ހާޓްއެޓޭކެއް ޖެހިގެން ރުމޭނިއާގެ ކުރީގެ ކޯޗު ލުކެސްކޫ މަރުވެއްޖެ

Apr 8, 2026, 1:08 AM
ރުމޭނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު، މިރްސެއާ ލުކެސްކޫ

ރުމޭނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު، މިރްސެއާ ލުކެސްކޫ

ބުކަރެސްޓް، ރުމޭނިއާ (އޭޕްރީލް 8) - ރުމޭނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު، މިރްސެއާ ލުކެސްކޫ، ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ. 

މަރުވިއިރު، އުމުރުން 80 އަހަރުގެ ލުކެސްކޫ، ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހަފްތާގެ ތެރޭފައި ޓީމުގެ ޓްރެއިނިންގައި ހުއްޓައި މެއަށް ތަދުވާތީވެ އެވެ. ސިއްހީ ހާލަތު ގޯސްވުމުން، ރުމޭނިއާ ކޯޗުކަމުން ވަކިވި، ލުކެސްކޫ، ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށް، އިތުރު ހާޓް އެޓޭކްތަކެއް ޖެހިގެން ހާލަތު ގޯސްވެ، މަރުވީ އެވެ. 

ރުމޭނިއާ ފުޓްބޯޅަ ތާރީހުގައި ހާއްސަ ފަރާތެއް ކަަމަށްވާ ލުކެސްކޫގެ ކޯޗުކަމުގައި، އެ ޓީމުން މި އަހަރުގެ ޖޫން މަހު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް، ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފް ބުރުގައި ކުޅުނެވެ. އެ ގޮތުން، ރުމޭނިއާ ވަނީ ކޮލިފައިން ޕްލޭއޮފްގެ ފުރަތަމަ މެޗުގައި، ތުރުކީ އަަތުން 1-0 އިން ބަލިވެފަ އެެވެ. ލުކެސްކޫގެ ސިއްހީ ހާލަތު ގޯސްވި އެ މެޗު ނިމުނުތާ ތިން ދުވަސް ފަހުންނެެވެ. 

Advertisement

ކުޅުންތެރިއެއްގެ ގޮތުގައި، ރުމޭނިއާ ގައުމީ ޓީމަށް 64 މެޗު ކުޅެދިން ލުކެސްކޫ ވަނީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ލުކެސްކޫ، އެންމެ ފުރަތަމަ ރުމޭނިއާ ކޯޗުކަމާ ހަވާލުވެ، 1984 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެ ޓީމު ކޮލިފައިކޮށްދިނީ، އިޓަލީ، ސްވިޑެން އަދި ޗެކޮސްލޮވާކިއާ ހިމެނޭ ގްރޫޕެއްގެ އެއް ވަނަ ހޯދައިގެންނެެވެ. 

ކޯޗިން ކެރިއަރުގައި ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި ލުކެސްކޫ ވަނީ 35 ތަށި ހޯދައިފަ އެވެ. އޭނާ ކޯޗުކޮށްދިން ޓީމުތަކުގެ ތެރޭގައި، އިންޓަ މިލާން، ޒެނިޓް ޕީޓާސްބާގް ގަލަތަސަރާއި، ބެސިކްޓާސް އަދި ޑިނަމޯ ކިއޭވް ހިމެނެ އެވެ. 

މީގެ އިތުރުން، ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް ވެސް ކޯޗުކޮށްދިން ލުކެސްކޫ، ރުމޭނިއާ ގައުމީ ޓީމުގެ ކޯޗުކަމަށް 38 އަހަރު ފަހުން، މީގެ ދެ އަހަރު ކުރިން އެނބުރި އައީ މި ފަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދޭށެވެ. ރުމޭނިއާގެ އިތުރުން ލުކެސްކޫ ވަނީ ތުރުކީ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. 

ޕްލޭއޮފްގައި ތުރުކީއާ ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗުގެ ކުރިން، މިދިޔަ މަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ލުކެސްކޫ ވަނީ އޭނާގެ ސިއްހީ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު، ރުމޭނިއާ ޓީމާ ހަވާލުވާނެ ރަނގަޅު ކޯޗެއް ނެތުމުން ވަޒީފާ ދޫކޮށްލެވެން ނެތް ކަމަށް ލުކެސްކޫ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox