ކުރިއަށް ނުދިޔުމުން މަރުވީ ކަމަށް ބަލައި ކުޅުދުއްފުށީ ހައުސިން ޕްރޮޖެކްޓު "ވަޅުލައިފި"

Apr 27, 2026, 8:33 AM
ކުޅުދުއްފުށީގައި ސަރުކާރުން އަޅަން މަސައްކަތް ކުރާ ޕްރޮޖެކްޓުގެ ބިންގާ އެޅި ސަރަހައްދުގައި މަހާނައަކާއި ޒިޔާރަތެއް ހަދާފައި: އެއީ 2024 ވަނަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ޕްރޮޖެކްޓެއް -- ފޮޓޯ: ކިޔުންތެރިއެއް

ކުޅުދުއްފުށީގައި ސަރުކާރުން އަޅަން މަސައްކަތް ކުރާ ޕްރޮޖެކްޓުގެ ބިންގާ އެޅި ސަރަހައްދުގައި މަހާނައަކާއި ޒިޔާރަތެއް ހަދާފައި: އެއީ 2024 ވަނަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ޕްރޮޖެކްޓެއް -- ފޮޓޯ: ކިޔުންތެރިއެއް

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ހދ. ކުޅުދުއްފުށީގައި ބިންގާ އެޅި 2000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްނުދާތީ އެ ޕްރޮޖެކްޓު "މަރުވީ" ކަމަށް ބަލައި "ވަޅުލައިފި" އެވެ.

ކުޅުދުއްފުށީ 2000 ހައުސިން ޔުނިޓުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލު ކުރީ އޯގަސްޓު، 2025، ގަ އެވެ. އޭގެ ފަހުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން އެ ޕްރޮޖެކްޓުގެ ބިންގާ އެޅީ އިންތިހާބު ބޯމަތިވެފައި އޮއްވާ އޭޕްރީލް 1، ގަ އެވެ. 

ސިޔާސީ ކަންކަމަށް މަލާމާތުން ރައްދު ދިނުމަށް މަޝްހޫރު ކުޅުދުއްފުށީ ރައްޔިތުން ފަތިހު ހޭލިއިރު، ޕްރޮޖެކްޓުގެ ބިންގާ އެޅި ސަރަހައްދުގައި ވަނީ މަހާނައަކާއި ޒިޔާރަތެއް ހަދައިފަ އެވެ. 

"ސަރުކާރަކުން ނޫޅޭ ޕްރޮޖެކްޓު ހިންގާކަށް. ހިންގޭނެހާ ގާބިލުކަމެއް ވެސް ނެތް. ހަމަ ވޯޓު ހޯދަން ރައްޔިތުންނަށް ދެއްކި ދަޅައެއް މިއީ. މިއީ ބޮޑު ދޮގެއް،" މި ނޫހާ ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓު އެޅުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފަހުން ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެ ރަށަށް ވަޑައިގެން ވެސް މުއިއްޒު އެ ވާހަކަ ދެއްކެވި އެވެ. 

"އެހެންވީމާ، މި ސިޓީގެ ތަރައްގީއަށް އަޅުގަނޑުމެން ކޮންމެ ގޮތެއް ވިޔަސް ވަރަށް އިސްކަންދޭނެ. ވަރަށް އިސްކަންދޭނަން. ކެމްޕެއިންގައި އަޅުގަނޑު ވައުދުވީ 2000 ހައުސިންގ ޔުނިޓް އެޅުމަށް. ބަޖެޓުގައި އެކަން ހިމެނިފައި އެ އޮތީ،" ފެބްރުއަރީ، 2024، ގައި މުއިއްޒު ވިދާޅުވި އެވެ. 

އެ ޕްރޮކެޖްޓު 2024 ވަނަ އަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

"ސޮއިކުރެވިފައި އަދި ނުފެށި އޮތް މަޝްރޫއެއް އެބައޮތް. މި ދެ މަޝްރޫއު ނުލައި، 2000 ހައުސިންގ ޔުނިޓުގެ ވާހަކަ އަޅުގަނޑު ދެންނެވީ. ދެންމެ މޭޔަރު އެ ފާހަގަކުރެއްވީ އެ ދެ މަޝްރޫއު. އެހެންވީމާ، އެ ދެ މަޝްރޫއުގެ ކަންތަކާ އެކީގައި އަދި އިތުރު 2000 ހައުސިން ޔުނިޓުގެ މަސައްކަތް، މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔުން އަޅުގަނޑުމެންގެ ވިސްނުމަކީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ ފަހުން އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދަން އެޗްޑީސީއާއެކު ސޮއި ކުރީ މުއިއްޒު ކުޅުފުއްފުއްޓަށް ކުރެއްވި ދަތުރެއްގެ ތެރެއިން އޯގަސްޓު، 2025، ގަ އެވެ. އެ ދުވަހު ވެސް މުއިއްޒު ވިދާޅުވި 2025 ވަނަ އަހަރު ނިމުމުގެ ކުރިން އެ ޕްރޮޖެކްޓުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. 

"އެހެންވީމާ، މިހާރު ފިނޭންސް މިނިސްޓްރީން އެކަމަށްޓަކައި މަގުތަކެއް ފަހިކޮށް، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި، މި އަހަރު ނިމުމުގެ ކުރީގައި، ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ލަސްވެގެން ވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތް މި ސިޓީގައި ފަށައިދޭނަން،" ރައީސް ވިދާޅުވި އެވެ. 

އެޗްޑީސީއަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އެ މަސައްކަތް ފަހުން ހަވާލު ކުރީ އިންޑިއާގެ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އޭގެ ފަހުން މަޝްރޫއުގެ ބިންގާ އެޅީ އޭޕްރީލް 1، 2026، ގަ އެވެ. 

ނަމަވެސް މިހާތަނަށް ވެސް އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox