ލީގުގައި ޗެލްސީ ޖެހިޖެހިގެން ފަސް ވަނަ ބަލި، 114 އަހަރު ފަހަތަށް!

Apr 22, 2026, 8:45 AM
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން.

ލަންޑަން (އޭޕްރީލް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 3-0 އިން ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަތްދަށުވެ، ލީގުގައި ޖެހިޖެހިގެން ފަސް ވަނަ މެޗުގައި ލަނޑެއް ނުޖެހި ބަލިވުމާ އެކު، ޗެލްސީން 114 އަހަރު ތެރޭ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

ޗެލްސީން ލީގުގައި އެންމެ ފަހުން ޖެހިޖެހިގެން ފަސް މެޗުން ލަނޑެއް ނުޖެހި ބަލިވީ 1912 ވަނަ އަހަރު އެވެ. ހުރިހާ މުބާރާތަކަށް ބަލާއިރު، ޗެލްސީން އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު ވަނީ ބަލިވެފަ އެވެ. މޮުޅުވި ހަމައެކަނި މެޗަކީ އެފްއޭ ކަޕްގައި ތިން ވަނަ ޑިވިޝަނުގެ ޕޯޓް ވޭލް އަތުން މޮޅުވި މެޗެވެ. 

އަަމިއްލަ ދަނޑުގައި ކުޅުނު ބްރައިޓަން އިން ދެ ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވިއިރު، ބްރައިޓަންގެ ކައޯރޫ މިޓޯމާގެ ހަމަލާ ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ. ބްރައިޓަން އިން ލީޑުނެގީ ތިން ވަނަ މިނިޓްގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި، ފާޑީ ކަޑިއޯލޫ ޖެހި ގޯލުންނެވެ.

Advertisement
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން: ބްރައިޓަން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން: ބްރައިޓަން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އޭގެ ފަހުން، ކީޕަރު ސަންޗޭޒް ހެދި ގޯހެއްގެ ފައިދާނަގައި، ޖެކް ހިންޝެލްވުޑް ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޗެލްސީގެ ޑިފެންޑަރު، ޓްރެވޯ ޗަލޯބާ އެވެ. 

ފުރަތަމަ ހާފުގައި އެއް ގޯލުގެ ލީޑެއްގައި އޮތް، ބްރައިޓަން އިން ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ޖިއޮޖީނިއޯ ރޫޓޭއާ ދިން ބޯޅަައަކުން ހިންޝެލްވުޑް ޖެހި ގޯލެކެވެ. އަދި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ޑެނީ ވެލްބެކް ވަނީ ބްރައިޓަންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. 

މި ނަތީޖާއާ އެކު، ބްރައިޓަން އިން ވަނީ ޗެލްސީ ފަހަތަށް ޖައްސާލައި ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އަދި، ޗެލްސީން ގަދަ ފަހެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. ބްރައިޓަން އިން ހަ ވަނަ އަށް ޖެހިލީ 34 މެޗުން 50 ޕޮއިންޓާ އެކު އެވެ. ޗެލްސީ ހަތް ވަނައިގައި އޮތީ 34 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ލިވަޕޫލަަށް 33 މެޗުން ވަނީ 55 ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox