އެލިސަން އާއި ބެނާޑޯ އަށް ޔުވެންޓަސްގެ ޝައުގުވެރިކަން

Apr 24, 2026, 9:59 AM
ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ.

ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ.

ޓިއުރިން (އޭޕްރީލް 24) - ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ އާއި މެންޗެސްޓާ ސިޓީގެ ކެޕްޓަން، ބެނާޑޯ ސިލްވާ އަށް އިޓަލީގެ ޔުވެންޓަސް އިން ޝައުގުވެރިކަން ފާޅުކޮށް، އެ ދެ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ދާދި ފަހުން ލިވަޕޫލުން ވަނީ، އެލިސަން، 33، ގެ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް އާ ކުރަން މިހާރު އޮތް އެއްބަސްވުމުގެ މާއްދާއެއްގެ ބޭނުންހިފައިގެން ނިންމައިފަ އެވެ. އަދި، ބެނާޑޯ، 31، ވަނީ މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. 

ޔުވެންޓަސް އިން އެލިސަން ގަންނަން 13-15 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ބްރެޒިލާއި އިޓަލީގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެލިސަން ވަނީ ލިވަޕޫލުން ރުހޭނަމަ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް ވެސް އެ ކްލަބްގެ އޮފިޝަލުންނަށް އަންގައިފަ އެވެ. 

ލިވަޕޫލުން އެލިސަން ގަތީ 2018 ވަނަ އަހަރު އިޓަލީގެ ރޯމާ އަށް 80 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މިހާތަނަށް ލިވަޕޫލާ އެކު، ކްލަބެއްގައި ހުރެ ލިބޭނެ ބޮޑު ހުރިހާ ކާމިޔާބެއް އެލިސަން ވަނީ ހޯދައިފަ އެވެ. އެލިސަން ވަނީ ލިވަޕޫލްގައި މަޑުކުރުމަށްޓަކައި، ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރުގެ ބޮޑު އޮފާއެއް ދޫކޮށްލައިފަ އެވެ. 

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އަކުން ރިކަވާވަމުން އަންނަ އެލިސަން ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 332 މެޗުން 137 ކްލީންޝީޓް ފުރިހަމަކޮށްފަ އެވެ. 

މެންޗެސްޓާ ސިޓީގެ ކެޕްޓަން، ބެނާޑޯ ސިލްވާ
މެންޗެސްޓާ ސިޓީގެ ކެޕްޓަން، ބެނާޑޯ ސިލްވާ

ސިޓީން 2017 ވަނަ އަހަރު ޕޯޗުގީސް މިޑްފީލްޑަރު، ބެނާޑޯ ގަތީ މޮނާކޯ އަށް ޖުމްލަ އެކު، 70 މިލިއަން ޑޮލަރުގެ ފީއެއް ދައްކާގޮތަށެވެ. ކުރިން ބެންފީކާ އަށް ވެސް ކުޅުނު ބެނާޑޯ ވަނީ ސިޓީގައި ހޭދަކުރި ނުވަ ސީޒަނުގައި އެ ޓީމާ އެކު، ހަ ފަަހަަރު އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. 

މި ފަހަރު ސިޓީ ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާ ބެނާޑޯ އަށް ސައުދީ ޕްރޯ ލީގާއި އެމެރިކާގެ ފުޓްބޯޅަ ލީގު މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ހުށަހެޅުންތަކެއް ވެސް ވަނީ ލިބިފަ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، ބެނާޑޯގެ ޝައުގުވެރިކަން ހުރީ ޔޫރަޕްގެ ވަރުގަދަ ލީގެއްގައި ކުޅުމަށް ފަަހު، 2028 ވަަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ޕޯޗުގަލް ޓީމުގައި ވެސް ހިމެނުމަށެވެ. 

ބެނާޑޯ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބްތަކުގެ ތެރޭގައި އޭނާގެ ކުރީގެ ޓީމު ބެންފީކާ ވެސް ހިމެނެ އެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި މި ވަގުތު ކުޅެމުން އަންނަ ބެންފީކާ އަށް، ކެރިއަރު ނިމުމުގެ ކުރިން އެނބުރި ދިއުމުގެ ޝައުގުވެރިކަން ހުރި ކަަމަށް މީގެ އަހަރެއް ކުރިން ދިން އިންޓަވިއެއްގައި ބެނާޑޯ ވަނީ ބުނެފަ އެވެ. 

ޔުވެންޓަސްގެ އިތުރުން، އިޓަލީގެ އިންޓަ މިލާން އާއި އޭސީ މިލާނުން ވެސް ބެނާޑޯ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އަދި، ފްރާންސްގެ މާސޭ އާއި އެމްއެލްއެސްގެ އިންޓަ މިއާމީން ވެސް ބެނާޑޯ އަށް އަންނަނީ ފާރަލަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox