ޑޮނަރުންމާގެ ޕެނަލްޓީ ކަރުދާސްކޮޅު ފޮރުވި ކަމަށް ބޮސްނިއާގެ ބޯލްބޯއީ ބުނެފި

Apr 8, 2026, 8:40 AM
އިޓަލީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ.---

އިޓަލީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ.---

ޒެނިކާ، ބޮސްނިއާ (އޭޕްރީލް 8) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕްގެ ޕްލޭއޮފް ބުރުގެ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު މެޗުގައި، އިޓަލީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ގެންގުޅުނު ޕެނަލްޓީތަކުގެ ކަރުދާސްކޮޅު ފޮރުވި ކަމަށް ބޮސްނިއާގެ ބޯލްބޯއީ، އަފާން ޒިޒްމިޗް ބުނެފި އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަަމަވިއިރު، އިޓަލީ އާއި ބޮސްނިއާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން ބޮސްނިއާ އަތުން 4-1 އިން ބަލިވެ، އިޓަލީ އަށް ވަނީ ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފަ އެވެ. ހަތަރު ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ އަކީ ވޯލްޑް ކަޕް ކާމިޔާބުކުރި ގައުމުތަކުގެ ތެރެއިން ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ގައުމެވެ.

ބޮސްނިއާގެ މީޑިއާ އަކަށް 14 އަހަރުގެ ޒިޒްމިޗް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޑޮނަރުންމާ ހުރި ގޯލުގެ ދަނޑިކައިރީގައި ކަރުދާސްކޮޅެއް އޮތުމުން، އެ ނަގައި، އޭގައި ހުރި އެއްޗެއް ބަލާލިއިރު، އެ ކަރުދާސްކޮޅުގައި ލިޔެފައި އޮތީ ބޮސްނިއާ ކުޅުންތެރިން ޕެނަލްޓީ ޖަހާ ގޮތުގެ އިރުޝާދުތައް ކަމަށެެވެ. 

"އަހަރެން ވަގުތުން އެ ކަރުދާސްކޮޅު ނަގައި ފޮރުވީ. އަހަންނަށް އެނގޭ އެއީ ވަރަށް މުހިންމު ކަރުދާސްކޮޅެއްކަން މެޗުން އިޓަލީ މޮޅުވުމަށްޓަކައި. އަހަންނަށް ފެނުނު އެ ކަރުދާސްކޮޅު ނުފެނިގެން ޑޮނަރުންމާ ވަަރަށް މާޔޫސްވެފައި ހުރިތަން،" ބޮސްނިއާގެ ކްލަބެއް ކަމަށްވާ ސެލިކް ޒެނިކާގެ ޔޫތު ޓީމަށް ކުޅޭ ޒިޒްމިޗް ބުންޏެވެ. 

ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ނޮދަން އަަޔަލެންޑް 2-0 އިން ބަލިކޮށް، ރޭ ޕްލޭއޮފް ފައިނަލުގައި ބޮސްނިއާ ދަނޑަށް ނުކުމެ، ފުރަތަމަ ލީޑުނެގީ 15 ވަނަ މިނިޓްގައި އިޓަލީންނެވެ. މިއީ މޮއިސް ކީން ޖެހި ގޯލަކުން އިޓަލީ އަށް ލިބުނު ލީޑެކެވެ. އޭނާ އަކީ ޖެހިޖެހިގެން ހަ މެޗުގައި އިޓަލީ އަށް ލަނޑު ޖަަހައިގެން ފުރަތަަމަ ކުޅުންތެރިޔާ އެވެ.

އިޓަލީ އަށް މި މެޗުގައި މައްސަލަ ދިމާވީ 41 ވަނަ މިނިޓްގައި އަލެސަންޑްރޯ ބަސްޓޯނީ އަށް ރަތެއް ދައްކައި، މެޗުގެ ބާކީބައިގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ. އިޓަލީގެ ކުޅުންތެރިއަކު މަދުވުމާ އެކު، ބޮސްނިއާ އިން އޭގެ ފަައިދާނަގައި، އެޓޭކްވަރުގަދަކޮށް އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ 79 ވަނަ މިނިޓްގައި ހަރިސް ޓަބާކޮވިޗް ރީބައުންސަކުން ޖެހި ގޯލަކުންނެވެ.

ދެ ވަނަ ހާފުގައި އިޓަލީ އަށް ލީޑުފުޅާކޮށްދޭން ކީން އަށް ލިބުނު ރަނުގެ ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ނަތީޖާ ނެރެން ޕެނަލްޓީ އަށް ދިޔައިރު، އިޓަލީން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ޕިއޯ އެސްޕޮސީޓޯ އާއި ބްރަޔަން ކްރިސްޓަންޓޭ އަށް ކާމިޔާބެއްނުކުރެވުނެވެ. އެ ޓީމުން ޕެނަލްޓީ ވައްދާލީ ސަންޑްޓްރޯ ޓޮނާލީ އެވެ. އަނެއްކޮޅުން ބޮސްނިއާ އިން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށް އެ ގައުމުގެ ތާރީހުގައި ދެ ވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދީ އެވެ. ބޮސްނިއާ އިން ކުރިން ވޯލްޑް ކަޕް ކުުޅުނީ 2014 ގަ އެވެ. އެއީ، އެންމެ ފަހުން އިޓަލީން ވެސް ވޯލްޑް ކަަޕްގައި ކުޅުނު ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox