އާސެނަލް ފަހަތަށް ޖައްސާލައި ސިޓީ އެއް ވަނަ އަށް

Apr 23, 2026, 7:57 AM
ސިޓީގެ ހާލަންޑް، ބާންލީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސިޓީގެ ހާލަންޑް، ބާންލީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 1-0 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނަ އަށް ވަނީ ޖެހިލައިފައި.

އާސެނަލަށް އެއް ވަނަ އެ ގެއްލުނީ 200 ދުވަސް އެ މަގާމުގައި އޮތުމަށް ފަހު އެވެ. އާސެނަލާއި ސިޓީ، ކޮންމެ ޓީމެއް 33 މެޗު ކުޅެފައިވާއިރު، ދެ ޓީމަށް ވެސް ވަނީ. 70 ޕޮއިންޓް ލިބިފަ އެވެ. ދެ ޓީމު ވެސް ފައިދާ ގޯލު، 37 ލަނޑާ އެކު އެއްވަރުވެފައިވާއިރު، ސިޓީ އަށް ކުރި ލިބެނީ ޖެހި ގޯލުންނެވެ. ޖެހި ގޯލަށް ބަލާއިރު ސިޓީގެ ތިން ގޯލު އިތުރެވެ. 

ރޭގެ ނަތީޖާއާ އެކު، 19 ވަަނައިގައި އޮތް ބާންލީ ވަނީ ރެލިގޭޓްވެފަ އެވެ. ބާކީ ހަތަރު މެޗު އޮއްވައި ބާންލީ ރެލިގޭޓްވިއިރު، އެ ޓީމަކީ މި ސީޒަނުގައި ރެލިގޭޓްވި ދެ ވަނަ ޓީމެވެ. ލީގުގެ އެންމެ ފުލުގައި އޮތް ވުލްވްސް ވެސް ވަނީ ރެލިގޭޓްވެފަ އެވެ. ބާންލީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް މި ވީ ތިން އަހަރު ތެރޭ ދެ ވަނަ ފަހަރަށެވެ. އެ ޓީމަށް 34 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. 

ބާންލީގެ ދަނޑު ޓާފް މޯގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފަސް ވަނަ މިނިޓްގައި ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. ސިޓީގެ ޖެރެމީ ޑޯކޫ ދިން ބޯޅައެއް ހިފައިގެން ގޮސް، ހާލަންޑް ވަނީ ބާންލީގެ ކީޕަރު، މާޓިން ޑުބްރާވްކާ ގައި މަތިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މި މެޗުގައި ސިޓީން ފޮނުވާލި ގިނަ ހަމަލާތަކެއް ޑުބްރާވްކާ ވަނީ މަތަކޮށްފަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ޗާކީ ފޮނުވާލި ރަނގަޅު ހަމަލާއެއް ހިމެނެ އެވެ. 

ކައުންޓަ އެޓޭކުގައި ބާންލީން ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު، ސިޓީގެ ގޯލުގައި ހުރި އިޓަލީގެ ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ އެ ހަމަލާތައް މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ސިޓީގެ އަންޓުއާން ސެމެންޔޯ އާއި ބެނާޑޯ ސިލްވާ އަދި ނިކޯ އޯރައިލީ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވިދިޔައިރު، ނިކޯ ގޮންޒާލޭޒް ފޮނުވާލި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތުން ވަނީ އަމިއްލަ ދަނޑުގައި ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ 2-2 އިން އެއްވަރުވެފަ އެވެ. ބޯންމައުތުން ދެ ފަހަރެއްގެ މަތިން ލީޑުނެގި މި މެޗުގައި ލީޑްސް އިން އެއްވަރުކުރީ ފަހު ވަގުތުގަ އެވެ. މި ނަތީޖާއާ އެކު ބޯންމައުތުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް 14 މެޗަށް އިތުރުކުރިިއިރު، އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވުމުގެ ފުރުސަތު ވަނީ ބޮޑުކޮށްފަ އެވެ. ބޯންމައުތު ލީގުގެ ހަތް ވަނައިގައި އޮތީ 34 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. 

ލީޑްސް އިން ރޭ ހޯދި ޕޮއިންޓާ އެކު، ރެލިގޭޝަނުން ސަލާމަތްވުމަށް ކުރާ މަސައްކަތަށް ވަނީ އުންމީދު ބޮޑުވެފަ އެެވެ. އެ ޓީމުން މި ވަނީ 34 މެޗުން 40 ޕޮއިންޓް ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox