރިން ހޫލިއަން އަލްވަރޭޒަށް ލިބުނު ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މެޗުގެ ބާކީ ބަޔާއި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް އެތުލެޓިކޯ އާއި ސޮސިއެޑާޑަށް ލަނޑެއް ޖެހޭގޮތެއްނުވެ، ޕެނަލްޓީން ނަތީޖާ ނެރެން ޖެހުނީ އެވެ. 

ސޮސިއެޑާޑުން އޮރީ އޮސްކާސަން ފިޔަވައި އަނެއް ހަތަރު ޕެނަލްޓީ ވައްދާލި އެވެ. އެއީ، ގުއޭޑޭޝްގެ އިތުރުން، ލޫކާ ސުޗިޗް، އައިހެން މުނޯޒް އަދި ޕަބްލޯ މަރިން ޖެހި ޕެނަލްޓީ ތަކެވެ. އެތުލެޓިކޯ އިން ފުރަތަމަ ދެ ޕެނަލްޓީ އަލްވަރޭޒް އާއި އަލެކްސަންޑަ ސޯލޯތު އަތުން ވީ ނާކާމިޔާބެވެ. އޭގެ ފަހުން ޖެހި ތިން ޕެނަލްޓީ، ނިކޯ ގޮންޒާލޭޒް، ތިއާގޯ އަލްމާޑާ އަދި އަލެކްސް ބައޭނާ ކާމިޔާބުކުރި ނަމަވެސް އެ ޓީމު ބަލިވީ އެެވެ. 

ސޮސިއެޑާޑުން މި ތަށި ހޯދީ 1909، 1987، 2020 އަދި 2026 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox