އާސެނަލާ ދެކޮޅަށް މި ނިކުންނަނީ "ފައިނަލަކަށް": ގާޑިއޯލާ

Apr 18, 2026, 10:37 AM
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓާ (އޭޕްރީލް 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ އާސެނަލާ ދެކޮޅަށް މެންޗެސްޓާ ސިޓީން ކުޅޭ މެޗަކީ "ފައިނަލެއް" ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. 

ސިޓީން ވަނީ މިދިޔަ ހަފްތާގައި ޗެލްސީ ދަނޑުގައި ހޯދި  މޮޅާ އެކު، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ހަ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. ލީގުގެ އެއް ވަަނައިގައި އާސެނަލް އޮތީ 32 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މާދަމާރޭ އާސެނަލް ބަލިކޮށްގެން ދެ ޓީމުން މެޗު ހަމަކުރާއިރު ލީގު ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ. އެކަމަކު، އާސެނަލް އަތުން ސިޓީ ބަލިވެއްޖެނަމަ، ދެ ޓީމުގެ މެޗު ހަމަވާއިރު، އާސެނަލަށް ލީޑެއް އޮންނާނެ އެވެ. 

މާދަމާރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ، އެ މެޗުން ސިޓީ އަށް މޮޅުނެވިއްޖެނަަމަ، އެ ހިސާބުން ލީގުގެ ރޭސް ނިމުނީ ކަމަށެވެ. 

Advertisement

"ޔަގީންކަަމެއް، އަހަރެމެން ބަލިވެއްޖިއްޔާ މި ކަން މި ނިމުނީ. އަހަރެމެން ބޭނުންވަނީ ކޮންފިޑެންސް، އެކަން ރަނގަޅަށް އޮތް ކަމަށް އަހަރެން ދެކެނީ، ސުަޕަމާކެޓަކުން ގަންނަ އެއްޗެއް ގޮތަށް ކޮންފިޑެންސް އޮވެއްޖެނަމަ، ކޮންމެ މީހަކު ވެސް އެކަން ކުރާނެ. އަހަރެމެންނަށް އޮތީ އަމިއްލަ އަށް އެކަން އޮތްކަން ސާބިތުކޮށްދިނުން،" ގާޑިއޯލާ ބުންޏެވެ. 

ފާއިތުވި އަހަރުތަކުގައި ސިޓީން ގިނަ ފަހަރުތަކެއްގެ މަތިން ލީގު ޗެމްޕިއަންަކަން ހޯދާފައިވާތީވެ، އެ ޓީމަށް މީގެ އެޑްވާންޓޭޖް އޮތް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް، ގާޑިއޯލާ ވަނީ މީގެ އެހެން ނަޒަރަކުން ވިސްނާއިރު އާސެނަލަށް ވެސް ބޮޑު ހިތްވަރެއް ލިބޭނެ ކަމެއް އެބައޮތް ކަމަށެވެ. 

"ބާވީސް އަހަރު ލީގު ތަށްޓެއް ނުހޯދައި އާސެނަލުން އެ އޮތީ، އެ މީހުންނަށް އެނގޭ މި މެޗުން މޮޅުވިއްޔާ އެކަން ބަދަލުކުރެވޭނެކަން، އެހެންވީމަ، އެ މީހުން ހުރިހާ ގޮތަކުން ވެސް މި މެޗަށް ދޭ އަހައްމިއްޔަތުކަން ބޮޑުވާނެ. އެހެންވީމަ މެންޓަލް އެސްޕެކްޓަކަށް ބަލަންޏާމުން އެއީ ވެސް ކަމެއް. އަހަރެމެން އަބަދުވެސް އިދިކޮޅު ޓީމަށް އިހުތިރާމްކުރަން، އަހަރެމެން މެޗަށް ތައްޔާރުވާނީ ޓެކްޓިކަލީ ވެސް މެންޓަލީ ވެސް ވިސްނައިގެން،" އާޓެޓާ ބުންޏެވެ. 

މިދިޔަ މަހު ސިޓީން ވަނި ލީގު ކަޕްގެ ފައިނަލުގައި 2-0 އިން އާސެނަލް ބަލިކޮށްފަ އެެވެ. ޕްރިމިއާ ލީގުގައި މާދަމާރޭ އަމިއްލަ ދަނޑުގައި އާސެނަލާ ކުޅޭއިރު، އެޑްވާންޓޭޖެއް އޮތް ކަމަށް ފެނޭތޯ ކުރި ސުވާލަށް ގާޑިއޯލާ ބުނީ، މެޗުގެ ކުރިން ކުރެވޭނީ ހުރިހާ ކަމަކަށް ވެސް އުންމީދު ކަމަށާއި ކޮންމެ ކަމެއްގެ ތަފާތު ވެސް ފެންނަން ޖެހޭނީ މެޗު ކުޅޭ ވަގުުތު ކަމަށެވެ. 

"އަހަންނަށް މިކޭލް (އާޓެޓާ) ކޮންމެ ވެސް ވަރަކަށް އެނގޭ. އޭނަ ތައްޔާރުވާނެ ކޮންމެ ހާލަތަކަށް ވެސް،" ގާޑިއޯލާ ބުންޏެވެ. 

މިދިޔަ ތިން އަހަރު ލީގުގެ ދެ ވަނައިގައި ނިންމި އާސެނަލާއި ފާއިތުވި ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރު ލީގު ޗެމްޕިއަންކަން ހޯދި ސިޓީން ކުޅޭ މެޗު ފަށާނީ މާދަމާރޭ 20:30 ގަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox