ވެސްޓް ހޭމާއި ޕެލަސް އެއްވަރުވުުމުން ވުލްވްސް ޕްރިމިއާ ލީގުން ރެލިގޭޓްވެއްޖެ

Apr 21, 2026, 5:46 AM
ވުލްވަހެމްޓަން

ވުލްވަހެމްޓަން

ލަންޑަން (އޭޕްރީލް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވުމުން، ލީގުގެ ފުލުގައި އޮތް ވުލްވްސް، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެެވެ. 

ބާކީ ފަސް މެޗު އޮއްވައި، ވުލްވްސް ރެލިގޭޓްވިއިރު، އެ ޓީމަށް 33 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ލީގުގެ 19 ވަނައިގައި އޮތް ބާންލީ އަށް 33 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ވެސް ރެލިގޭޝަނުން ސަލާމަތްވުމަށް އޮތީ ހަނި ފުރުސަތެކެވެ. ލީގުގެ 18 ވަނައިގައި އޮތް ޓޮޓެންހަަމް ހޮޓްސްޕާސް އަށް 33 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ރޭ ލިބުނު ޕޮއިންޓާ އެކު، ވެސްޓް ހޭމް ވަނީ 33 މެޗުން 33 ޕޮއިންޓް ހޯދައިފަ އެވެ. 

ވުލްވްސް އިން އަންނަ ސީޒަނުގެ އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގައި ކުޅެން ޖެހޭނެކަން ޔަގީންވެފައިވާއިރު، އެ ޓީމުން އެ ޑިވިޝަނުގައި ކުޅެން މި ޖެހުނީ 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރެވެ. މި ސީޒަނުގައި ދަށްކޮށް ފެށި ވުލްވްސް އަށް ކުޑަ ވެސް ތަަފާތެއް އައީ ކޯޗުކަމާ ރޮބް އެޑްވާޑްސް ހަވާލުވި ފަހުންނެވެ. އެ ޓީމުން ލީގުގައި މޮޅުވި ތިން މެޗަކީ ވެސް އެޑްވާޑް އައި ފަހުން ކުޅުނު މެޗުތަކެކެވެ. 

Advertisement

ރެލިގޭޝަނުން ސަލާމަތްވާން މަސައްކަަތް ކުރަމުން އަންނަ ނޮޓިންހަމް ފޮރެސްޓާއި ލީޑްސް ޔުނައިޓެޑުން މި ހަފްތާގައި ކުޅުނު މެޗުތަކުން ވަނީ މޮޅުވެފަ އެވެ. ލީޑްސް އަށް 33 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ފޮރެސްޓުން ވަނީ 33 މެޗުން 36 ޕޮއިންޓް ހޯދައިފަ އެވެ. 

ޕެލަސްގެ ސެލްހަސްޓް ޕާކުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމަށް ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ގްރީސްގެ ޑިފެންޑަރު، ކޮންސްޓަންޓީނޯސް މަވްރަޕާނޯސް އެވެ. އޭނާ ފޮނުވާލި ބޯޅަ ޕެލަސްގެ ކީޕަރު، ޑީން ހެންޑަަސަން މަތަކުރި އެވެ. ވެސްޓް ހޭމްގެ ފޯވާޑް، ޓަޓީ ކަސްޓެޔާނޯސް، އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅައެއް ޕެލަސްގެ ޑިފެންޑަރު، މެކްސެންސް ލަކްރޯއާ އެވެ. 

ޕެލަސް އިން އެންމެ ރަަނގަޅު ފުރުސަތެއް ލިބިގެންދިޔައީ، ޖެނުއަރީ ޓްރާންސްފާގައި ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް ޕެލަސްއާ ގުޅުނު ބްރެނަން ޖޯންސަން އަށެވެ. އޭނާ އަށް ގޯލަށް ބޯޅަ ފޮނުވާނުލެވުނެވެ. ޕެލަސްގެ އިސްމާއިލާ ސާ ވަނީ ލަނޑެއް ޖަހައިފަ އެވެ.  އެކަމަކު، އެ ގޯލު ބަލައިނުގަތެވެ، ސަބަބަކީ، ސާ ލަނޑު ޖެހުމުގެ ކުރިން، އެ އެޓޭކަށް ފުރުސަތު ތަނަވަސްކޮށްދިންއިރު، ޕެލަސްގެ ފޯވާޑް، ޖިއަން ފިލީޕް މަޓޭޓާ އަތުގައި ބޯޅަ ޖެހުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox