ފަބްރެގަސް، ޗެލްސީއާ ހަވާލުވުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ބުނެފި

Apr 23, 2026, 11:38 PM
ސެސްކް ފަބްރެގަސް: ޗެލްސީން ބޭނުންވާ ކޯޗުންގެ ޝޯޓްލިސްޓުގައި އެ ކްލަބަށް ކުރިން ކުޅުނު ފަބްރެގަސް ވެސް ހިމެނޭ.

ސެސްކް ފަބްރެގަސް: ޗެލްސީން ބޭނުންވާ ކޯޗުންގެ ޝޯޓްލިސްޓުގައި އެ ކްލަބަށް ކުރިން ކުޅުނު ފަބްރެގަސް ވެސް ހިމެނޭ.

ލަންޑަން (އޭޕްރީލް 23) - ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމާ އެ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު އަދި އިޓަލީގެ ކްލަބް ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ހަވާލުވުމަކީ ރަނގަޅު ވިސްނުމަކަށް ނުވާނެ ކަމަށް ޗެލްސީ އާއި އާސެނަލްގެ ކުރީގެ މިޑްފީލްޑަރު، އެމަނުއަލް ޕެޓިޓް ބުނެފި އެވެ. 

ފަސް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގެ ދަށުން ޗެލްސީގެ ކޯޗަކަށް ގެނައި، ލިއަމް ރޮސެނިއާ، ތިން މަސް ދުވަހަށް ފަހު މަގާމުން ވަކިކުރީ އިންތިހާ އަށް ޓީމުގެ ރެކޯޑް ދަށްވުމުންނެވެ. ރޮސެނިއާ އަށް ޗެލްސީގެ ކޯޗަކަށް ހުރެވުނީ 104 ދުވަހު އެވެ. ޗެލްސީއާ ހަވާލުވެ، ރޮސެނިއާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު 23 މެޗުގެ ތެރެއިން މޮޅުވީ 11 މެޗުންނެވެ.  ލީގުގައި ޖެހިޖެހިގެން ފަސް ވަނަ މެޗުގައި ލަނޑެއް ނުޖެހި ބަލިވުމާ އެކު، ޗެލްސީ އަށް ވަނީ 114 އަހަރު ތެރޭ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިފަ އެވެ. ޗެލްސީން ލީގުގައި އެންމެ ފަހުން ޖެހިޖެހިގެން ފަސް މެޗުން ލަނޑެއް ނުޖެހި ބަލިވީ 1912 ވަނަ އަހަރު އެވެ. 

ފަސް އަހަރަށް ގެނައި ރޮސެނިއާ ތިން މަހުން ޗެލްސީ ކޯޗުކަމުން ވަކިކޮށްފި

ފަސް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގެ ދަށުން ޗެލްސީގެ ކޯޗަކަށް ގެނައި، ލިއަމް ރޮސެނިއާ، ތިން މަސް ދުވަހަށް ފަހު މަގާމުން ވަނީ ވަކިކޮށްފައި. ރޮސެނިއާ އަށް ޗެލްސީގެ ކޯޗަކަށް ހުރެވުނީ 104 ދުވަހު. އެންމެ ފަހުން ލީގުގައި ޗެލްސީ ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފައި.

ރޮސެނިއާ އަށް 28 މިލިއަން ޑޮލަރުގެ މާލީ ބަދަލެއް ދިނުމަށް ފަހު، މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޯޗަކަށް ހަމަޖެއްސީ ޔޫތު ޓީމުގެ ކޯޗު، ކަލުމް މެކްފާލޭން އެވެ. ޗެލްސީން އާ ކޯޗެއް ހޯދަނީ އަންނަ ސީޒަނަށެވެ. އެ ޓީމުން ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒަބީ އަލޮންސޯ، ބޯންމައުތު ދޫކޮށްލަން ނިންމާފައިވާ އަންޑޯނީ އިރައޯލާ އަދި ފުލަމްގެ ކޯޗު މާކޯސް ސިލްވާ އަށް އަންނަނީ ފާރަލަމުންނެވެ. އަދި، އެންމެ ފަހުން އެ ލިސްޓަށް އިތުރުވީ، ކޯމޯގެ ކޯޗު ފަބްރެގަސް އާއި ބެންފީކާއާ ހަވާލުވެހުރި، ކުރިން ދެ ފަހަރެއްގެ މަތިން ޗެލްސީއާ ހަވާލުވި ކޯޗު، ހޯސޭ މޮރީނިއޯ އެވެ. 

ބާސެލޯނާ އާއި މޮނާކޯ އަށް ވެސް ކުޅެފައިވާ ޕެޓިޓް ބުނީ، ޗެލްސީ މި ވަގުތު އޮތީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި ކަމަށާއި ފަބްރެގަސްގެ ކޯޗިން ކެރިއަރުގައި އެ ވަރުގެ ރިސްކެއް ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި، ފަބްރެގަސް އަށް އެންމެ ރަނގަޅު ގޮތަކީ، ބާސެލޯނާ ކަހަލަ ކްލަބަށް ދިއުން ކަމަށާއި ބޮޑު ކްލަބެއްގެ ބެންޗުން ފުރަތަމަ ތަޖުރިބާ ކުރަން ޖެހޭނީ ބޭނުންވާ ފުޓްބޯޅަ ކުޅެވޭނެ ސަގާފަތެއް އޮތް ކްލަބަކުން ކަން ޕެޓިޓް ވަނީ ފާހަގަކޮށްފަ އެވެ. 

"އެހެންވީމަ، ޗެލްސީ އަށް ވުރެން ފަބްރެގަސް އަށް ރަނގަޅުވާނީ ބާސެލޯނާ،" ފްރާންސް ގައުމީ ޓީމަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމަށް ކުޅުނު ޕެޓިޓް ބުންޏެވެ. 

މީގެ 14 ވަރަކަށް މަސް ކުރިން، ކޯމޯގެ ކޯޗުކަން ފަބްރެގަސް، 38، އަށް ދިނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ކޯމޯ އިން 21 އަހަރަށް ފަހު، އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ފަބްރެގަސްގެ ކޯޗުކަމުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. ފަބްރެގަސްގެ ކޯޗުކަމުގައި، ކޯމޯ އިން އިޓާލިއަން ލީގުގެ 10 ވަނައިގައި މި ނިމުނު ސީޒަން ނިންމިއިރު، ޗެމްޕިއަންކަން ހޯދި، ނަޕޯލީ ވެސް ބަލިކޮށްފައިވެ އެވެ.

ފަބްރެގަސް އަށް މީގެ ކުރިން އިންޓަ މިލާނާއި ރެއާލް މެޑްރިޑްގެ ހުށަހެޅުމެއް ވެސް ލިބިފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox